
| 3 ޑިސެންބަރު 2018 | ހޯމަ 12:21 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ހޮންގްކޮންގްގެ މަޝްހޫރު ޑިޖިޓަލް ބްރޭންޑެއް ކަމަށްވާ "ރިމެކްސް" ބްރޭންޑްގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ. މި އައުޓްލެޓް ހުޅުވާފައި ވަނީ މޯލްޑައިސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ.
ކެންގަރޫކިޑްސް ޕްރީސްކޫލުގެ ކުރިމަތީގައި ހުންނަ އައުޓްލެޓް ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އަހްމަދު މަޙްލޫފްއެވެ.
އާދިއްތަ ދުވަހުގެރޭ ހުޅުވި އައުޓްލެޓްގައި މައިގަނޑު ގޮތެއްގައި ވިއްކާނީ މޯބައިލް ފޯނާއި ގުޅުން ހުރި ޕްރޮޑަކްޓްތައް ކަމަށް އެކުންފުނިން މައުލޫމާތުދެއެވެ. 3 ސީ ޓެކްނޮލްޖީ ޑިޖިޓަލް ލައިފް ސްޓައިލް ސްޓޯރެއްގެ ގޮތުގައި ރިމެކްސް އޮޕަރޭޓް ކުރާއިރު ކުރިއަށް އޮތްތާގައި އިތުރު ފިހާރަތަކެއް ހުޅުވިގެން ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މޯލްޑައިސް އިން ބުނީ އިންޓަނޭޝަލް ފްރެންޗައިސް ބްރޭންޑެއް ރާއްޖެއަށް އައުމަކީ ވަރަށް ބޮޑު ކާމިޔާބީ އެއް ކަމަށާއި އާއްމުންނަށް މި ފަދަ ހިދުމަތެއް ފޯރުކޮށްދެވޭތީ އެކަމާ މެދު އުފާކުރާކަމަށެވެ. ރިމެކްސް ބްރެންޑަކީ ޒުވާނުންނާއި ރައްޓެހި ބްރޭންޑެއް ކަމަށް މޯލްޑައިސް ޕްރައިވެޓް ލިމިޓެޑްގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރ އުވައިސް ވަނީ ބުނެފައި އެވެ.
" ރިމެކްސް އަކީ ފުދޭވަރަކަށް ފެޝަން ސްޓާއިލް. ފުދޭވަރަކަށް ޒުވާނުންނަށް މީތި އަލިއެޅޭ .އެހެންވީމާ އަޅުގަނޑު ތެކޭ ގޮތުގައި މީ ޒުވާނުންނަށް ސުއިޓަބަލް އެއް ބްރޭންޑް. ފޯނު،ގެޖެޓް ، ކަވާ، މީގެ ތެރެއިން އަންނަންޏާ ޗޫޒް ކުރަންވީ ރިމެކްސް '' އުވައިސް ބުނިއެވެ.
އެންމެ ފުރަތަމަ ވިޔާފާރި ކުރާފަރާތްތައް ހާއްސަ ޑިސްކައުންޓްތަކެއް ދޭން ހަމަޖެހިފައިވާ ކަމަށްވެސް އުވައިސް ވަނީ ބުނެފައިއެވެ. ރިމެކްސްއިން ވިއްކާ އެއްޗެއްސަކީ މިހާރު ބާޒާރުގައި ހުރި އެއްޗެއްސާއި އަޅާބަލާއިރު އެންމެ ކޮލިޓީ އެއްޗެހިކަން އޭނާވަނީ ފާހަގަކޮށްފައެވެ.
ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރިމެކްސް ކުންފުނީގެ ފަރާތުން ބައިވެރިވި ޖޭސްމީން މީޑިއާ މައުލޫމާތު ދެމުން ބުނީ ރާއްޖޭގައި އެ ކުންފުނީގެ ފިހާރައެއް ހުޅުވިގެން ދިޔުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ކުންފުނިން ބޭނުންވަނީ ރާއްޖޭގެ ރައްޔިތުންނަށް ކޮލީޓީ ފޯނު އެސެސަރީސްތަށް ފޯރުކޮށްދިނުމަށެވެ.
ޝަރަފްވެރި މެހުމާނު މިނިސްޓްރު މަޙުލޫފް ވިދާޅުވީ ދުނިޔޭގެ މަޝްހޫރު ބްރޭންޑެއްގެ ފިހާރައެއް ރާއްޖޭގާއި ހުޅުވުމަކީ ރާއްޖޭއަށް ލިބުމުގެ ކުރިއެރުމުއްގެ އިތުރުން ބޮޑު އުފަލެއްކަމަށެވެ.
2010 ވަނަ އަހަރު ދުނިޔެއަށް ތައަރަފުވި ރިމެކްސްބްރޭންޑާކީ ހޮންގް ކޮންގްގެ ރިފައިން އިންޑަސްޓްރިއަލް ( އޭޝިއާ) ލިމިޓެޑްގެ ސަބް ބްރޭންޑެކެވެ. މިހާތަނަށް އެ ބްރޭންޑުން 700 އަށްވުރެ ގިނަ ކެޓަގަރީއަކުން 3800 އަށްވުރެ ގިނަ ޕްރޮޑަކްޓް ވަނީ ބާޒާރަށް ނެރެފައެވެ. ރިމެކްސްގެ އުފެއްދުންތައް ދުނިޔޭގޭ 120 އަށްވުރެ ގިނަ ގައުމުގައި ލިބެންހުރޭއެވެ. ރާއްޖޭގައި ހުޅުވިގެންދިޔަ އައުޓްލެޓަކީ ރިމެކްސްގެ ދުނުޔޭގައި ހުޅުވުނު 6300 އައުޓްލެޓެވެ .
ރިމެކްސް ބްރޭންޑުގެ ރާއްޖޭގެ ޕާޓްނަރް، މޯލްޑައިސް ލިމިޓެޑަކީ 2010 ވަނަ އަހަރު އުފެއްދި، ރާއްޖޭގޭ އެކި ކެޓަގަރީތަކަށް ރިސޯޓް ސަޕްލައި ކުރުމުގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ކުރާ ދިވެހި ކުންފުންޏެކެވެ.
ރިމެކްސްގެ އައުޓްލެޓެއް ރޭ ހުޅުވާފައިވާއިރު މި އަހަރު ޖުލައި މަހު ރިމެކްސްގެ ޑިސްޓްރިބިއުޓާގެ ޝޯރޫމެއްވެސް ވަނީ ހުޅުވާފައިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް