12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
ފަތިސް 04:44
އިރުއަރާ 06:01
މެންދުރު 12:04
އަސްރު 15:24
މަޣްރިބް 17:58
އިޝާ 19:15

ވޯލްޑް ޓްރެވަލް އެވޯޑްސް

ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލަކަށް ދިވެހިރާއްޖެ

  • މި އެވޯޑަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް
ސިމާހާ ނަސީމް | sim_kamana

| 3 ޑިސެންބަރު 2018 | ހޯމަ 03:00 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  3. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  4. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  5. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  6. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  7. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  8. ބޭންކްތަކުން ޗެކް އެންޑޯޒް ކުރުން ހުއްޓާލައިފި


ނިޔާމަ ރިސޯޓް -- ގޫގުލް

ދުނިޔޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އޮސްކާގެ ނަމުން މަޝްހޫރުވެފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭގައި ދުނިޔޭގެ އެންމެ މަޤްބޫލު ޑައިވް މަންޒިލަކަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ.

މިއީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ. ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފިނާލޭގައި ރާއްޖެ ވާދަކޮށްފައިވަނީ ތައިލެންޑް، ހަވާއި، މޮރިޝަސް، އޮސްޓްރޭލިއާ، ޝީޝެލްސްގެ އިތުރުން އެމެރިކާ އާއެކުގައެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިފަދަ އެވޯޑެއް ރާއްޖެއަށް ލިބުމަކީ ރާއްޖޭގެ ފަތުރުވެރިކަން ދުނިޔޭގެ އެންމެ މަތީ ފެންވަރުގައި ބަލައިގަތުން ކަމަށާއި ފަތުރުވެރިން ގަޔާވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ހެދުމަށް ތަފާތު އެތައް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

2017 ވަނަ އަހަރު 1.3 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ޓޫރިޒަމް ވިޒިޓަރ ސާރވޭ އިން ދައްކާ ގޮތުގައި އޭގެ ތެރެއިން 65 އިންސައްތަ އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރާއްޖޭގެ ކަނޑު އަޑީގެ ރީތިކަން ތަޖުރިބާ ކޮށްލުމަށެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް