12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

މާލޭ ފެންބޮޑުވުން

ވިއްސާރައާ ގުޅިގެން ހިންގި އޮޕަރޭޝަން ރައީސާއި ނައިބު ރައީސް ބައްލަވައިފި

  • ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރަށް ވެސް ޒިޔާރާތް ކުރެއްވި
  • މައްސަލަ ދިމާވީ މެކޭނިކަލް ޕަންޕު ސިސްޓަމް ހަލާކުވުމުން: ރައީސް
އަލީ ސަމާޚް | AliSamah8

| 6 ޑިސެންބަރު 2018 | ބުރާސްފަތި 00:06 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  3. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  4. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  5. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  6. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  7. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  8. ބޭންކްތަކުން ޗެކް އެންޑޯޒް ކުރުން ހުއްޓާލައިފި


ނެޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް ސެންޓަރަށް ރައީސް ވަޑައިގެން އެތަނުގެ މަސައްކަތް ބައްލަވާ ލައްވަނީ -- އާކައިވް

މާލެ ސިޓީއަށް ކުރި ވިއްސާރައާ ގުޅިގެން ސިފައިނާއި ފުލުހުންނާއި ދައުލަތުގެ އިދާރާތައް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ބައްލަވާލައްވައިފިއެވެ.

އެމްއެންޑީއެފާ ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން ބައްލަވާލެއްވުމަށްޓަކާ ބުދަ ދުވަހުގެ ރޭ ރައީސް ސޯލިހު ވަނީ ކަޅުދުއްކަލާ ކޮށްޓަށް ޒިޔާރަތް ކުރައްވާފައެވެ. އެ ޒިޔާރަތުގައި ފެންހިއްކުމަށް އެމްއެންޑީއެފުން ކުރި މަސައްކަތްތައް ރައީސް ސޯލިހަށް ހިއްސާކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމެވެ. މި ޒިޔާރަތުގައި ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވެސް ބައިވެރިވެ ވަޑައިގެންފައިއެވެ.

ކާރިސާއިން އަރައިގަތުމަށް ކަލާފާނު ސްކޫލުގައި ހަދާފައިވާ ވަގުތީ ސެންޓަރުގައި ބައެއް ވަޒީރުންނާއެކު ރައީސް ސޯލިހު-- ފޮޓޯ/ ރައީސް އޮފީސް

ކާރިސާއިން އަރައިގަތުމަށް ކަލާފާނު ސްކޫލުގައި ހަދާފައިވާ ވަގުތީ ސެންޓަރަށް ވެސް ރައީސް ސޯލިހު ބުދަ ދުވަހުގެ ރޭ ވަޑައިގެންނެވިއެވެ. ރައީސް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ އިދާރާތަކާއި، އެކިއެކި ޖަމިއްޔާތަކުންނާއި، އަމިއްލަ ފަރާތްތަކުން ގުޅިގެން ކުރިއަށް ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތު އޮޅުންފިލުއްވިއެވެ. އަދި މާލެ އާއި މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލަތު ސާފުކުރެއްވިއެވެ.

އެތަނަށް ކުރެއްވި ޒިޔާރަތަށްފަހު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ސޯލިހު ވިދާޅުވީ މާލޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލު ނުކުރެވުނީ މެކޭނިކަލް ޕާންޕު ސިސްޓަމްތައް ހަލާކުވެފައި ހުރުމުން ކަމަށް އެމްއެންޑީއެފުން މައުލުމާތު ދީފައިވާ ކަމަށެވެ.

"މިހާތަނަށް އަޅުގަނޑުމެންނަށް މައުލޫމަތު ލިބުނު ގޮތުގައި ރެކޯޑު ކުރެވުނު މިންވަރަށް މާލެއަށް ވާރޭވުނު ދުވަސް މިއީ. ގާތްގަނޑަކަށް 149 މިލިމީޓަރުވެ ވާރޭ، ހަ އިންޗި ވާރޭ ވެހިފަ މިއޮތީ. މިކަން ހައްލު ކުރަން އެންމެ ދަތިވި ސަބަބެއް ކަމަށް އެމްއެންޑީއެފުން ބުނަނީ ފެން ހިއްކުމަށް ހުރި މެކޭނިކަލް ޕަންޕުތައް ހަލާލުވެފައި ހުރުމުގެ ސަބަބުންނޭ މިކަމަށް އެޓެންޑު ނުވެވުނީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ޒިޔާރަތަށްފަހު ނައިބް ރާއިސް ފައިސަލް ނަސީމް ވެސް ވަނީ ކަލާފާނު ސްކޫލަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ބައްލަވާލައްވާފަ އެވެ.

ނައިބު ރައީސް ކަލާފާނު ސްކޫލަށް ވަޑައިގެން ބައެއް ދަރުމަވެރިންނާ ސަލާމް ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ބުދަ ދުވަހުގެ ހެނދުނުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގިނަ މަގުތަކެއްގައި ހިނގައިބިނގައިވެ އުޅެން ދަތިވާ ވަރަށް ފެން ބޮޑުވެފައިވާއިރު، ބައެއް ގެތަކަށާއި ފިހާރަތަކަށް ވެސް ފެން ވަދެ އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.  ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް މަގުތަކުގައި ޕާކް ކޮށްފައި ހުރި ބައެއް ވެހިކަލްތަކަށް ވެސް ވަނީ ގެއްލުންތަކެއް ލިބިފައެވެ. އަދި ޓެކްސީއެއް ހޯދުމަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ.

ބުދަ ދުވަހުގެ މެންދުރުން ފެށިގެން މެދުކެނޑުމެއް ނެތި ފަސް ގަޑިއިރު މާލެއަށް ކުރި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ މާފަންނު ގެތަކަށެވެ. އެ ސަރަހައްދުން ފެން ހިންދުމުގެ މަސައްކަތްކޮށް ނިންމާލެވުނީ ހަ ގަޑިއިރުގެ މަސައްކަތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް