18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ރައީސް އޮފީސް

ސިޔާސީ ހައްޔަރީން ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފި

  • ޝަކުވާ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ވަނީ ދީފައި
އަބުދުﷲ ނަސީރު އިބްރާހިމް | DeNaseer

| 6 ޑިސެންބަރު 2018 | ބުރާސްފަތި 18:49 | |

މަގުބޫލް

  1. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  2. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  3. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ކެބިނެޓް ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ރައީސް އޮފީސް

ސިޔާސީ ސަބަބުތަކަށްޓަކައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ފިޔަވަޅު އަޅާފައިވާ ފަރާތްތަކުން ޝަކުވާ ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވައިލައްވައިފި އެވެ. 

ރައީސް އޮފީހުން ބުނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 1 ފެބްރުއަރީ 2012 ގެ ފަހުން، ސިޔާސީ މަޤުޞަދެއް ހާސިލުކުރުމަށްޓަކައި ބަންދުކުރެވި، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އެކިއެކި ފިޔަވަޅު އެޅިފައިވާ ފަރާތްތަކާއި، ޙުކުމްތައް ކުރެވި އެ ޙުކުމްތައް ތަންފީޛު ކުރަންމުންދާ ފަރާތްތަކަށް ކަމަށެވެ. އަދި މައްސަލަޔާ ގުޅޭ އެންމެހައި ލިޔެކިޔުންތަކާ އެކު، 6 ޑިސެންބަރު 2018 އިން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޝަކުވާ ހުށައެޅުއްވުމުގެ އިންތިޒާމް ހަމަޖައްސާފައި ވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ ސިޔާސީ ހައްޔަރީންގެ މައްސަލަތައް ބަލައި، ނުޙައްޤުން ބަންދުކޮށްފައިވާ ފަރާތްތައް މިނިވަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރަހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފައިވާ ވައުދުގެ ދަށުން ކަމަށެވެ. އަދި ވަޢުދުފުޅު ފުއްދެވުމުގެ ގޮތުން، [ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ] އުފައްދަވައި، އެމަނިކުފާނު މަޤާމާ ޙަވާލުވެ ވަޑައިގެންނެވި ފުރަތަމަ ދުވަހު ވަނީ އެ މަސައްކަތްޕުޅު ފައްޓަވާފައެވެ. 

ރައީސް ސޯލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި އިރު ސިޔާސީ ބައެއް ބޭފުޅުން ކުރީގެ ސަރުކަރުންނާއި، ސުޕްރީމް ކޯޓުންނާއި، އެހެނިހެން ކޯޓުތަކުން ވަނީ މިނިވަން ކޮށްފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި، ޤާސިމް އިބްރާހިމާއި، އިމްރާން އަބްދުﷲގެެ އިތުރުން ވެސް ގިނަ ސިޔާސީ ބޭފުޅުން ރައީސް ސޯލިހް މަޤާމުގެ ހުވާކުރުމުގެ ކުރިން މިނިވަންކޮށްފައިވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

Hassan

2 މަސް ކުރިން

.Saabas jazeera raees Ibu

0
0