12 ނޮވެންބަރު 2018 | ހޯމަ | 13 ވިހާ
04 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:13
މެންދުރު 11:54
އިރުއަރާ 05:50
ފަތިސް 04:36

ފިލިޕް ލާމް

މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ލާމް އިއުލާންކޮށްފި

  • ލާމް ވަނީ ބަޔާން އަށް 500 އަށްވުރެ ގިނަ މެޗު ކުޅެދީފަ
  • ބަޔާންއާއެކު ލާމް ހެދި އެއްބަސްވުން ހަމަވާނީ 2018 ވަނަ އަހަރު
ލީވާން އަލީ | MrLeevaan

| 9 ފެބުރުވަރީ 2017 | ބުރާސްފަތި 00:15 | |

މަގުބޫލް

  1. ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރުންގެ ބެންޗަށް ބަޔަކު އަރައި ނަގާފައިވާ ފޮޓޯތަކެއް އާއްމުވެއްޖެ
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  4. އަދީބްގެ ހާލަތު ރަނގަޅެއް ނުވޭ، ޑޮކްޓަރުން ލަފާދެނީ ލޭޒަރ ޓްރީޓްމަންޓަށް
  5. ޖުމްހޫރީ ދުވަހަށް 1 އަހަރު ފުރުމުގެ ހަރަކާތްތައް ހިންގި އިސްމީހާގެ މިއަދުގެ އިހްސާސް
  6. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  7. ސޯލާ ޕެނަލްތަކާއެކު އައްޑޫ ހައި ސްކޫލްގެ ކަރަންޓް ބިލް 7،000 ރުފިޔާއަށް ކުޑަވެއްޖެ!
  8. އާ ރަށުގައި ބިނާކުރި ގަނޑުވަރުގެ ފޮޓޯތަކެއް ޢާއްމު ކޮށްފި


ބަޔާން އަށް ކުޅޭ ލާމް -- ގޫގުލް

މި ސީޒަނަށްފަހު ކުޅުން ހުއްޓާލާނެ ކަން ބަޔާން މިއުނިކްގެ ކެޕްޓަން ފިލިޕް ލާމް އިއުލާންކޮށްފި އެވެ.

އަންގާރަ ދުވަހުގެ ރޭ ޖަރުމަން ކަޕްގައި ވޮލްފްސްބާގް އަތުން 0-1 ގެ ނަތީޖާއިން ބަޔާޏް މޮޅުވި މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެމުން ބަޔާންއާއެކު 2018 ވަނަ އަހަރާ ހަމަޔަށް އެއްބަސްވުން ހަދާފައިވާ އުމުރުން 33 އަހަރުގެ ލާމް ބުނީ މި ސީޒަނަކީ އޭނާ ފުޓުބޯޅަ ކުޅޭ ފަހު ސީޒަން ކަމަށް ބުނެފައެވެ.

ލާމްގެ ކުރިމަގާ ބެހޭގޮތުން ކުރި އެ ސުވާލަށް ޖަވާބު ދެމުން އޭނާ ބުނީ ފުޓުބޯޅަ ކުޅުން ހުއްޓާލިޔަސް ފުޓުބޯޅަ އަށް ހިދުމަތްކުރުންމަތީ ދެމި ހުންނާނެ ކަމަށެވެ. އެހެންނަމަވެސް ލާމް ބުނީ ބަޔާންގެ ސްޕޯޓިން ޑައިރެކްޓަރުގެ މަގާމާ ހަވާލުވާން އަދި ބޭނުންނުވާ ކަމަށާއި، މިއީ އެކަމަށް އެންމެ ރަނގަޅު ދަނޑިވަޅު ނޫން ކަމަށެވެ.

ބަޔާން އާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ލާމް ވަނީ މިދިޔަ ހޮނިހިރު ދުވަހު ޝަލްކޭއާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގައި އޭނާގެ 500 ވަނަ މެޗު އެޓީމަށް ކުޅެދީފައެވެ. މީގެއިތުރުން އޭނާ ވަނީ އެ ކްލަބަށް 16 ލަނޑު ކާމިޔާބުކޮށްދީފައެވެ.

އޭނާ ވަނީ ޖަރުމަންގެ ކެޕްޓަންކަންވެސް ކޮށް އެޓީމާއެކުވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ޖަރުމަން ޖޯޒީގައި 113 މެޗު ކުޅެދީ ފަސް ލަނޑު ކާމިޔާބުކޮށްފައެވެ. ޖަރުމަން ޓީމާއެކު 2014 ވަނަ އަހަރު ވޯލްޑްކަޕް އުފުލާލި ލާމް ވަނީ ޔޫރޯގެ ދެވަނަ އަދި ވޯލްޑްކަޕްގެ ތިންވަނަވެސް ޖަރުމަނާއެކު ހޯދާފައެވެ.

ބަޔާންއާއެކު ހޭދަކުރި 13 ސީޒަނުގައި ލާމް ވަނީ ހަތް ބުންޑަސްލީގާ، ހަ ޖަރުމަން ކަޕް، ދެ ޖަރުމަން ސުޕާކަޕް، ޔުއެފާ ސުޕާކަޕް އެއްފަހަރު، ޔުއެފާ ޗެމްޕިއަންސް ލީގު ދެފަހަރު އަދި ކްލަބް ވޯލްޑްކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް