17 ޖެނުއަރީ 2019 | ބުރާސްފަތި | 12 އުތުރަހަޅަ
11 ޖުމާދަލްއޫލާ 1440
އިޝާ 19:31
މަޣްރިބް 18:15
އަސްރު 15:40
މެންދުރު 12:20
އިރުއަރާ 06:17
ފަތިސް 05:01

މިނިމަމް ވޭޖް

މިނިމަމް ވޭޖް ކަނޑައެޅުމަށް ނިންމާނީ ވަރަށް ގިނަ ދިރާސާތައް ކުރުމަށްފަހު: އިކޮނޮމިކް މިނިސްޓަރ

  • ދިރާސާތަކަށް ފަހު ވިޔަފާރިތަކަށް މިނިމަމް ވޭޖެއް ކަނޑައެޅުމާއި މެދު ގޮތެއް ނިންމާނީ
  • ވަރަށް އަވަހަށް ބޯޑު އެކުލަވާލާ ބޯޑުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އުންމީދު ކުރަން
ސިމާހާ ނަސީމް | sim_kamana

| 6 ޑިސެންބަރު 2018 | ބުރާސްފަތި 19:33 | |

މަގުބޫލް

  1. 10 މިލިއަން ރުފިޔާގެ ވައްކަމާ ގުޅިގެން ސަސްޕެންޑްކުރީ ބީއެމްއެލްގައި މަސައްކަތްކުރާ ދެމަފިރިން!
  2. ނަޝީދުގެ ދިފާއުގައި މަހުލޫފާއި އަލީ ވަހީދު: ދެކޮޅު ހެއްދެވީ ލަތީފުގެ އިސްލާހަށް!
  3. ހިންނަވަރު ރަންގޮނޑި: ފުރަތަމަ ޕްރައިމަރީގެ ވާދަވެރިކަން ބޮޑުވެފައި!
  4. އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
  5. މަސްވެރިކަމުގައި ބިދޭސީން ގެންގުޅޭނީ މަސްވެރިން ބޭނުންވެގެން: މިނިސްޓަރ
  6. ބާރު ސްޕީޑްގައި ދިޔަ ޕިކަޕަކުން ޖެހި ރޯޑް ޑިވައިޑަރުތައް ފުނޑުފުނޑު!
  7. ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
  8. ޓީސީ ފަހުރުވެރި ކޮށްދިނުމަށް ފަހު، ނިޒާމްބެ އަލްވަދާއު ކިޔައިފި


ރާއްޖެ ޓީވީގެ ފަލަސުުރުހީ ޕްރޮގްރާމްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް -- ރާއްޖެއެމްވީ

މިނިމަމް ވޭޖް ކަނޑައެޅުމަށް ނިންމާނީ ވަރަށް ގިނަ ދިރާސާތަކެއް ކުރުމަށް ފަހު ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރާއްޖެއެމްވީ އަށް ދެއްވި އިންޓަވިއުގައި ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައެޅުމަކީ ފަސޭހަކަމެއް ނޫން ކަމަށާއި ދިރާސާތަކަށް ފަހު ވިޔަފާރީތަކަށް މިނިމަމް ވޭޖެއް ކަނޑައެޅުމާއި މެދު ގޮތެއް ނިންމަވާނެ ކަމަށެވެ.

"މި ދިރާސާތަކުން އަޅުގަނޑުމެންނަށް އިނގޭނީ އަޅުގަނޑުމެންގެ ވިޔަފާރީތަކަށް އެއީ ކުރެވިދާނެ ކަމެއްތޯ ނުވަތަ ނޫންތޯ" ފައްޔާޒު ވިދާޅުވިއެވެ.

މިނިމަމް ވޭޖް ބޯޑެއް އެކުލަވައި ދިނުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ބުދަ ދުވަހު އެދިވަޑައި ގަންނަވާފައިވާ އިރު ފައްޔާޒު ވިދާޅުވީ މިނިމަމް ވޭޖް ބޮޑަށް އެކުލަވާލުމަށްޓަކައި މަސައްކަތް ކުރައްވާނެ ކަމަށާއި ވަރަށް އަވަހަށް ބޯޑު އެކުލަވާލައި ބޯޑުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މި މަސައްކަތަކީ މިނިސްޓްރީއާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު އެންމެ ގޮންޖެހުން ބޮޑު އެއް މަސައްކަތަށް ވެގެންދާނެ ކަމަށާއި މިއީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.

"މިއީ ވަރަށް ޗެލެންޖިންގް އަދި އުނދަގޫ ކަމެއް އެހެން ނަމަވެސް އަޅުގަނޑުމެން މިއަދު އެ މަސައްކަތް ފަށަން އެބަޖެހޭ، އެ މަސައްކަތްތައް ފަށައިގެން ރަނގަޅު ދިމާލަކަށް ދެވޭނެ ކަމަށް ޤަބޫލުކުރަނީ. ސަރުކާރުގެ ޕޮލިސީތަކާ ހުރެ ވެސް ވަރަށް ގިނަ ވިޔަފާރީތައް މީގެ ކުރިން ވަނީ ހަލާކު ވެގޮސް، ސަރުކާރުގެ ސަބަބުން ވިޔަފާރީތަކަށް ގެއްލުން ނުވާގޮތަށް ހަދާނަން" ފައްޔާޒު ވިދާޅުވިއެވެ.

އިކޮނޮމިކް މިނިސްޓަރ އިތުރަށް ވިދާޅުވީ އެ ބޭފުޅާގެ މަސައްކަތަކަށް ވަނީ ވިޔަފާރީތަކަށް ފަހި މަގުތައް ހޯދައި ދީ، އެ ވިޔަފާރީތައް ކާމިޔާބުވާނެ ގޮތް އިތުރުކޮށް، އެ ވިޔަފާރީތައް ރަނގަޅުވުމުން މުވައްޒަފުންނަށް ރަނގަޅު ގޮތް މެދުވެރިވުން ކަމުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް