18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޕެރިސް މުޒާހަރާ

ހަފްތާ ބަންދުގައި މުޒާހަރާތައް ހޫނުވެދާނެތީ ޕެރިހުގެ މުހިއްމު ތަންތަން ބަންދުކުރަނީ

  • ފަތުރުވެރިން ދާ ގިނަ ތަންތަން ހަފްތާ ބަންދުގައި ބަންދުވާނެ
މިއުވާން މުހައްމަދު | Miuvaan

| 7 ޑިސެންބަރު 2018 | ހުކުރު 09:05 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


ފަރަންސޭސީ ފުލުހުން ވަނީ އެއިފްލް ޓަވަރ ކައިރި ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފައި -- ރޮއިޓަރސް

ފަރަންސޭސީވިލާތުގައި ތެލުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މަސައްކަތްކުރުމުން ފެށުނު މުޒާހަރާތައް މިހަފްތާ ބަންދުގައިވެސް ހޫނުވެދާނެކަމަށް ލަފާކޮށް، ހޮނިހިރު ދުވަހު ޕެރިހުގައި ފަތުރުވެރިންގެ މަޤްބޫލުކަން ލިބިފައިވާ ބައެއް ތަންތަން ބަންދުކުރަން ސަރުުކާރުން ނިންމައިފިއެވެ.

ފަރަންސޭސީ ބޮޑުވަޒީރު އެޑުއަރޑް ފިލިއްޕެ ވިދާޅުވީ ހޮނިހިރު ދުވަހު ޕެރިހުގެ މަޝްހޫރު އެއިފިލް ޓަވަރާއި، ޕެރިހުގެ މައި މަގުތަކުގައި ހުޅުވާފައިވާ ކެފޭތަކުގެ އިތުރުން ބައެއް ދާރުލްއާސާރުތައްވެސް ބަންދުވާނެކަމަށެވެ. އޭގެ ތެރޭގައި މަޝްހޫރު ލޫވް މިއުޒިއަމް ހިމެނެއެވެ. ހަފްތާ ބަންދުގައި ގިނަ ތަންތަން ބަންދުކުރުމަށް ނިންމީ، ހަމަނުޖެހުންތަކުގައި ޕެރިހުގެ އާސާރީ އަދި ފަތުރުވެރިންގެ މަޤްބޫލުކަން ހޯދާފައިވާ އާކް ޑި ޓްރައޯމްފް ފަދަ ތަންތަނަށް މުޒާހަރާކުރާ ފަރާތްތަކުން ގެއްލުން ދިނުމާއި ގުޅިގެންނެވެ. 

ނިމިދިޔަ ހަފްތާ ބަންދުން ފެށިގެން ޕެރިހުގެ މަގުތަކުގައި ހަމަނުޖެހުން ހިނގަމުންދާއިރު ފަރަންސޭސީވިލާތުގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 89 ހާސް ފުލުހުން ނެރެފައިވާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މިއީ ފަހުގެ ތާރީޚެއްގައި އެޤައުމުގައި ހިނގާ މިފަދަ ދާޚިލީ އެންމެ ބޮޑު ހަމަނުޖެހުމެވެ. 

މުޒާހަރާތައް ހޫނުވެ، ތެލުން ނަގަން އުޅުނު ޓެކްސް އަންނަ އަހަރުގެ ބަޖެޓްގައި ނުހިމެނުމަށް ފަރަންސޭސީވިލާތުގެ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އެހެންނަމަވެސް ތެލުން ނަގަން އުޅޭ ޓެކްސްއާއި ހެދި ފެށުނު މުޒާހަރާތައް، ސަރުކާރުގެ ގިނަ ސިޔާސަތުތަކާއިމެދު ހިތްހަމަނުޖެހޭ މީހުން ޝުޢޫރުފާޅުކުރާ މުޒާހަރާތަކަކަށް ބަދަލުވުމާއިއެކު ސަރުކާރުގެ މިނިންމުމުގެ ސަބަބުން މުޒާހަރާތަކަށް ހުއްޓުމެއް ނާންނާނެއެވެ. 

ހަމަނުޖެހުންތަކުގެ ސަބަބުން ފަރަންސޭސީ ލީގުގެ ބައެއް މެޗުތައްވެސް ވަނީ ލަސްކުރެވިފައެވެ. 

މުޒަހަރާތަކުގެ އަސްލުކަމަށްވާ ތެލުން ނަގާ ޓެކްސް ބޮޑުކުރުމުގެ ވިސްނުން ގެންގުޅުނީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކޮށް، ވެހިކަލް ދުއްވާ މިންވަރު މަދުކުރުމަށްކަމަށް ފަރަންސޭސީ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް