16 ފެބުރުއަރީ 2019 | ހޮނިހިރު | 03 ހިޔަވިހާ
11 ޖުމާދަލްއާޚިރާ 1440
އިޝާ 19:35
މަޣްރިބް 18:22
އަސްރު 15:41
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ހިލާލީ ދަރިކޮޅާއި، ހުރަވީ ދަރިކޮޅު

ރާއްޖޭއިން ބޭރުގެ ނުފޫޒު އެންމެ ބޮޑަށް ރާއްޖެއަށް ފޯރާފައި ވަނީ ހިލާލީ ދަރިކޮޅުގައި ހެއްޔެވެ؟ ނޫނީ ހުރަވީ ދަރިކޮޅުގަ ހެއްޔެވެ؟

  • ކަންނަންނޫރު ޢަލީ ރާޖާ ވެސް ރާއްޖެއަށް އުނދަގޫ ކޮށްފައި ވެއެވެ.
  • ރާއްޖޭގެ އިޤްތިޞާދަށް ބޭރުގެ ނުފޫޒު ވަރަށް ބޮޑަށް ފޯރި
އަހްމަދުﷲ ޖަމީލް | adjameel

| 5 ޑިސެންބަރު 2018 | ބުދަ 08:01 | |

މަގުބޫލް

  1. އޭސީސީގެ ރިޕޯޓް ގަބޫލެއް ނުކުރަން: ޝުނާނާ
  2. އިންޑިއާގެ ހޮސްޕިޓަލަށް މަންމަ ދޫކޮށްލި ދަރިފުޅު، މިއަދު އެއީ ސްވިޒަލޭންޑްގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރެއް!
  3. ޔާމީންގެ ޑޮލަރު އެކައުންޓް ހުޅުވީ ކަރަޕްޝަން ފައިސާ ޖަމާކުރުމުގެ ހަ ދުވަސް ކުރިން
  4. ރައީސްގެ ސުވާލު: އެމްއެމްޕީއާރްސީގެ ރިޕޯޓް ތިން އަހަރުވަންދެން ފޮރުވާފައި ބޭއްވީ ކީއްވެ؟
  5. ފުރަތަމަ ޑިގްރީ އާއި ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވާލައިފި
  6. ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
  7. ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
  8. ވަގު މުއާމަލާތްތައް ހިންގި އިރު، ޑޮލަރު ގަނެ ވިއްކުމުގެ ހުއްދަ އެސްއޯއެފްގައި ނެތް: އޭސީސީ


މުންނާރު ކުރިން ހުރި ތަން -- އާކައިވް

01 ޑިސެމްބަރ 2018 ގެ ލިޔުމާ ގުޅޭ

ހުރާގޭ ދަރިކޮޅުގެ ވެރިކަން ފެށިފައި ވަނީ 1759 ގައި ސުލްޠާން ޙަސަން ޢިއްޒުއްދީން (އެއްވަނަ) ސްރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުން، ނުވަތަ ދޮންބަންޑާރަ އިންނާއި ހަމައިންނެވެ. މި ދަރިކޮޅުގެ އަޞްލު ނިސްބަތްވާ ރަށަކީ ކ.ހުރާ އެވެ. އެޗްސީޕީ. ބެލް ލިޔުއްވާފައިވާ ގޮތުގައި ދޮންބަންޑާރައިންގެ ފަހުން ހުރާގޭ ދަރިކޮޅުގެ އެތަކެއް ބޭފުޅުންނެއް، ދިވެހިރާއްޖޭގެ ރަސްކަމާއި ވެރިކަން، އަދި އެންމެ އިސްވަޒީރުކަން ވެސް ކުރައްވާފައި ވެއެވެ.

ކޮންމެއަކަސް މި ދަރިކޮޅުގެ ބާނީ ދޮންބަންޑަރައިންނަށް ދިވެހިރާއްޖޭގެ ރަސްކަން ލިބިވަޑައިގަތީ، ދިޔަމިގިލީ ދަރިކޮޅުގެ އެންމެ ފަހު ރަދުން އައްސުލްޠާޒު މުކައްރަމް މުޙައްމަދު ޢިމާދުއްދީންގެ ވެރިކަމުގައި 1752 މ. ގައި މަލާބާރީން (ހޮޅީން) މާލެއަށް އަރައި އެރަދުން ރަހީނު ކޮށްގެން ގެންގޮސް ރާއްޖެއަށް ވެރިކަން ކުރަމުން، މީހުންނަށް އަނިޔާ ކުރަމުން ގެންދަނިކޮށް އެ އަނިޔާވެރި ކަމާއި، އަޅުވެތި ކަމުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ކުރެއްވެވި މަސައްކަތުގެ ނަތީޖާ އެއްގެ ގޮތުންނެވެ. މުޙައްމަދު އަމީން 1949ގައި ހާމަ ކުރައްވާ ގޮތުގައި "މިހާރާ ޖެހެންދެން ދިވެހިރާއްޖޭގައި ރަސްކަން ކުރައްވަމުން ވަޑައިގަންނަވާ ޚާންދާން ފެށޭ އަޞްލަކީ، އަލްޣާޒީ ޙަސަން ޢިއްޒުއްދީނެވެ." މަލާބާރުންނާ ކުރެއްވި ވިސްނުންތެރި ހަނގުރާމައަކަށްފަހު ރާއްޖެ މިނިވަން ކުރެވުނީ 1753 މީލާދުގައެވެ. ވެރިކަމުގައި ދެމި ހުންނެވީ 8 އަހަރުއެވެ.

މަލާބާރުންގެ އަތުން ޤައުމު ސަލާމަތް ކުރެއްވުމަށް ފަހުގައި ރަސްކަމާ ޙަވާލުވެ ވަޑައި ނުގެން މުކައްރަމް މުޙައްމަދު ޢިމާދުއްދީން މަލިކުގައި އަވަހާރަ ވުމުން، ދިވެހި ރައްޔިތުންގެ އެދުމުގެ މަތިން ރަސްކަމާ ޙަވާލުވެ ވަޑައިގެންނެވިއެވެ.  މިދަރިކޮޅުގައި 15 ނުވަތަ 13 ބޭފުޅުން ރަސްކަން ނުވަތަ ބޮޑުވަޒީރުކަން ކުރައްވާފައި ވެއެވެ. އަލްއިސްތާޛް މުޙައްމަދު އިބްރާހީމް ލުޠުފީ ހާމަކުރައްވާ ގޮތުގައި މިރަސްކަމުގައި 193 އަހަރާއި، 4 މަހާއި ދެދުވަހު ވެރިކަން ކުރައްވާފައި ވެއެވެ. އެއީ  1968 ވަނަ އަހަރާ ހަމައަށެވެ.

މި ޑައިނިސްޓީގައި ރާއްޖެއަށް ކުރިމަތިވި ގޮންޖެހުންތައް ވެސް ކުރިމަތި ވެފައިވަނީ ވެރިކަމަށް ދަހިވެތިކަން ހުރި މިންވަރުން، ވެރިކަން އަތުލެއްވުމަށް ރާއްޖޭގެ އެތެރެއިންނާއި ބޭރުގެ ބާރުތަކުގެ އެހީތެރިކަން ހޯއްދެވުމަށް ބައެއް ރަސްރަސްކަލުން މަސައްކަތް ކުރައްވާފައި ވާތީއެވެ. މިގޮތުން 1188 ގައި ޣިޔާޘުއްދީން ރަދުން އަވަހާރަކޮށްލި ގޮތުގެ ވާހަކަ ނަސީމާ މުޙައްމަދު ވިދާޅުވެފައި ވަނީ ކަނޑުފައްތާލެވުނު ކަމުގައެވެ.

މިދަރިކޮޅަށް ވެސް ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަމުން ދިޔަ ބަދަލުތަކާ ހުރެ މަޖުބޫރީ ޙާލަތު ގައްޔާއި، ވެރިކަމުގެ ދަހިވެތި ކަމުގައި ވެސް ދިވެހި ރާއްޖެއަށް ބޭރުގެ ނުފޫޒުގައި މަސައްކަތް ކުރުމަށް ޖެހިފައިވާ ކަން ފާހަގަ ވެއެވެ. މިދުވަސްވަރު މުޅި ދުނިޔެއަށް ވެސް އެންމެ ބޮޑު ނުފޫޒެއް އޮތީ އިޤްތިޞާދީ ގޮތުންނެވެ. މިހެންވުމުން އިޤްތިޞާދީ އަޅުވެތިކަމުގެ ދަށުގައިވެ ބޭރުގެ ނުފޫޒު ރާއްޖެއަށް ފޯރާފައި ވެއެވެ. މިގޮތުން ވޯރާ ވިޔާފާރިވެރިންގެ ނުފޫޒު ކުޑަކޮށް، ސަލާމަތް ވުމުގެ މަޤްޞަދުގައި އިނގިރޭސީންނާ އެކު ކުރެވުނު އެއްބަސް ވުމެއްގެ ދަށުން ޙިމާޔަތް ހޯދުމަށް މަސައްކަތް ކުރެވިފައި ވެއެވެ. މިއެއްބަސްވުމުގެ ދަށުން ޚާރިޖީ ކަންކަމުގައި ދިވެހި ދައުލަތުގެ އިޚްތިޔާރާއި، ބާރު ކުޑަވެ، އިނގިރޭސީންގެ ނުފޫޒު ގަދަވެގެން ގޮސްފައިވި ކަމުގައި ނަސީމާ މުޙައްމަދު (2010) ވިދާޅުވެއެވެ.

މި ދަރިކޮޅުގެ ދުވަސްވަރު 1753 ، 1755، 1761 މިއިން ކޮންމެ އަހަރެއްގައި މަލަބާރުން (ހޮޅިން) ރާއްޖެއާ ހަނގުރާމަ ކޮށް ތޮޅިފައިވެ އެވެ. އެއީ އައްސުލްޠާޒު ޙަސަން ޢިއްޒުއްދީނުގެ ދުވަސްވަރު 1759 ން 1767މ. އާ ދެމެދުގައެވެ. ނަމަވެސް މިއިން ކޮންމެ ފަހަރަކު ނަޞްރު ހޯދާފައި ވަނީ ދިވެހިންނެވެ. މީގެ އިތުރުން ކަންންނޫރު ޢަލި ރާޖާ ވެސް ރާއްޖެއަށް އުނދަގޫ ކޮށްފައި ވެއެވެ. އެއީ 1827 ގައެވެ. އެގޮތުން ދިވެރާއްޖެއިން ޖިޒީ ހޯދުމަށް މަސައްކަތްކޮށް ޖިޒީ ދިނުމަށް މަޖުބޫރުކުރުވާފައި ވެއެވެ.

މިހެންވުމުން މި ދެދަރިކޮޅުގެ ދުވަސްވަރު ރާއްޖެއަށް ބޭރުގެ ނުފޫޒު ފޯރާފައި ވެއެވެ. މިދެދަރިކޮޅުގެ ތެރެއިން ބޮޑަށް ނުފޫޒު ފޯރާފައިވަނީ ހިލާލީ ދަރިކޮޅުގައި ވެރިކަން ކުރެއްވި މިދަރިކޮޅަށް ނިސްބަތްވާ 30 ނުވަތަ 29 ރަސްކަލުން 34 ފަހަރުގެ މަތިން، 168 އަހަރާ 4 މަހާއި 15 ދުވަހު ރަސްކަން ކުރެއްވި ދުވަސްވަރު ގައިކަން ބެލި ބެލުމުންނާއި، މަތީގައި ވާ ހެކިތަކުން ދޭހަވެއެވެ. ރާއްޖޭގެ އިޤްތިޞާދަށް ބޭރުގެ ނުފޫޒު ވަރަށްބޮޑަށް ފޯރާފައި ވުމުގެ އިތުރުން ދެވަނަ ފަހަރަށް ދިވެހިރާއްޖެ ބޭރުގެ ބައެއްގެ އަޅުވެތިކަމުގެ ދަށަށް ގޮސް އަޅުވެތި ވެފައި ވަނީވެސް ހިލާލީ ދަރިކޮޅުގެ ދުވަސްވަރުގައެވެ. އެއީ 1557 ގައި ރަސްކަން ކުރެއްވި ޢަލީ ރަސްގެފާނު (6 ވަނަ) ޝަހީދުކުޅައުމަށް ފަހުގައެވެ.

-ނުނިމޭ-

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

moosa

2 މަސް ކުރިން

Beyruge nufoozu dhen emme avahah mi raajje ah foaraanee mi sarukaaru verikamugai.

0
0