12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

ސިޔާސީ ޕާޓީތަކުގެ ގާނޫނު

ޕާޓީތަކުގެ ދަރަނިތައް ބަޖެޓުން ކަނޑާލައި، ދަރަންޏަށް ޕާޓީގެ ވެރިން ޒިންމާ ކުރުވަން ބިލެއް!

  • އަންނަ އަހަރު ވެސް ދައުލަތުގެ ބަޖެޓުން 25 މިލިއަން ޕާޓީތަކަށް
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 6 ޑިސެންބަރު 2018 | ބުރާސްފަތި 16:13 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  3. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  4. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  5. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  6. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  7. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  8. ބޭންކްތަކުން ޗެކް އެންޑޯޒް ކުރުން ހުއްޓާލައިފި


މަޖިލީހަށް ބިލު ހުށަހެޅުއްވި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރު -- ރާއްޖެއެމްވީ

ސިޔާސީ ޕާޓީއެއްގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ ހުކުމާ އެއްގޮތަށް ނުދައްކާ ނަމަ، އެ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާ އިން އެ ދަރަނި ކަނޑާލާ، މަދުވާ ފައިސާގެ އެ ޕާޓީއެއްގެ ވެރިން ޒިންމާ ނަގަންޖެހޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި ވަނީ ކޮންމެ އަހަރެއްގެ ވެސް ދައުލަތުގެ ބަޖެޓުގެ 0.1 ޕަސެންޓުގެ ފައިސާ ސިޔާސީ ޕާޓީތަކަށް ޚާއްސަ ކުރަން ޖެހޭ ކަމަށެވެ.

އަންނަ އަހަރު، ސިޔާސީ ޕާޓީތަކަށް 25 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ވެސް ވަނީ ނިންމާފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެމްބަރު އަހުމަދު އާމިރެވެ.

އާމިރު ހުށަހެޅުއްވި ބިލްގައި ޕާޓީއެއްގެ ނަމުގައި ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަންޏެއް ނުދައްކާނަމަ، އެ ފައިސާ ދައުލަތުގެ ބަޖެޓުން އުނި ކުރުމުގެ ބާރު ކަމާބެހޭ ފަރާތްތަކަށް ލިބިގެންވާ ކަމަށް ބަޔާން ކޮށްފައިވެއެވެ.

ސިޔާސީ ޕާޓީތަކުން އަދާކުރަން ޖެހޭ ދަރަނި އަދާކުރުމަށް އެއްވެސް މިންވަރަކަށް ފައިސާ މަދުވާ ނަމަ، އެ މަދުވާ އަދަދެއްގެ ފައިސާ ދެއްކުމުގެ ޒިންމާ އުފުލާނީ "އެ ދަރަނީގެ މުއާމަލާތު ހިންގި އިރު" ޕާޓީގެ މަސްއޫލިއްޔަތުތަކާ ހަވާލުވެ ތިބި މީހުން ކަމަށް އިސްލާހުގައިވެ އެވެ.

މީގެ އިތުރުން ޕާޓީ އުވާލި ކަމުގައި ވިޔަސް، އެ ދަރަންޏެއް އަދާކުރުމުގެ ޒިންމާ އެ ދަރަނީގެ މުއާމަލާތު ހިންގި އިރު، ޕާޓީ ހިންގަން ތިބި މީހުން އުފުލަން ޖެހޭނެ ކަމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

އާމިރު ހުށަހެޅުއްވި އިސްލާހުގައި އިތުރަށް ބުނެފައި ވަނީ ޕާޓީ ހިންގުމުގަ އާއި ޕާޓީން ހިންގާ އެއް ވެސް ހަރަކާތަކާ ގުޅިގެން މާލީ އަދި ޖިނާއީ އިލްތިޒާމެއް އުފުލަން ޖެހޭ ފަދަ އެއްވެސް ހާލަތެއް މެދުވެރިވެއްޖެ ނަމަ، އެފަދަ އެންމެހައި ޒިންމާ އެއް އުފުލަން ވާނީ އެފަދަ ކަމެއް މެދުވެރިވުމުގެ ސަބަބު އުފަންވި އިރު، ޕާޓީ ހިންގަން ތިބި މީހުން ކަމަށެވެ.

ބިލުގައިވާ ގޮތުން، އެ ބިލަށް އަމަލު ކުރަން ފަށާނީ ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް