23 ފެބުރުއަރީ 2019 | ހޮނިހިރު | 10 ހިޔަވިހާ
18 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ވޮލީބޯލް އެސޯސިއޭޝަން

ވީއޭއެމްގެ މާކެޓިންގ އެންޑް ޕްރޮމޯޝަން ޑިރެކްޓަރަކަށް މުހައްމަދު ޝާފީ

 • ވީއޭއެމްގެގެ އެކްސްކޯ އިން ކާނަލް ވަނީ ވަކިކޮށްފަ
 • ވީއޭއެމްގެ ރައީސް އާއި ނައިބްރައީސްއާ ދެމެދު މައްސަލަ ވަނީ އުފެދިފަ
 • ފިރިހެން ވޮލީ ޓީމުގެ ހެޑްކޯޗަކަށް ޝަރަފް ވަނީ ހަމަޖައްސާފަ
ލީވާން އަލީ | MrLeevaan

| 9 ފެބުރުވަރީ 2017 | ބުރާސްފަތި 00:29 | |

މަގުބޫލް

 1. ފިނިހަކަ ހޮވުމުގެ މުބާރަތުގައި ވާދޫއިން ބައިލައްކަ ފިނިހަކަ ހޮވައިފި
 2. މާމެންދޫއަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެން ކުއްޖެއް ގެއްލިއްޖެ
 3. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
 4. ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ކ.ހުރާ ކައުންސިލް ވަރެއް ނެތް
 5. ރައީސް ސޯލިހު ޖެޓްސްކީގައި ދެ އަތޮޅެއް ހުރަސް ކުރައްވަނީ
 6. އޮމަދޫ މީހުން ތިބީ އާ ސަރުކާރުން ބަނދަރު ހަދާނެ ކަމުގެ އުންމީދުގައި
 7. މަންތާ އެއަރއަށް އުދުހުމުގެ ހުއްދަ ދީފި
 8. އިމިގްރޭޝަންގެ އިސް ދެ ބޭފުޅަކު ސަސްޕެންޑް ކޮށްފި


ވީއޭއެމްގެ ކުރީގެ ޖީއެސް ޝާފީ -- ޓްވިޓަރ

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ މާކެޓިންގް އެންޑް ޕްރޮމޯޝަންގެ ޑިރެކްޓަރަކަށް މަޝްހޫރު ފޮޓޯ ގްރާފަރު މުހައްމަދު ޝާފީ ހަމަޖައްސައިފި އެވެ.

މީގެކުރިން ވީއޭއެމްގެ ޖެނެރަލް ސެކެޓްރީގެ މަގާމުވެސް އަދާކޮށްފައިވާ ޝާފީ އެ މަގާމަށް ހަމަޖެއްސިކަން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފްވެސް ވަނީ ރާއްޖެއެމްވީ އަށް ކަށަވަރުކޮށްދީފައެވެ.

ޝާފީ އަކީ އެފްއައިވީބީ ވޯލްޑް ވިމެންސް ޗެމްޕިއަންޝިޕްގެ ސެނޓްރަލް ޒޯން ކޮލިފައިން މުބާރާތް އިންތިޒާމުކުރަން އެންމެ އިސްކޮށް ހަރަކާތްތެރިވި އެކަކެވެ.

ވީއޭއެމްގެ އެކި އެކި މަގާމުތަކަށް ދަނީ ބަދަލު ގެންނަމުންނެވެ. އެގޮތުން ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗަކަށް މުހައްމަދު ޝަރަފް ހަމަޖައްސާފައިވާއިރު، އެސިސްޓެންޓެއްގެ ގޮތުގައި މުހައްމަދު ސާޖިދު ވަނީ ހަމަޖައްސާފަ އެވެ.

ވީއޭއެމްގެ އެގްޒެކެޓިވް ކޮމެޓީން މުހައްމަދު ނަޝީދު (ކާނަލް) ވަކިކޮށްފައިވާއިރު، ނައިބްރައީސް އިއްޒަތު އާއި ރައީސް ލަތީފްއާ ދެމެދު ހިތްހަމަނުޖެހުންތަކެއް ހުރިކަމަށް އަޑުތައް ދަނީ ފެތުރެމުންނެވެ. އެގޮތުން އެކްސްކޯގެ ބައްދަލުވުމަކާ ނުލާ ގިނަ ކަންތައްތައް ނިންމާފައިވާކަމަށްވެސް އަޑުތައް ދަނީ ފެތުރެމުންނެވެ. އެހެންނަމަވެސް މިހުރިހާކަމެއްވެސް ރައީސް ލަތީފް ދޮގުކުރައްވައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް