19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

މަޓާޓޯ އަހަރީ އާންމު ޖަލްސާ

މަޓާޓޯގެ ރައީސް ކަމަށް އަބްދުﷲ ސުއޫދު

  • ސުއޫދު މަޓާޓޯގެ ރައީސް ކަމަށް އިންތިހާބުކޮށްފައި ވަނީ އަހަރީ އާންމު ޖަލްސާގައި
  • މަޓާޓޯގެ ބޯޑަށް ފަސް މެންބަރުންނާއި، ހަޒާންދާރުގެ މަޤާމަށް ވެސް މެންބަރެއް ވަނީ އިންތިހާބު ކޮށްފައި
ސިމާހާ ނަސީމް | sim_kamana

| 2 ޑިސެންބަރު 2018 | އާދީއްތަ 23:39 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  7. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  8. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް


މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު -- މަޓާޓޯ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާޒްގެ ރައީސް ކަމަށް އަބްދުﷲ ސުއޫދު އިންތިހާބުކޮށްފިއެވެ.

ސުއޫދު މަޓާޓޯގެ ރައީސް ކަމަށް އިންތިހާބު ކޮށްފައި ވަނީ އާދިއްތަ ދުވަހު ހޮޓެލް ޖެންގައި ބޭއްވި އަހަރީ އާންމު ޖަލްސާގައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ދައުރުގެ ނާއިބު ރައީސްގެ މަޤާމަށް އިންތިޚާބުކޮށްފައިވަނީ މިދިޔަ ދައުރުގެ ރައީސްކަން ކުރެއްވި އަބްދުﷲ ޤިޔާސް އާއި އިބްރާހިމް ޝިހާމެވެ. އަދި މަޓާޓޯގެ ބޯޑަށް ފަސް މެންބަރުންނާއި، ހަޒާންދާރުގެ މަޤާމަށް ވެސް މެންބަރެއް ވަނީ އިންތިހާބު ކޮށްފައެވެ.

މީގެ އިތުރުން އެ ޖަލްސާގެ ތެރެއިން ވަނީ ޕެސިފިކް އޭޝިޔާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާގެ ގޮތްޕެއް ރާއްޖޭގައި ހުޅުވުމަށް ވެސް ފާސްކޮށްފައެވެ. 1951 ވަނަ އަހަރު ޤާއިމްކޮށްފައިވާ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން، ޕާޓާއަކީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގައި ހަރަކާތްތެރިވާ ޖަމިއްޔާއެކެވެ.

ހޮޓެލް ޖެންގައި ބޭއްވި މަޓާޓޯގެ އަހަރީ އާންމު ޖަލްސާގައި ގިނަ ކަންތައްތަކެއް ފާސްކޮށްފައިވާއިރު މަޓާޓޯ ރީބްރޭންޑްކޮށް، ލޯގޯ އަދި ޑިޒައިން ބަދަލްކުރުމަށާއި މެމްބަރުންގެ އަތުން ނަގާ ފީ ވެސް ބޮޑުކުރުމަށް ވަނީ ފާސްކޮށްފައެވެ.

2006 ވަނަ އަހަރު ވުޖޫދަށް އައި މަޓާޓޯއަކީ ފަތުރުވެރިކަމުގެ ދާއިރާގައި އެންމެ ހަރަކާތްތެރި އެއް އެސޯސިއޭޝަން ކަމަށްވާ އިރު، 30 މެންބަރުންނާއި އެކު ފެށި މި ޖަމިއްޔާގައި މިހާރު ފަސްދޮޅަހަށްވުރެ ގިނަ މެންބަރުން އެބަތިއްބެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް