| 4 ޑިސެންބަރު 2018 | އަންގާރަ 18:26 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ޕްރިޔަންކާ ޗޯޕްރާ އާއި އޭނާގެ ފިރުމީހާ ނިކް ޖޯނަސް ގެ ކައިވެނީގެ ފޮޓޯތައް ދައްކާލއިފިއެވެ.
މި ދެމެފިރިންގެ ފޮޓޯ ވަނީ ޕީޕަލް މެގަޒިން އާއި އެ މެގަޒިންގެ ބޭރުގަނޑަށް ވެސް އަރުވާފައެވެ.
ޕްރިޔަންކާ 36، އަދި ނިކް 26 ވަނީ ކްރިސްޓިއަން އަދި ހިންދޫ ވެޑިންއެއް ބާއްވަފައެވެ.
ކްރިސްޓިއަން ވެޑިންގައި ޕްރިޔަންކާ ފެނިގެން ދަނީ ހުދު ކުލައިގެ ވެޑިން ޑްރެސް އެއްގައެވެ. ނިކް ފެނިގެން ދަނީ ކަޅުކުލައިގެ ސޫޓެކެވެ.
މިދެމަފިރިންގެ ކައިވެނީގެ ހެދުން ފަރުމާ ކޮށްފައިވަނީ ރަލްފް ލައުރެން އެވެ. އަދި އެމީހުންގެ ބަރައިޑްސްމެއިޑްސް އާއި ގްރޫމްސްމެން ގެ ހެދުންތައް ވެސް ފަރުމާކޮށްފައިވަނީ ހަމަ ރަލްފް ލޯރެން އެވެ.
ހިންދޫ ވެޑިންގައި ޕްރިޔަންކާ ފެނިގެންދަނީ ރަތް ކުލައިގެ ލެހެނގާ (ދިގު ސްކާޓާއި ޓޮޕް) އެއްގައެވެ. އަދި ނިކް ފެނިގެން ދަނީ ގޯލްޑް ކުލައިގެ ޝެރްވާނީ އެއްގައެވެ.
"ކޮންމެ އަންހެން ކުއްޖަކުވެސް ކައިވެނި ކުރާ ދުވަހު ޕްރިންސެސް އަކަށް ވުމުގެ ހުވަފެން ދެކޭނެ. ނަމަވެސް އަހަރެން އެދުވަހު ހުންނާނެ ގޮތެއް ކުރިން ވިސްނާފައެއް ނެތް." ޕީޕަލް މެގަޒިން އަށް ދެއްވި އިންޓަވިއުއެއްގައި ޕްރިޔަންކާ ބުންޏެވެ.
ކައިވެނީގެ ދެ ހަފްލާ އިންޑިއާގައި، ދެފަރާތުގެ އާއިލާ އާއި ގާތް އެކުވެރިންނާއި އެކު ބޭއްވުން އެއީ ގަބޫލުކުރަންދަތިވާ ވަރުގެ ޚާއްސަ ކަމެއް ކަމަށް ޕްރިޔަންކާ ވަނީ ބުނެފައެވެ.
މި ކައިވެންޏާއި ގުޅޭގޮތުން ނިކް ބުނެފައިވަނީ ކައިވެނި އެހާ ފުރިހަމަކޮށް ދާނެ ކަމަށް ގަބޫލުވެސް ނުކުރެވޭ ކަމަށާއި އެ ވަގުތަކީ އޭނާއަށް ވަރަށް ފުން އަސަރުތަކެއް ކުރުވި ވަގުތެއް ކަމަށެވެ.
ޕްރިޔަންކާއި ނިކްގެ ކައިވެނީގެ ހަފްލާ ބާއްވާފައިވަނީ މިދިޔަ ހޮނިހިރު އަދި އާދިއްތަ ދުވަހު ޖޯދްޕޫރުގެ އުމެއިދް ބާވަން ޕެލަސްގައެވެ.
މީގެ ކުރިން ވަނީ އެމީހުންގެ ހަލްދީ އަދި މެހެދީ ފަންކްޝަންގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްފައެވެ.
މި ކައިވެނީގައި ނިކް އާއި ޕްރިޔަންކާގެ އާއިލާ އާއި ރައްޓެހިން ވަނީ ބައިވެރި ވެފައެވެ.
މި ދެމަފިންގެ ކައިވެނީގެ ދެ ހަފްލާއެއް ދިއްލީ އަދި މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް