22 އޭޕުރިލް 2019 | ހޯމަ | 01 ބުރުނު
15 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:56
ފަތިސް 04:43

މާލެއަށް ކުރަމުންދާ ވިއްސާރަ

ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ކުންފުނިތަކުން ސިފައިންނަށް ސާމާނުތަކެއް ހަދިޔާކޮށްފި

  • 5 ކުންފުންޏަކުން ވަނީ ސާމާނު ހަދިޔާ ކޮށްފައި
އަލީ ސަމާޚް | AliSamah8

| 6 ޑިސެންބަރު 2018 | ބުރާސްފަތި 03:25 | |

މަގުބޫލް

  1. ރީތިރަށުގެ ފަޅުތެރޭގައި އިންސާނަކު އުދުހެނީ!
  2. ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
  3. ބޮމެއް ފެނުމުން ލަންކާގެ މައި އެއާޕޯޓް ބަންދުކޮށްފި!
  4. ލަންކާގައި ހުންނަ ޝަންގްރިއްލާއަށް ހަމަލާދިނީ ހަށިގަނޑުގައި ބޮން ހަރުކޮށްގެން!
  5. ލަންކާ އަށް ހަމަލާ ދިން މީހުން ދެނެގަނެވިއްޖެ، ހަތް މީހަކު ހައްޔަރު ކޮށްފި
  6. ލަންކާގައި ހިިނގި ބޮމުގެ ހަމަލާއަކީ ޓެރަރިޒަމްގެ ފިނޑި އަމަލެއް: ރައީސް
  7. ލަންކާއަށް ދިން ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބަފައިވޭ: ބޮޑުވަޒީރު ރަނިލް
  8. ފުލުފުލުގައި ދިން ހަމަލާތަކާ އެކު، ލަންކާ އަޑިގަނޑަކަށް!


ކުންފުނިތަކުން ހަވާލުކުރި ސާމާނުތަކާއި އެމްއެންޑީއެފް އިން ހަވާލުވަނީ -- އެމްއެންޑީއެފް

ބުދަ ދުވަހު މާލެއަށް ކުރި ވިއްސާރައާ ގުޅިގެން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެމްއެންޑީއެފް އަށް އެހީތެރިވެ ދިނުމުގެ ގޮތުން ބައެއް ސާމާނުތައް ކުންފުނިތަކުން ހަދިޔާކޮށްފިއެވެ.

ސިފައިންނަށް އެ ސާމާނުތައް ހަދިޔާ ކޮށްފައި ވަނީ މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)، އާއި އަމީން ކޮންސްޓްރަކްޝަނާއި އޫރިދޫ މޯލްޑިވެސްގެ އިތުރުން ރިސޯޓް ކޮންސްޓްރަކްޝަނުން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެގޮތުން އެމްޑަބްލިއުއެސްސީން 100 ރަބަރ ގަންބޫޓް ހަދިޔާ ކޮށްފައިވާ އިރު އޫރިދޫ އިން ވެސް 50 ރަބަރ ގަންބޫޓް ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑިއެފް އިން މައުލޫމާތުދެއެވެ. ފެން ހިއްކުމަށް ބޭނުންވާ ތިން ޕަންޕު އަމީން ކޮންސްޓްރަކްޝަނުން ހަދިޔާ ކޮށްފައިވާ އިރު ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަނުން ވެސް ވަނީ ފެން ހިއްކާ ތިން ޕަންޕް ހަވާލުކޮށްފައެވެ.

އެ ކުންފުނިތަކުން އެމްއެންޑީއެފާއި ހަވާލުކުރި ތަކެއްޗާއި ހަވާލުވެ ލައްވާފައި ވަނީ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ކޮމާންޑިންގ އޮފިސަރ ކާނަލް ޢަބްދުﷲ ޒުހުރީ އެވެ.

މީގެ އިތުރުން އެލިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފެން ހިއްކަން ބޭނުންކުރާ ޕަންޕްތަކެއް އެމްއެންޑީއެފަށް ހަދިޔާކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މާލެއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެމްއެންޑީއެފުން ކުރިއަށް ގެންދާ އޮޕަރޭޝަނަށް ސަރުކާރުގެ އިދާރާތަކުންނާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ޖަމިއްޔާތަކުން ވެސް ދަނީ އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. އެގޮތުން ބައެއް ކުންފުނިތަކުން ދަނީ ފައިސާގެ އެހީ ވެސް ފޯރުކޮށް ދެމުންނެވެ. އެގޮތުން ދިރާގުން ވަނީ ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރ (އެންޑީއެމްސީ) އަށް 200،000 (ދެ ލައްކަ ރުފިޔާ) ހަދިޔާކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ގައުމު

5 މަސް ކުރިން

ސާބަހޭ ކުންފުނިތައް، ސާބަހޭ ސާބަހޭ،

0
0
ޒުހުރީ

5 މަސް ކުރިން

ލިޓަސް އިން ސައިކަލްތައް ސަރވިސްކޮށްދޭ ހިލޭ.. މީވެސް ހަމަ ބޮޑުކަމެއް މިކަމާއިގުލިގެން ކޮށްދޭ

0
0