12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

ފީނަން ފޭބި މީހަކު މަރުވުން

ވައިފުޅި އަޅައިގެން ފީނަން ފޭބި މީހަކު މަރުވެއްޖެ

  • އުމުރުން 24 އަހަރުގެ އަހުމަދު ޝާކިރުގެ ހާލު ދެރަ
  • އެންހިފުމަށް 4 މީހުން ފުޅި އަޅައިގެން ފީނުމަށް ފައިބާފައިވޭ
އަމްނާ އިމާދު | @amnabinthimad

| 7 ޑިސެންބަރު 2018 | ހުކުރު 08:40 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  3. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  4. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  5. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  6. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  7. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  8. ބޭންކްތަކުން ޗެކް އެންޑޯޒް ކުރުން ހުއްޓާލައިފި


ވައިފުޅި އަޅައިގެން ފީނަން ފޭބި މީހަކަށް ފަރުވާ ދެނީ -- އެމްއެންޑީއެފް

ގދ. ގައި އޮންނަ އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯރޓު ކައިރިޔަށް "ހުޝިޔާރު" ނަމަކަށް ކިޔާ ދޯނިން އެން ހިފުމަށްޓަކައި ވައިފުޅި އަޅައިގެން ފީނަން ފޭބި ތިން މީހުންގެ ތެރެއިން އެކަކު މަރުވެއްޖެއެވެ.

ވައިފުޅި އަޅައިގެން ފީނަން ފޭބި ތިން މީހުންގެ ތެރެއިން މަރުވީ އުމުރުން 37 އަހަރުގެ އަމީތު ސައީދުއެވެ.

ގދ. ތިނަދޫ ހޮސްޕިޓަލުގައި ދެމީހަކަށް ފަރުވާ ދެމުން އަންނައިރު، އުމުރުން 24 އަހަރުގެ އަހުމަދު ޝާކިރު ހާލު ދެރަކަމަށާއި، މިހާރު މިޒުވާނާ މާލެ ގެނައުމަށް މަސައްކަތް ކުރާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އުމުރުން 31 އަހަރުގެ މުބާރިކް އަބްދުﷲގެ ސީރިއެސް އަނިޔާއެއް ނުލިބޭ ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް މައުލޫމާތު ލިބެއެވެ. 

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާ އަށް ލިބިފައިވަނީ ތިނަދޫ ޕޮލިސް ސްޓޭޝަނުން ފަތިހު 5:14 ހާއިރު ކަމަށެވެ. މިކަމުގެ ރިޕޯރޓް ލިބުމާއި އެކު ތިނަދޫ ސީ އެމްބިއުލާންސް އެ ދޯނި އޮތް ސަރަހަށްދަށް ގޮސް ހާލު ދެރަ ތިން މީހުން އަރުވައިގެން މިއަދު ހެނދުނު 6:05 ހާއިރު ގދ. ތިނަދޫ އަށް ގެންދިޔަ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ. 

ފީނަން ފޭބި ތިން މީހުންނަކީވެސް ދިވެހިންނެވެ. އެމީހުން ނިސްބަތްވާ ރަށްތަކުގެ ސާފު މައުލޫމާތު އަދި ލިބޭ ގޮތެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނީ އެންހިފުމަށް 4 މީހުން ފުޅި އަޅައިގެން ފީނުމަށް ފައިބާފައިވާ ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި މިމީހުން 44 މީޓަރަށް ވައި ފުޅި އަޅައިގެން 35 މިނިޓު ވަންދެން ފީނާފައިވާކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް