26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރެއިންބޯގެ ޗާލު ބަދިގެ

ރެއިންބޯގެ ޗާލު ބަދިގޭ ގެ ނަސީބުވެރިޔާ ހޮވައިފި

  • ޗާލު ބަދިގޭ ގެ ނަސީބުވެރި ފަރާތަށް ބަދިގެ ސެޓެއް ލިބިގެންދާނެ
  • ކުރިއަތް އޮތް އަހަރުތަކުގައި ޗާލު ބަދިގެ ފަދަ ސިލްސިލާ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް ރެއިންބޯ އިން ބުނި
ސިމާހާ ނަސީމް | sim_kamana

| 4 ޑިސެންބަރު 2018 | އަންގާރަ 22:20 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ރެއިންބޯ ޗާލު ބަދިގޭގެ ނަސީބުވެރިޔަކަށް ހޮވުނު އައިޝަތު ޝަބީނާ، ރެއިންބޯގެ އިސްވެރިންނާއެކު -- ފޮޓޯ: ސިމާހާ ނަސީމް

ރެއިންބޯ އިން ކުރިއަށް ގެންދިޔަ ޗާލު ބަދިގޭ ގެ ނަސީބުވެރިޔާ ހޮވައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ ރެއިންބޯ ލިވިންގް މޯލްގައި ބޭއްވި ހާއްސަ ހަފްލާގައި ޗާލު ބަދިގޭގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ އައިޝަތު ޝަބީނާއެވެ.  

ޗާލު ބަދިގެ އަކީ ބަދިގެ އާކުރަން ބޭނުންވެ، ނަމަވެސް އަދި އެކަން ނުކުރެވިފައި ތިބި ފަރާތްތަކަށް ފަސޭހަކަމާއެކު ބަދިގެ އާކޮށްލެވޭނެ ރަނުގެ ފުރުސަތެއް ހުޅުވާލުމުގެ ގޮތުން ރެއިންބޯ އިން ހިންގި ހަރަކާތެކެވެ.

ޗާލު ބަދިގޭ ގެ ނަސީބުވެރި ފަރާތަށް ބަދިގެ ސެޓެއް ދޭން އެ ކުންފުނިން ނިންމާފައިވާއިރު ބަދިގެ ސެޓްގައި ފުލް ކެބިނެޓް އަދި ބަދިގެ އެޕްލަޔަންސް ވެސް ހިމެނެއެވެ. ނަސީބުވެރިޔާ އަށް ބަދިގެ ސެޓްގެ ކުލައާއި މެޓީރިއަލާއި ޑިޒައިން އެމީހަކު ބޭނުން ގޮތަކަށް އިހްތިޔާރު ކުރުމުގެ ފުރުސަތު ވެސް ރެއިންބޯ އިން ވަނީ ދީފައެވެ.

ރެއިންބޯ އިން ބުނީ ޗާލު ބަދިގެއަށް 400 އަށްވުރެ ގިނަ ފަރާތަކުން އެ ފަރާތްތަކުގެ ބަދިގޭގެ ފޮޓޯ ފޮނުވާފައިވާ ކަމަށާއި ޖަޖުންގެ ޕެނަލް އިން އެކި ކްރައިޓީރިއާތަކަށް ބެލުމަށްފަހު އެ އަދަދު 150 އަށް ކުޑަކޮށްފައިވާ ކަމަށެވެ. އަދި ވަރަށް ގިނަ ކަންތައްތަކަށް ބެލުމަށްފަހު ނަސީބުވެރިޔާ ހޮވާފައިވާ ކަމަށް ޖަޖުންގެ ޕެނަލް އިން ބުންޏެވެ. އެގޮތުން ރަށްތަކަށް ގޮސް، ބައެއް ފަރާތްތަކުގެ ގެއަށް ގޮސް، ބަލަންޖެހޭ ވަރަށް ގިނަ ކަންތައްތައް ބަލާފައިވާ ކަމަށް ވެސް ޖަޖުން ފާހަގަކުރެއްވިއެވެ.

ޗާލު ބަދިގޭ ގެ ޖަޖުންގެ ޕެނަލްގައި ހަރަކާތްތެރިވި މަރިޔަމް ވަހީދާ ވިދާޅުވީ މި ހަރަކާތުގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް ދަސްވެގެން ހިނގައްޖެ ކަމަށާއި ރެއިންބޯ ފަދަ ކުންފުންޏަކުން އަމިއްލައަށް އިސްނަގައިގެން ހިންގި މި ހަރަކާތަކީ ވަރަށް މުހިންމު އަދި ރަނގަޅު ހަރަކާތެއް ކަމަށެވެ.

ރެއިންބޯ އިން ބުނީ ކުރިއަތް އޮތް އަހަރުތަކުގައި ޗާލު ބަދިގެ ފަދަ ސިލްސިލާ ހަރަކާތެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް