19 ޖެނުއަރީ 2019 | ހޮނިހިރު | 01 ހުވަން
13 ޖުމާދަލްއޫލާ 1440
ފަތިސް 05:02
އިރުއަރާ 06:17
މެންދުރު 12:21
އަސްރު 15:40
މަޣްރިބް 18:16
އިޝާ 19:32

ވާރޭވެހި މާލޭގައި ފެންބޮޑުވުން

ފެންބޮޑުވުން: ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ

  • މާލޭގެ ފެން ހިންދުމުގެ ނިޒާމަށް ދާއިމީ ހައްލެއް ބޭނުންވޭ
މިއުވާން މުހައްމަދު | Miuvaan

| 6 ޑިސެންބަރު 2018 | ބުރާސްފަތި 19:39 | |

މަގުބޫލް

  1. ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
  2. މަންމަގެ ހިތްވަރު ދިނުމުގެ ބަސްތައް ކުލަ ފަންސުރުގައި!
  3. އިންޒާރު: ނުރައްކާތެރި އެކްސިޑެންޓުތަކާ ގުޅިގެން ދައުވާ އުފުލަން ފަށަނީ!
  4. އެމްޑީޕީގެ ޕްރައިމަރީ: ނަމޫނާއެއް، ގިނަ ފިލާވަޅުތަކެއް!
  5. ބައެއް ދާއިރާތަކުގެ ވޯޓު ފޮށިތައް ބަންދުކޮށް ފޮށިތައް ގުނަން ފަށައިފި
  6. ހިޔާނާތް ވީ 4.9 މިލިއަން ރުފިޔާއަށް، އެކަމުގައި އުޅެނީ އެންމެ މުވައްޒަފެއް: އިންޓާނަލް އޮޑިޓް
  7. ޖުމެއިރާ ވިއްޓަވެލީގެ ފަޔަރ ޑާންސަރު މަރުވެގެން ވެއްޓިއްޖެ
  8. އުސޫލުން ބޭރުން ރަޖިސްޓްރީ ކޮށްފައިވާ ޓެކްސް ދައްކަން ނުޖެހޭ ފަރާތްތައް މީރާގެ ރަޖިސްޓްރީން އުނިކުރަނީ


މާލޭގައި ފެންބޮޑުވުން ފެން ހިންދުމުގެ މަސައްކަތް ކުރަނީ -- ރާއްޖެއެމްވީ

ބުދަ ދުވަހު ހުއްޓުމެއް ނެތި ބޯކޮށް ވެރިރަށް މާލެއަށް ވާރޭ ވެހި، މާލޭގެ ބޮޑު ބައެއްގައި ފެންބޮޑުވި އިރު، ފެންގަނޑު ހިންދުމަށް ގިނަ ވަގުތުތަކެއް ހޭދަވިއެވެ. މިދިޔަ ހަތް އަހަރު، ފެންބޮޑުވާ ކޮންމެ ފަހަރަކު "މުއިއްޒު، މުއިއްޒު" ކިޔާ ކިޔާ ތިބީއެވެ. ބުދަ ދުވަހު ފެންބޮޑުވީމަވެސް ކިޔަން ޖެހުނީ ހަމަ އެނަމެވެ. ކުރީގެ ހައުސިންގ މިނިސްޓްރީއިން މާލޭގެ ފެންހިންދުމުގެ ނިޒާމާއި ޖުމްލަކޮށް މާލޭގެ މަގުތައް ހަދާފައިވާ ގޮތަށް އަދިވެސް ފާޑުކިޔަން ޖެހެއެވެ. އައު ސަރުކާރަށް އެކަންކަން އިސްލާހުކުރަން އަދި މާގިނަ ވަގުތެއް ނުލިބެއެވެ. މިހުރިހާ ކަމަކާއިއެކު، ފެންބޮޑުވުމުގެ ޙާދިސާއަކީ ގިނަ ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ ކަމެކެވެ.

ފުރަތަމަ ކަމަކަށް، މާލޭގެ މަގުތަކުގައި ފެން ހިންދުމުގެ ނިޒާމް ހުރި ގޮތުގެ ކޮންމެވެސް ކަހަލަ ފުރިހަމަ މަންޒަރެއް ފެންނަން އެބަޖެހެއެވެ. ފެން ހިންދަން ބަހައްޓާފައިވާކަމަށް ބުނާ ޕަމްޕުތަކެއްގެ ވާހަކަ ދެކެވޭއިރު، އެތަކެތި ހުރި ތަނަކާއި، އެތަކެތި މަސައްކަތް ކުރޭތޯ ބަލަން ޖެހެއެވެ. ތިރީސް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށްގެން ޤާއިމްކުރިކަމަށް އެބުނާ ނިޒާމެއްވެސް ވީތަނެއް ބަލަން އެބަޖެހެއެވެ. ފެން ހިންދުމުގެ މަސައްކަތުގެ ބެލެނިވެރި ފަރާތެއްވެސް ބަލަން އެބަ ޖެހެއެވެ. 

ބޯކޮށް ވާރޭ ވެހުމުން މަގުމަތީގައި ފެން ބޮޑުވެދާނެއެވެ. އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އެކަން ހިނގައެވެ. އެހެންނަަމަވެސް ކިތަންމެ ކުޑަކޮށް ނަމަވެސް ވާރޭ ފެންފޮދެއް ވެހިލާއިރަށް މާލޭގެ ހުޅަނގު ފަރާތުގައި ފެންބޮޑުވަނީ ގައިމު ކޮންމެެވެސް ކަމެއް ވުމުންނެވެ. އެސަރަހައްދު ހިއްކާފައި އޮތްގޮތުން ދިމާވާކަމެއް ނަމަ، ފެން ހިންދުމުގެ ނިޒާމް ރަނގަޅުކޮށްގެން ނަމަވެސް އެކަމަށް ދާއިމީ ހައްލެއް އަންނަން މިހާރު ވެއްޖެއެވެ. އެއް ބަޔަކު އަނެއް ބައެއްގެ ބޮލަށް މިކަން ނުޖަހައި، މިކަަމަށް ދާއިމީ ހައްލެއް މިހާރު ގެންނަން ވެއްޖެއެވެ. 

ބުދަ ދުވަހުގެ ފެންބޮޑުވުމުގެ ޙާދިސާ ހިނގުމުން ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ފެން ހިންދުމާއި، ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް މަސައްކަތްތަކެއް ކޮށްފައެވެ. އެހެންނަމަވެސް ބައެއް ފަރާތްތަކުން ފާހަގަކުރާ ގޮތުގައި، ސަރުކާރުގެ އިދާރާތައް ގުޅިގެން މަސައްކަތް ކުރުން އަވަސްކުރެވޭނެ ނިޒާމެއް ޤާއިމް ކުރަން ޖެހެއެވެ. ފާއިތުވި ފަސް ވަރަަކަށް އަހަރު މިފަދަ ކޮންމެ ކަމެއް ދިމާވުމުން ބައެއް ފަރާތްތަކުން ހަމައެކަނި ފޮޓޯތަކެއް ނަގާލަން މަސައްކަތްތަކެއް ކުރިނަމަވެސް، ހަޤީޤީ މަސައްކަތްތަކެއް ކުރާ ބަޔަކަށް އައު ސަރުކާރު ވާން ޖެހެއެވެ. އަދި ކުރިން ބާކީ ކޮށް، އެއް ފަރާތްކޮށްފައި ހުރި ސިޓީ ކައުންސިލްފަދަ އިދާރާތައް މިހާރު ސަރުކާރާއި ގުޅިގެން މަސައްކަތްތަކެއް ކުރާއިރު، ކޮންމެ އިދާރާއެއްގައިވެސް މިފަދަ ޙާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ނިޒާމެއް ނުވަތަ ޕްލޭނެއް ޤާއިމްވެ، އެއަށް އަހުލުވެރިވެފައި ތިބެން ޖެހެއެވެ. 

ޤުދުރަތީ ކާރިސާތައް ދިމާވާނެއެވެ. އެކަން އަޅުގަނޑުމެންނަށް ނުހުއްޓުވޭނެއެވެ. އެހެންނަމަވެސް އެއް ކާރިސާއިން ފިލާވަޅު ލިބިގަނެ، އަނެއް ކާރިސާ އައުމުގެ ކުރިން ތައްޔާރުވާން ޖެހެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އައިޝަތު ޝާނީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް