12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

އިސްކޯ

އިސްކޯ އަށް ޔުވަންޓަސް އިން ބިޑުކުރަން ތައްޔާރުވަނީ!

  • އިސްކޯ އަށް ގިނަ ކްލަބްތަކުން ޝައުގުވެރިވޭ
ލީވާން އަލީ | MrLeevaan

| 6 ޑިސެންބަރު 2018 | ބުރާސްފަތި 15:18 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  3. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  4. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  5. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  6. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  7. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  8. ބޭންކްތަކުން ޗެކް އެންޑޯޒް ކުރުން ހުއްޓާލައިފި


ރެއާލް އަށް ކުޅެމުން އަންނަ އިސްކޯ -- ޓްވިޓަރ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އިސްކޯ އަށް ޔުވަންޓަސް އިން ބިޑުކުރަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްކޯ އަށް ޔުވަންޓަސް އިން ވަނީ ޝައުގުވެރިވެފައެވެ. އެގޮތުން ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާއާ އަމާޒުކޮށް، އެ ކްލަބުން އަންނަނީ އޭނާ އަށް ބިޑުކުރަން ތައްޔާރުވަމުންނެވެ.

އުމުރުން 26 އަހަރުގެ އިސްކޯ އަށް ރެއާލްގެ ފުރަތަމަ 11 އިން ފުރުސަތު ނުލިބުމުން، އޭނާ އެ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް ރިޕޯޓްތައް ބުނަމުންއ އަންނަތާ ދުވަސްތަކެއް ވެއްޖެއެވެ.

އެގޮތުން ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށް، އިސްކޯ އެހެން ކްލަބަކަށް ބަދަލުވުމަކީ ވަރަށް ކައިރިކަމެކެވެ.

ވެލެންސިއާ އިން ކެރިއަރު ފެށި އިސްކޯ ވަނީ މަލާގާ އަށް ވެސް ކުޅެފަ އެވެ. އެގޮތުން އޭނާ ވަނީ މަލާގާއާ އެކު ހޭދަކުރި ދެ ސީޒަނުގައި އެޓީމަށް ކުޅުނު 82 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފައެވެ. މަލާގާ ދޫކޮށްލުމަށް ފަހު އިސްކޯ ރެއާލްއާ ގުޅުނީ 2013 ވަނަ އަހަރެވެ.

އޭނާ ވަނީ އެ ކްލަބުގައި މިހާތަނަށް ހޭދަކުރި ހަތަރު ސީޒަނުގައި ކުޅުނު 254 މެޗުގައި 43 ލަނޑު ކާމިޔާބުކޮށް، ލަލީގާ، ސްޕެނިޝް ސުޕަރ ކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު، ފީފާ ކްލަބް ވާރލްޑްކަޕް ތިންފަހަރު، ޔުއެފާ ސުޕާ ލީގު ތިން ފަހަރު އަދި ކޮޕާޑެލްރޭ ކާމިޔާބުކޮށްފައެވެ.

ކްލަބް ލެވެލްގައި ގިނަ ކާމިޔާބީތައް ހޯދާފައިވާ އިސްކޯ ވަނީ ސްޕެއިންގެ 21 އަހަރުން ދަށުގެ ޓީމާއެކު ޔޫރޯ ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އޭނާ ވަނީ 17 އަހަރުން ދަށުގެ ފީފާ ވާރލްޑްކަޕްގެ ތިންވަނަ ސްޕެއިންއާ އެކު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް