26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ރާއްޖޭގެ ސިޔާސީ މަސްރަހު

ނަމުން އެދުމެއްނެތި ޚިދުމަތްކުރަން، މަރުދަން ޖެހެނީ މަޖިލީހު ގޮނޑިތަކަށް

  • މަހުޖަނެއްގެ ފަހަތަށް އެރިޔަސް ގޮނޑިދޭކަށް ނުޖެހޭނެ
  • މަޖްލިސް އިންތިޚާބު ޑީލަކުން ނިންމައެއް ނުލެވޭނެ
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 3 ޑިސެންބަރު 2018 | ހޯމަ 15:33 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕީޖީ ގްރޫޕް -- ފޮޓޯ: މުހައްމަދު ޝަރުހާން

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަން ބަދަލުކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން އެއް ގަލަކަށް އެރިއެވެ. ޔާމީންގެ ހުދުމުހުތާރު އަނިޔާވެރިކަން ނިންމައި، ރައްޔިތުންނަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކުރުމުގެ ނަމުގައެވެ. އެއްވެސް އަމިއްލަ އެދުމެއް ނެތި ގައުމަށްޓަކައި، ރައްޔިތުންނަށްޓަކައި، އެއްވެސް އެދުމެއްނެތި ޚިދުމަތްކުރާނެކަމުގެ ވައުދުވީ މި ދިވެހި ބިމުގައި ނެތްފަދަ އަބްޠާލުންތަކެއް ފަދައިންނެވެ.

ވެރިކަން ބަދަލުވެއްޖެއެވެ. ޔާމީނުވެސް ވެރިކަމުން ދުރުކޮށްފިއެވެ. އެކަމަކު އެއްކަލަ އަބްތޯލުން މި ދުއްވައިގަތްތައް ފެނުނީ އަމިއްލަ އެދުން ހާސިލު ކުރުމަށެވެ. ސަރުކާރަކީ މޮޑޭ ފުށްގަނޑަކަށް ހަދައި ބޯކިބަލެއްހެން ބައިބައި ކުރަންފެށިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ވެރިކަމަށް ވަޑައިގެންނެވުނީ ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި، ގާސިމް އިބްރާހިމާއި، ޝައިހު އިމްރާން އަބްދުﷲ އެމަނިކުފާނުގެ ފަހަތުގައި ތިއްބެވުމުންކަމާމެދު ދެބަސްވާ މީހަކު ނެތެވެ. އެކަމަކު އޭގެ މަނާއަކީ ހުރިހާ ކަމެއް ބޯކިބާ ބަހާ އުސޫލުން ކުރުމެއް ނޫނެވެ. ވަކިން ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ގުޅޭގޮތުންނެވެ.

މިއަދު މި ފެންނަނީ ގޮނޑިޔާހުރެ އެކަކު އަނެއްކެ ކަރުގައި ހިފަންވެސް ތައްޔާރުވަމުންދާ ތަނެވެ. "ތިމަންނަމެންނަށް ހެވޭ ގޮނޑި ނުދިނަސް ތިމަންނަމެން އިސްކުރާނީ ގައުމާ ރައްޔިތުންނޭ" ވިދާޅުވި ބަޔަކު މިހާރު މިދައްކަނީ ދެ އުޅިއެއްނުވާ ޒާތުގެ ވާހަކައެވެ. ކޮންމެހެން މަޖިލީހުގެ ގޮނޑިތައް ނުލިބިގެން ކޯލިޝަނުގައި ރެނދުއަޅާނެ ވާހަކަ ދެއްކުމުގެ ބޭނުމެއްނެތެވެ. ސަބަބަކީ ކޯލިޝަނުގެ މަޖިލީހެއް ނޯންނާނެއެވެ.

ރައްޔިތުންނަށް އޮޅުވާލުމުގެ ބޭނުމުގައި ހޮޅި ވާހަކަތައް ދެއްކުމުގެ މާނައެއް ނެތެވެ. ސަރުކާރާއި މަޖިލީހާއި މީ މުޅުން ދެތަނެކެވެ. އެހެން ނޫނަސް ރައްޔިތުން ބަލައިނުގަތް މެންބަރުން ތަކަކަށް ޓިކެޓް ދިނުމަކީ ރައްޔިތުން ދެކޮޅު ކަމެކެވެ. ޕްރައިމަރީއަކާއި ނުލައި ތަބަކަށް ލާފާ ޓިކެޓް ދިނުމަށް ވަކި ކުލައަކަށް އެއްވެސް ދާއިރާއެއް ދިނުމުގެ ބޭނުމުގައި ބައި އަޅަން މަސައްކަތް ކުރާނެ ކަމެއް ނެތެވެ.

ރައްޔިތުންގެ ފަރާތުން ވާހަކަ ދައްކަން ހޮވާ ބަޔަކު ބައި އަޅައިގެން ނުބެހޭނެއެވެ. ހަތަރު ލީޑަރުންގެ އެއްބަސްވުމޭ ކިޔައި ފޮރުވައިގެން ގެންގުޅޭ ފަތްކޮޅެއްގައި އޮތްއެއްޗެއް ބަލާކަށް ރައްޔިތުންނަކަށް ނުޖެހޭނެއެވެ. ރައީސް ސޯލިހު ވެރިކަމަށް ހޮވީ ރައްޔިތުންގެ ވޯޓުން ރައްޔިތުންގެ ވެރިކަމެއް ގެނައުމަށްޓަކައެވެ. ގާނޫނުއަސާސީން ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލުމުގެ ޙައްޤު، ޝަރުތުހަމަވާ ހުރިހާ ރައްޔިތުންނަށްވެސް ލިބިގެންވެއެވެ. އެކަމަކު ނަމުން އެދުމެއްނެތި ޚިދުމަތްކުރަން އައި ބަޔަކު މިއަދު މަރުދަން މިޖެހެނީ މަޖިލީހު ގޮނޑިތަކަށެވެ.

ދެން އޮތީ އެހެން ނުކުތާއެކެވެ. އެއްބަސްވެފައިވާ ގޮތަށް އެވަނީ ސަރުކާރު އެކަލަވާލާފައެވެ. އަކުރަކަށް ފިއްޔަކަށްވެސް ތަފާތެއް ނުކޮށެވެ. ނަމަވެސް މަޖިލީހާއި ހަމައަށް އައުމުން ދެވަނަ ވިސްނުމަކަށްދާން މަޖުބޫރު ކުރުވައެވެ. ސަބަބަކީ ރައީސް ޔާމީނާއެކު މަސައްކަތް ކުރެއްވި ކުނިބުނީ ގޮތުގައި ރައްޔިތުން މިސާލުޖަހާ ބަޔަކު މަހުޖަނުގެ ޕާޓީއާ ގުޅުމެވެ. ދުވަހަކު ޕްރައިމަރީއަކާއި ނުލައި ޓިކެޓް ބަހާ ތަނަކަށްވަދެ، ކޯލިޝަން ސްލޮޓްތަކުން މަޖިލީހުގެ ތެރެއަށް ދެމިގަތުމަކީ ރައީސް ސޯލިހުއަށް ނުރައްކަލެވެ. އެކަން އެމަގުން ހިނގާކަށް އެމްޑީޕީއަކުން ނޭދޭނެއެވެ.

ރެނދުއަޅާ ވާހަކަ ދައްކާނަމަ ރަނގަޅަށް ރެނދު އަޅުވާލަންވީއެވެ. ގޮނޑި ބޭނުންވެގެން އަވަހަށް އައިސް މަހުޖަނެއްގެ ފަހަތަށް ވަނަސް މިފަހަރު ރައްޔިތުންވެސް ދޫ ދޭ ގޮތަކަށް ނޫނެވެ. މިނިވަން ކެންޑިޑޭޓުންވެސް އެހެންވެއްޖެ ނަމަ ނުކުންނަތަން ފެންނާނެއެވެ. އެއްވެސް ދިވެހި ރައްޔިތަކު މަޖިލިސް ކަހަލަ ބޮޑު އިންތިހާބެއްގައި ވާދަ ނުކުރެވޭގޮތަށް ޑީލަކުން ނިންމާލުމަކީ އިންސާފެއްނޫނެވެ. އެކަން ނިންމާނަމަ ނިންމަންވާނީ އާންމު މެމްބަރުން ވޯޓުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ިިލ

5 މަސް ކުރިން

ވަރަ ފުރިހަމަ ލިޔުމެ..

0
0