26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

އިމްރާން މުހައްމަދު

އަންނަ އަހަރު ފުރަތަމަ ޑިވިޝަން ކްލަބަކުން ފެންނާނެ: އިންމަ

  • އިންމަ އެންމެ ފަހުން ކުޅުނީ ނިއުއަށް
ލީވާން އަލީ | MrLeevaan

| 6 ޑިސެންބަރު 2018 | ބުރާސްފަތި 16:48 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ކީޕަރު އިމްރާން -- މޯލްޑިވްސް ސޮކާ

އަންނަ އަހަރު ފުރަތަމަ ޑިވިޝަންގެ ކްލަބަކުން ފެންނާނެ ކަމަށް ނިއުރޭޑިއަންޓަށް ކުޅެމުން އައި އިމްރާން މުހައްމަދު ބުނެފިއެވެ.

ގައުމީ ޓީމަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ އިންމަގެ ރަސްމީ ފޭސްބުކް ޕޭޖަށް ކުރި ޕޯސްޓެއްގައި ބުނީ، އަންނަ އަހަރުގެ ފުޓުބޯޅަ ސީޒަނުގައި ފުރަތަމަ ޑިވިޝަންގެ ކްލަބަކުން ފެންނާނެ ކަމަށެވެ. އެހެންނަމަވެސް އޭނާ ފެންނާނެ ކްލަބެއް ހާމަކޮށްފައެއް ނުވެއެވެ.

އިންމަ ބުނީ، ޓާގެޓަށް ވާސިލުވާން ހުރަސްތަކެއް ދިމާވި ނަމަވެސް ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާ ކުރިޔަށް ގެންދާނެ ކަމަށެވެ.

މި އަހަރުގެ ފުޓުބޯޅަ ސީޒަނުގައި އެއް ނަމްބަރު ކީޕަރު ގޮތުގައި އިންމަ ކުޅެމުން އައީ ނިއުއަށެވެ. އެހެންނަމަވެސް މި އަހަރުގެ އޮކްޓޫބަރު މަހު ނިއު އިން ވަނީ އެކަށީގެންވާ ވަގުތު ކްލަބަށް ނުދޭ ކަމަށް ބުނެ، އިންމަގެ އެއްބަސްވުން އުވާލާފައެވެ.

އިންމަގެ އެއްބަސްވުން ނިއު އިން އުވާލާފައިވަނީ މުސާރަ ނުދޭކަމަށް ބުނެ، އޭނާ ފަރިތަކުރުންތަކަށް ނުނިކުމެ ދުވަސްތަކެއްވި ފަހުންނެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ތިން ބަޔަކަށް ބެހުމަށް ފަހު އިންމަ އަށް ނިއު އިން ދޭން އެއްބަސްވި ފައިސާގެ ތެރެއިން ދެބައިގެ ޑިއު ޑޭޓް ހަމަވިއިރު ވެސް އޭނާ އަށް އެ ފައިސާ ނުލިބެއެވެ. އެގޮތުން ފުރަތަމަ ބައި މިއަހަރު އޭޕްރީލް މަހު ހަމަވިއިރު، ދެވަނަ ބައި ހަމަވީ މި އަހަރު އޯގަސްޓް މަހުއެވެ.

މިކަމާ ގުޅިގެން އިންމަ ވަނީ މުސާރައިގެ މައްސަލަ ހައްލުކޮށްދިނުމަށް އެދި ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ސިޓީއެއްވެސް ލާފައެވެ.

އިންމަ ބުނީ މުސާރައިގެ މައްސަލަ ހައްލުކޮށްދިނުމަށް އެކިފަހަރު މަތިން މަސައްކަތްކޮށްފައިވާނެ ކަމަށާއި، އެހެންނަމަވެސް ނިއުގެ އެއްބާރުލުން އޭނާ އަށް ނުލިބޭ ކަމަށެވެ.

ނިއު އިން ބުނީ މި އަހަރު އޯގަސްޓް އެއްވަނަ ދުވަހުން ފެށިގެން އިންމަގެ ހިދުމަތް އެ ޓީމަށް ނުލިބޭ ކަމަށެވެ. އެހެންނަމަވެސް އިންމަ ބުނީ ޗުއްޓީއަކަށްފަހު ޓީމުގެ ފަރިތަކުރުންތައް ފެށީ ސެޕްޓެމްބަރު 16 ގައި ކަމަށާއި، އޯގަސްޓް މަހު ފަރިތަކުރުންތައް ނުބާއްވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް