12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

ބޮލީވުޑް

ދިޕިކާ އާއި ރަންވީރުގެ ކައިވެނީގެ ހަފްލާއަށް ސަލްމާން ޚާން ނުދިއައީ ކީއްވެ؟

  • ސަލްމާން ބައިވެރިވެފައި ނުވަނީ ތައިލެންޑްގައި އޮތް ކައިވެނީގެ ހަފްލާއަކަށް ދިއުމުން
އަޒްލިފާ އަބްދުﷲ | AzuAzlifa

| 4 ޑިސެންބަރު 2018 | އަންގާރަ 14:21 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  3. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  4. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  5. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  6. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  7. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  8. ބޭންކްތަކުން ޗެކް އެންޑޯޒް ކުރުން ހުއްޓާލައިފި


ސަލްމާން ޚާން - ދިޕިކާ އާއި ރަންވީރުގެ ކައިވެނީގެ ހަފްލާއަށް ސަލްމާނެއް ނުދޭ -- ބޮލީވުޑް ހަންގާމާ

މިހިނގާ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހުގެރޭ ބޮލީވުޑްގެ ފަންނާނުންނަށް ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ ކައިވެނީ ހަފްލާއެއް ވަނީ ބާއްވާފައެވެ.

އެ ހަފްލާގައި ބޮލީވުޑް ގެ ގިނަ ތަރިންނާއި ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ގިނަ ފަންނާނުން ވަނީ ބައިވެރި ވެފައެވެ. އަމީތަބް ބަޗަން، ޝާހުރުކް ޚާން، ކެޓްރީނާ ކެފިފްގެ އިތުރުން ވެސް ގިނަ ސްޓާރުން ފެނިގެންދިޔަ މި ހަފްލާގައި ސަލްމާން ޚާން ބައިވެރި ވެފައެއް ނުވެއެވެ.

އޭނާ ބައިވެރިވެފައި ނުވަނީ އޭނާ ތައިލެންޑްގައި އޮތް ކައިވެނީގެ ހަފްލާއަކަށް ދިއުމުންނެވެ.

ސަލްމާން ވަނީ އެކައިވެނީގެ ހަފްލާގެ ވީޑިއޯ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އެ ވީޑިއޯގައި ފެނިގެންދަނީ ކުޅެފައިވާ ފިލްމް "ޖަބް ޕިޔާރު ކިޔާތޯ ޑަރްނާ ކިޔާ" ގެ އޮއްއޯ ޖާނެ ޖާނާ މި ލަވަ ކަމާލް ޚާން ކިޔަމުން ދިޔައިރު ލަވަ ކިޔުމުގައި ބައިވެރި އޭނާއާއި އެކު އެލަވަ ކިޔާ ލަވައިގެ ބައެއް ސްޓެޕްތައް ހަދަމުންދިޔަ މަންޒަރެވެ.

މީގެ އިތުރުން ގިނަ ވީޑިއޯތަކުގައި ސަލްމާން ގިނަ ލަވަތަކަށް ނަށަމުންދާ މަންޒަރު ވަނީ ފެނިގެން ގޮސްފައެވެ. އަދި ބައެއް ޕޮޓޯތަކުގައި ބްރައިޑް އާއި ގްރޫމް އާއި އެކުގައި ވެސް ސަލްމާން ވަނީ ފެނިގެން ގޮސްފައެވެ.

ސަލްމާން މިވަގުތު ދަނީ އޭނާގެ އަންނަން އޮތް ފިލްމް "ބާރަތް" ގެ ޝޫޓިންތައް ކުރިއަށް ގެންދަމުންނެވެ. އެ ފިލްމްގައި ސަލްމާން އާއި އެކު ފެނިގެންދާނީ ކެޓްރީނާ އަދި ސުނިލް ގްރޯވާ އެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް