14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ޖައްގާ ޖާސޫސް

ރަމްބީރާއި ކެޓްރީނާގެ "ޖައްގާ ޖާސޫސް"ގައި 29 ލަވަ!

  • ފިލްމްގެ ޝޫޓިން ނިމުނު ނަމަވެސް ދިގުލައިގެން ގޮސްފައި ވަނީ ރަމްބީރާއި ކެޓްރީނާގެ މައްސަލަގަނޑުގެ ސަބަބުން
އަލީ ޔޫސުފް | AliYooosuf

| 9 ފެބުރުވަރީ 2017 | ބުރާސްފަތި 15:35 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  5. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  6. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  7. ވެލެޒިނީ ހައްޔަރު ކޮށްފި
  8. ބަޖެޓްގައި ފްލެޓް މަޝްރޫއުގެ ވާހަކައެއް ނެތް، ސަޕްލިމެންޓަރީ ބަޖެޓަކަށް ވިސްނަނީ!


ރަމްބީރާއި ކެޓްރީނާ އެކުގައި ފެނިގެންދާ ޖައްގާ ޖާސޫސް -- ގޫގުލް

ބޮލީވޫޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ރަމްބީރު ކަޕޫރާއި ކެޓްރީނާ ކައިފް އެކުގައި ފެނިގެންދާ "ޖައްގާ ޖާސޫސް"ގައި 29 ލަވަ ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

 

އަނޫރާގް ބާސޫ ޑައިރެކްޓްކުރާ މި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދެނީ އޭނާގެ މަޝްހޫރު އުފެއްދުމެއް ކަމަށްވާ "ބަރްފީ"ގެ ރީތި މިއުޒިކް ތައްޔާރުކޮށްދިން މަޝްހޫރު ކޮމްޕޯސަރ ޕްރިތަމް ޗަކްރަބަތީއެވެ. ޕްރިތަމް ގެންދަނީ މި ފިލްމަށް މިއުޒިކް ތައްޔާރުކުރުމުގައި ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް ކުރީގެ ދެ ލޯބިވެރިން ކަމަށްވާ ކެޓްރީނާ އާއި ރަމްބީރު ޒަމާންތަކަކަށް ފަހު އެކުގައި ފެނިގަންދާ މި ފިލްމުގައި ދެ މީހުންގެ ކެމިސްޓްރީއާ ގުޅޭ ގޮތަށް މިއުޒިކް ހެދުމަށް އޭނާ ދަނީ މަސައްކަތްކުރަމުންނެވެ.

 

މީޑިއާއާ ވާހަކަ ދައްކަމުން ޕްރިތަމް ބުނީ މުޅި ފިލްމްގައި ވެސް ރަމްބީރު ވާހަކަ ނުދައްކާ ކަމަށާއި އޭނާ ވާހަކަ ދައްކާ މަންޒަރު ހަމައެކަނި ފެނިގެންދާނީ ލަވަތަކުން ކަމަށެވެ. އެހެންކަމުން ގިނަ ލަވަތަކެއް ފިލްމުގައި ހިމެނިގެން ދިޔުމުން "އޮޑްނުވާނެ" ކަމަށް ވެސް އޭނާ ބުންޏެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގައި ރަމްބީރުގެ އިހްސާސްތައް ބުނެދިނުމަށް ބޭނުންކުރާނީ ލަވަތަކެވެ.

 

ރަމްބީރާއި ކެޓްރީނާގެ ލޯބީގެ މައްސަލަގަނޑުގެ ތެރޭގައި ތާށިވެ ދިގުލައިގެން ގޮސްފައިވާ "ޖައްގާ ޖާސޫސް" މިހާރު ރިލީޒްކުރުމަށް ހަމަޖައްސާފައި ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މި ފިލްމްގެ މަސައްކަތް ނިމިފައިވާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް ފިނިޝިންގެ މަސައްކަތް ނުނިމި ލަސްވެގެން ދިޔައީ ތަފާތު އެކި ސަބަބުތަކާ ހުރެއެވެ. މައްސަލަތައް ހައްލުކޮށް ދެ ތަރިން ވެސް މިހާރު ވަނީ ފިލްމް ރިލީޒްކުރުމަށް އެއްބާރުލުން ދޭން ނިންމައި މަސައްކަތް ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް