13 ނޮވެންބަރު 2018 | އަންގާރަ | 01 ނޮރަ
05 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:50
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ބޮލީވުޑް

"ޑަންގަލް" ގެ ކާމިޔަބަށް ފަހު ޑައިރެކްޓަރ ނިތޭޝް އާފިލްމަށް ތައްޔާރު ވަނީ

  • ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ
  • ފިލްމްގައި އާމިރްހާންގެ އެކްޓް ދައްކާލުމަށް ނިތޭޝް ބޭނުންވުން
ލީވާން އަލީ | MrLeevaan

| 8 ފެބުރުވަރީ 2017 | ބުދަ 21:06 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  4. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  5. ޕީޕީއެމް އޮތީ އައިސީޔޫގައި، ލީޑާޝިޕް އިސްތިއުފާ ދެއްވަންޖެހޭ: މޫސަ
  6. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  7. ޖަރީމާ ހިންގީ ރައީސް ޔާމީންއާއި ހުސައިން ވަހީދު، އިންސާފްގެ ކުރިމައްޗަށް ގެންނާނަން:ކާނަލް ނާޒިމް
  8. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި


"ޑަންގަލް" ގެ ޑައިރެކްޓަރ ނިތޭޝް ތިވާރީ -- ގޫގުލް

"ޑަންގަލް" ގެ ބޮޑު ކާމިޔާބީއަށް ފަހު ފިލްމްގެ ޑައިރެކްޓަރު ނިތޭޝް ތިވާރީ އޭނާގެ އާ ފިލްމަކަށް ތައްޔާރު ވެއްޖެ އެވެ.

 

އެ ފިލްމްގެ ސްކްރިޕްޓް ތައްޔާރު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ނިތޭޝް ވަނީ ބުނެފައެވެ.

 

ނިތޭޝް ބުނީ މި ފިލްމް ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައިވަނީ ބޮލީވުޑްގެ ކާމިޔާބު ގިނަ ފިލްމްތަކެއް ޕްރޮޑިއުސް ކޮށްފައިވާ ތިން ފަރާތް ކަމުގައިވާ ރޮނީ ސްކްރެވާލާ އާއި ސިދްހާތު ރޯއީ ކަޕޫރްގެ އަދި  ކަރަން ޖޯހަރާ ގުޅިގެން ކަމަށެވެ.

 

މި ފިލްމްގެ ކާސްޓުންގެ ނަންތައް ހާމަ ކޮށްފައި ނުވި ނަމަވެސް ނިތޭޝް ބުނެފައިވަނީ އާމިރުޚާނާއެކު މަސައްކަތްކުރާ ހިތްވާ ކަމަށާއި އޭނާގެ ފިލްމްގައި އާމިރްހާންގެ އެކްޓް ދައްކާލުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ.ނަމަވެސް އާމިރު ޚާން މިހާރު ދަނީ ވިޖޭ ކްރިޝްނާ އަޝަރްޔާގެ "ތަގްސް އޮފް ހިންދުސްތާން"ގެ މަސައްކަތްތައް ކުރަމުންނެވެ.

 

އެ ފިލްމް ޕްރިމިއާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ. އެހެން ކަމުން އާމިރްހާންއަށް ނިތޭޝްގެ ފިލްމުގެ މަސައްކަތް ތަކުގައި ބައިވެރިވެވޭނީ މި ފިލމުގެ ހުރިހާ މަސައްކަތެއް ނިމުމުން ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް