12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

އާމިއާ ފުޓްސަލް ޗެލެންޖް

އާމިއާ ފުޓްސަލް ޗެލެންޖް: ސެމީ އަށް ދިޔަ ޓީމުތައް ކަށަވަރު ވެއްޖެ

  • ސެމީގެ މެޗުތައް ފަށާނީ ހޮނިހިރު ދުވަހު
ލީވާން އަލީ | MrLeevaan

| 7 ޑިސެންބަރު 2018 | ހުކުރު 19:06 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  3. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  4. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  5. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  6. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  7. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  8. ބޭންކްތަކުން ޗެކް އެންޑޯޒް ކުރުން ހުއްޓާލައިފި


އާމިއާ ފުޓްސަލް ޗެލެންޖްގެ ކުއާޓާ މެޗެއްގެ ތެރެއިން -- ފޮޓޯ: ރާއްޖެ އެމްވީ

އަލިފުށި އޯލް މެމްބާސް އިންޓެގްރޭޓެޑް އެމިޓީ އެސޯސިއޭޝަން (އާމިއާ) އިން އިންތިޒާމުކޮށްގެން އަލިފުށީގައި ކުރިޔަށް ގެންދާ އާމިއާ ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލަށް ދަތުރުކުރި ޓީމުތައް ކަށަވަރުވެއްޖެއެވެ.

މުބާރާތުގެ ސެމީ އަށް ދަތުރުކޮށްފައި ވަނީ އެލްޖީ އެފްސީ އާއި އެފްސީ ކުޑަ ދޮންބެ އާއި ހަތްބޯރާހި އަދި ސްޓްރޭންޖާސްއެވެ.

މުބާރާތުގެ ސެމީ އަށް އެލްޖީ ދަތުރުކުރީ ކުއާޓާ ފައިނަލުގައި ޓީމް ކުޑަ އިނގިލީގެ މައްޗަށް 1-5 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. ސްޓްރޭންޖާސް ސެމީ އަށް ދަތުރުކުރީ އޭއީވައި ޖީ އެފްސީ 2-3 ގެ ނަތީޖާ އިން ބަލިކޮށްގެންނެވެ. ހަތްބޯރާހި ސެމީ އަށް ދަތުރުކުރީ އާންދޯ 1-4 ގެ ނަތީޖާ އިން ބަލިކޮށްގެންނެވެ. އަދި އެފްސީ ކުޑަ ދޮންބެ ސެމީ އަށް ދަތުރުކުރީ ވާނުވާ 4-5 ގެ ނަތީޖާ އިން ބަލިކޮށްގެންނެވެ.

މުބާރާތުގެ ސެމީގެ މެޗުތައް ހޮނިހިރު ދުވަހު ފަށާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެލްޖީ އެފްސީ އާއި ހަތްބޯރާހި އެވެ. އަދި ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ ކުޑަދޮންބެ އަދި ސްޓްރޭންޖާސް އެވެ.

މުބާރާތުގެ ފައިނަލް މެޗު ޑިސެމްބަރު 10 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އިރު، ޗެމްޕިއަން ޓިމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް 1،500 ރުފިޔާ ދިނުމަށް ނިންމާފައިވާ އިރު، އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ އަށް 1،000 ރުފިޔާ ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް