25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އެމެރިކާ - އދ

އދ އަށް އެމެރިކާއިން ކަނޑައަޅާ ސަފީރުކަމަށް ޚާރިޖިއްޔާގެ ތަރުޖަމާނު އައްޔަން ކުރަނީ

  • މިހާރު އެމަޤާމުގައި ހުންނެވި ނިކީ ހޭލީ މިއަހަރު ނިމުމުން މަޤާމުން އިސްތިއުފާ ދެއްވާނެ
މިއުވާން މުހައްމަދު | Miuvaan

| 7 ޑިސެންބަރު 2018 | ހުކުރު 09:43 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ހެދަރ ނޮއަރޓް -- އޭއެފްޕީ

އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ މަޤާމަށް އެޤައުމުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ހެދަރ ނޮއަރޓް ވަރަށް އަވަހަށް އައްޔަން ކުރައްވާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ. 

ނޮއަރޓް ސަފީރުކަމަށް އައްޔަންކުރަން އުޅޭކަމަށް އަޑުތައް އަނެއްކާވެސް ފެތުރިފައި މިވަނީ މިހާރު އެމެރިކާއިން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ނިކީ ހޭލީ މިއަހަރު ނިމުމުން އެމަޤާމުން އިސްތިއުފާ ދެއްވާނެކަން އިއުލާންކުރައްވާފައި ވުމާއިއެކު، އަހަރު ނިމެންވެސް ގާތްވެފައިވާތީއެވެ. ހޭލީގެ ބަދަލުގައި އެމެރިކާ ތަމްސީލްކުރަން ނޮއަރޓް ނިއުޔޯކުގައި ހުންނަ އދގެ މައި މަރުކަޒަށް ވަޑައިގަންނަވާ ވާހަކަ އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ޕްރޮމޯޓްކުރާ ފޮކްސް ނިއުސްއިންނެވެ. 

ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކަށް ވުމުގެ ކުރިން ނޮއަރޓް ވަނީ ގިނަ ދުވަސްތަކެއް ވަންދެން ފޮކްސް ގައި މަސައްކަތްކޮށްފައެވެ. ނޮއަރޓް ސްޓޭޓް ޑިޕާޓްމަންޓްގެ ވަޒީފާއަށް އައުމުގެ ކުރިން ޚާރިޖީ ސިޔާސަތާއި ގުޅުން ހުރި ދާއިރާއެއްގައި މަސައްކަތް ކޮށްފައިނުވާއިރު، އޭނާއަކީ އދގެ ސަފީރުކަމަށް އެންމެ އެކަށީގެންވާ ބޭފުޅާތޯ ގިނަ ބަޔަކު ސުވާލު އުފައްދައެވެ. 

ނޮއަރޓްގެ ނަންފުޅަށް އެމެރިކާގެ ސެނެޓުން ރުހުން ދޭން ޖެހެއެވެ. އދއަށް ކަނޑައަޅާ ސަފީރަކީ އެމެރިކާގެ ކެބިނެޓް ލެވެލްގައި ހިމެނޭ މަޤާމެކެވެ. 

ސަފީރުކަމުން އިސްތިއުފާ ދެއްވާ ނިކީ ހޭލީ އެމަޤާމުން އިސްތިއުފާ ދެއްވަނީ 2 އަހަރު އެމަޤާމުގައި ހުންނެވުމަށްފަހު އެވެ. އޭނާ އިސްތިއުފާ ދެއްވާ ސީދާ ސަބަބެއް ހާމަކުރައްވާފައިނުވާއިރު، ބައެއް ފަރާތްތަކުން ހޭލީ 2020 ވަނަ އަހަރު އެމެރިކާގެ ރައީސްކަމަށް ކުރިމަތިލައްވަން އުޅުއްވާކަމަށް ބުނަމުން ދިޔައެވެ. އެހެންނަމަވެސް ވެރިކަމަށް ކުރިމަތިލެއްވުމުގެ ވިސްނުންފުޅެއް ނެތްކަމަށް އެކަމަނާ ވިދާޅުވިއެވެ. ނިކީ ހޭލީ ވަނީ އެމެރިކާގެ ސްޓޭޓެއްކަމަށްވާ ސައުތު ކެރޮލައިނާގެ ގަވަރުނަރުކަން ކުރައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް