
| 2 ޑިސެންބަރު 2018 | އާދީއްތަ 15:12 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ނިއުޔޯކްގައި ކެނސަރު ބައްޔަށް ފަރުވާ ހޯދަމުންދާ ބޮލީވުޑްގެ ތަރި ސޮނާލީ ބޭންޑްރޭ އެނބުރި މުމްބާއީއަށް ދާ ކަމަށް އޭނާ ބުނެފިއެވެ.
ސޯޝަލް މީޑިއާ ގައި ސޮނާލީ އޭނާގެ ފޮޓޯއެއް ހިއްސާކޮށް އެ ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ އޭނާ އެނބުރި ގެއަށް (މުމްބާއީ) ދާކަމަށެވެ. ގިނަ ދުވަސް ތަކަކަށް ފަހު އާއިލާ އާއި ރައްޓެހިންނާއި ބައްދަލުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި އެކަމާ އޭނާ ވަރަށް ހިތްހަމަޖެހިފައި ހުރިކަމަށް ވެސް ސޮނާލީ ވަނީ ބުނެފައެވެ.
×ކެންސަރަށް ފަރުވާ ހޯދުމަށް ނިއުޔޯކްގައި ފަސް މަސް ދުވަސް ހޭދަކޮށްފައި ވާއިރު، ސޮނާލީ ގެންދަނީ އޭނާގެ ބަލީގެ ހާލަތު ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
ސޮނާލީއަށް ކެންސަރު ޖެހިފައިވާކަން ހާމަކޮށް މިއަހަރުގެ ޖުލައި މަހުގެ 4 ވަނަ ދުވަހު ނެރެފައިވާ ސްޓޭޓްމަންޓްގައި ބުނެފައި ވަނީ އޭނާއަށް ޖެހިފައި ވަނީ "ހައި ގްރޭޑް ކެންސަރ" ކަމަށެވެ. ކެންސަރުގެ ޝިކާރައަކަށްވީކަން އެނގުނީ ކުއްލިއަކަށް ކަމަށާއި އެފަދަ ބައްޔެއްގެ އަލާމާތެއް ކުރިން ތަޖުރިބާ ކުރަން ވެސް ޖެހިފައި ނުވާ ކަމަށެވެ. މި ދަނޑިވަޅުގައި މުޅި އާއިލާ އާއި ރައްޓެހިންގެ ފަރާތުން އަޅާލުމާއި ލޯތްބާއި އެހީތެރިކަން އޭނާއަށް ލިބެމުން އަންނަ ކަމަށާއި އެކަމަށްޓަކައި ޝުކުރު އަދާކުރާ ކަމަށް ބުނެފައި ވެއެވެ.
ޕްރޮޑިއުސަރ ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެން އުޅޭ ސޮނާލީގެ 13 އަހަރުގެ ފިރިހެން ދަރިއަކު ހުރެއެވެ. މި ދެ މީހުން 2002 ވަނަ އަހަރު ކައިވެނިކުރުމަށް ފަހު ފިލްމް ކުޅުން ހުއްޓާލި ނަމަވެސް، ފަހަކަށް އައިސް ސޮނާލީ ވަނީ ބައެއް ފިލްމްތަކާއި ޓީވީ ސިލްސިލާތަކުގައި ހަރަކާތްތެރިވުމުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުގެ ޖަޖްކަން ވެސް ކޮށްފައެވެ.
ފިލްމް "އާގް" އިން 1994 ވަނަ އަހަރު ބޮލީވުޑަށް ނިކުތް ސޮނާލީ ފިލްމަކުން އެންމެ ފަހުން ފެނިފައި ވަނީ 2013 ވަނަ އަހަރު ރިލީޒް ކުރި އަކްޝޭ ކުމާރުގެ "ވަންސް އަޕް އޮން އަ ޓައިމް އިން މުމްބާއީ އަގެއިން" އިންނެވެ. މި ފިލްމްގައި އޭނާ ފެނިގެންދަނީ ކެމިއޯ ރޯލަކުންނެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް