12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ލިވަޕޫލް ފަރަގު ކުޑަކުރިއިރު، އާސެނަލް އާއި ޔުނައިޓެޑު އެއްވަރުވެއްޖެ

  • ބާންލީގެ މައްޗަށް ލިވަޕޫލް ކުރިހޯދީ 1-3 ގެ ނަތީޖާއަކުން
  • އާސެނަލް އަދި ޔުނައިޓެޑު ބައްދަލުކުރި މެޗު އެއްވަރުވީ 2-2 އިން
ލީވާން އަލީ | MrLeevaan

| 6 ޑިސެންބަރު 2018 | ބުރާސްފަތި 08:42 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  3. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  4. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  5. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  6. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  7. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  8. ބޭންކްތަކުން ޗެކް އެންޑޯޒް ކުރުން ހުއްޓާލައިފި


ލިވަޕޫލް އަދި ބާންލީ ބައްދަލުކުރި މެޗުގެ ތެރެއިން -- ޓްވިޓަރ

ޕްރިމިއާ ލީގުގައި ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ އޮތް ފަރަގު ލިވަޕޫލް އިން ކުޑަކުރިއިރު، އާސެނަލް އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރިމަތިލުން އެއްވަރުވެގެން ނިމިއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ބާންލީއާ ވާދަކޮށް ލިވަޕޫލް އިން މެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

ބާންލީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށް ރަނގަޅަށް ކުޅުނީ ލިވަޕޫލްއެވެ. އެގޮތުން އެޓީމުން ވަނީ ބާންލީގެ ހާފާށް ބާރުބޮޑުކޮށް ހަމަލާތައް އުފެއްދުމަށް މަސައްކަތް ކޮށްފައެވެ.

މި ހާފްގައި ދެޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން ދެޓީމަށްވެސް އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.

ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމުވެސް އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ލަނޑު ޖަހާ ލީޑު ނެގީ ބާންލީންނެވެ. މި ލަނޑ 54 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކޯކްއެވެ. މި ލަނޑާއެކު ލިވަޕޫލް އިން ވަނީ އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށްފައެވެ.

އެގޮތުން 62 ވަނަ މިނެޓުގައި އެޓީމުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިވޮކް އޮރީގީގެ އެހީތެރިކަމާއެކު ޖޭމްސް މިލްނާއެވެ. އޭގެ ހަތް މިނެޓު ފަހުން ރޮބާޓޯ ފިރްމީނޯ ވަނީ ލިވަޕޫލްއަށް ލީޑު ނަގައިދީފައެވެ.

މި ލަނޑުތަކަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ލިވަޕޫލުންނެވެ. އެގޮތުން މެޗުގެ އިތުރު ވަގުތުގައި މުހައްމަދު ސަލާހުގެ އެހީތެރިކަމާއެކު ޝަގީރީ ވަނީ ލިވަޕޫލް އަށް ލީޑު ފުޅާކޮށްދީފައެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު 15 މެޗުން ލިބުނު 39 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ސިޓީ އަށް 15 މެޗުން 41 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް އާއި ސިޓީއާ ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. މެޗުން ބަލިވި ބާންލީ އޮތީ ކުޅުނު 15 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގައެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް އާއި ޔުނައިޓެޑު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑު ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އާސެނަލް އިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުސްތާފީއެވެ.

އެހެންނަމަވެސް 30 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޑްރޭ ހެރޭރާގެ އެހީތެރިކަމާއެކު އެންތޮނީ މާޝިއާލްއެވެ.

މި ހާފްގައި ދެޓީމަށްވެސް ވަނީ މީގެއިތުރަށްވެސް ލަނޑު ޖެހުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އާސެނަލް އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

ދެވަނަ ހާފް ފެށިގެން އާސެނަލް އިން ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ހޯދާފައެވެ. މި ލަނޑު 68 ވަނަ މިނެޓުގައި ހެންރިކް މިހްތާރިޔަންގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ އެލެގްޒެންޑްރާ ލަކަޒެޓްއެވެ.

އެހެންނަމަވެސް އޭގެ މިނެޓެއް ފަހުން ޔުނައިޓެޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެސޭ ލިންގާޑްއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު އޮތީ ކުޅުނު 14 މެޗުން ލިބުނު 22 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގައެވެ. އާސެނަލް އޮތީ ކުޅުނު 14 މެޗުން ލިބުނު 30 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް