12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތައް

އެމްޑީޕީގެ އެތެރޭގެ އިންތިހާބުތައް ހުކުރު ދުވަހު ބާއްވަނީ

  • ވޯޓުލުން އޮންނާނީ ހުކުރު ދުވަހު 2:00 އިން 6:00 އަށް އެމްޑީޕީ ހަރުގެ ތަކުގައި
އަމަން ހަލީމް | soupized

| 6 ޑިސެންބަރު 2018 | ބުރާސްފަތި 18:45 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  3. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  4. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  5. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  6. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  7. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  8. ބޭންކްތަކުން ޗެކް އެންޑޯޒް ކުރުން ހުއްޓާލައިފި


އެމްޑީޕީގެ އިންތިހާބެއްގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަރުހާން

މުހިންމު ސަބަބުތަކަކާއި ހުރެ ކަމަށް ބުނެ ފަސްކުރި އެމްޑީޕީގެ އެތެރޭގެ ބައެއް އިންތިހާބުތައް ހުކުރު ދުވަހު ބާއްވަން ނިންމައިފިއެވެ.

ހުކުރު ދުވަހު އޮންނާނީ އެ ޕާޓީގެ އަންހެނުންގެ ރޫހުގެ ނާއިބު ރައީސާ އާއި ޒުވާނުންގެ ހިތްވަރުގެ ނާއިބު ރައީސް ހޮވުމުގެ އިންތިހާބެވެ. މީގެ އިތުރުން ޒުވާނުންގެ ރޫހުގެ ހިންގާ ކޮމިޓީ އަށް ކޮންމެ ޕްރޮވިންސްއަކާއި ސިޓީ އަކުން މެމްބަރަކު އައްޔަން ކުރުމަށް ބާއްވާ އިންތިހާބާއި، ބައެއް ފޯކަލް ޕޮއިންޓްތަކަށް މެމްބަރުން އައްޔަން ކުރުމުގެ އިންތިހާބު ވެސް އެ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ތެރެއިން އަންހެނުންގެ ރޫހުގެ އާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބުގައި ވޯޓު ލެވޭނީ ހަމައެކަނި ޕާޓީގެ އެ ގުނަވަންތަކުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. އެ ގޮތުން ވޯޓުލާ މަރުކަޒުތައް ކައިރީގައި ރަޖިސްޓްރީ ކުރުމަށް ފޯމު ހުށައެޅުމުގެ ކަންތައްތައް ކުރިޔަށް ދާނެ ކަމަށް އެ ޕާޓީއިން ވަނީ ހާމަކޮށްފައެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީގެ މެމްބަރު މަނިކު ވިދާޅުވީ ވޯޓު ލުން ކުރިޔަށް ދާނީ ހުކުރު ދުވަހުގެ 2:00 އިން ފެށިގެން ހަވީރު 6:00ގެ ނިޔަލަށް ކަމަށެވެ.

"މާލޭގެ ފޮށި ހުންނާނީ އަޅުގަނޑުމެންގެ ހަރުގޭގަ. އޭގެ އިތުރަށް ރަށް ރަށުގައި ހުންނާނީ ހަރުގެތަކުގަ. ހަރުގެ ނެތް ތަންތާގައި، އެކޮޅުގަ ހުންނަ ވޯޓާ ބެހޭ އެންމެ އިސް ބޭފުޅާ ވިދާޅުވާ ތަނެއްގަ ވޯޓުލުން އޮންނާނީ،" މަނިކު ވިދާޅުވިއެވެ.

މަނިކު ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަކީ ވަރަށް ފޯރި އާއި އެކު އަބަދު ވެސް ކުރިޔަށް ދާ އިންތިހާބުތަކަކަށް ވުމުން މި ފަހަރު ވެސް ވޯޓުލުމުގެ ކަންތައް ވަރަށް ފޯރިޔާއެކު ކުރިޔަށްދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް