25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ފުޓުބޯޅަ ސީޒަން ކަލަންޑަރު

އަންނަ އަހަރު ދިވެހި ފުޓުބޯޅަ ސީޒަން ފަށަނީ ޖޫން މަހު؟

  • ޖޫން މަހު ސީޒަން ފަށަން ކްލަބްތަކުން ތާއީދު
ލީވާން އަލީ | MrLeevaan

| 1 ޑިސެންބަރު 2018 | ހޮނިހިރު 15:42 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ޓީސީ އަދި ނިއު ބައްދަލުކުރި މެޗެއްގެ ތެރެއިން -- އެފްއޭއެމް

ދިވެހި ފުޓުބޯޅަ ސީޒަން އަންނަ އަހަރު ޖޫން މަހު ފަށުމަށް ކްލަބްތަކާއެކު ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަޝްވަރާކޮށްފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެފްއޭއެމުން ކްލަބްތަކާއެކު ދާދި ފަހުން ބޭއްވި ބައްދަލުވުމެއްގައި އަންނަ އަހަރުގެ ފުޓުބޯޅަ ސީޒަން ކަލަންޑަރަށް ގެންނަންޖެހޭ ބަދަލުތަކާއި، ކަލަންޑަރު އެކުލަވާލާނެ ގޮތާމެދު ވަނީ މަޝްވަރާކޮށްފައެވެ.

އެގޮތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އަންނަ އަހަރު ސީޒަން ޖޫން މަހު ފެށުމަށް ހުށަހެޅި ހުށަހެޅުމަށް ބައްދަލުވުމަށް ހާޒިރުވެތިބި ހުރިހާ ކްލަބަކުން ވަނީ އެއްބަސްވެފައެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ކްލަބެއްގެ އޮފިޝަލަކު ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ވިދާޅުވީ، ޖޫން މަހު ސީޒަން ފެށުމަށް ހުށަހެޅި ހުށަހެޅުމަށް ހުރިހާ ކްލަބަކުންވެސް ތާއީދުކުރި ކަމަށާއި، އެ ބައްދަލުވުމުގައި ސީޒަނަށް ކަލަންޑަރަށް ބޮޑެތި ބަދަލުތަކެއް ގެނައުމާމެދު މަޝްވަރާކުރެވުނު ކަމަށެވެ.

އެހެންނަމަވެސް ޖޫން މަހު ސީޒަން ފެށުމާމެދު ވަކިގޮތެއް އެފްއޭއެމުން ނިންމާފައިނުވާ ކަމަށާއި، ކަލަންޑަރު ކަންތަކާ އެފްއޭއެމުން ކްލަބްތަކާއެކު ދެން ބާއްވާ ބައްދަލުވުމުގައި ގޮތެއް ނިންމުމަށް ހަމަޖެހިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ބައްދަލުވުމުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް އީގަލްސް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ފުރަތަމަ ޑިވިޝަނަށް އަލަށް ކޮލިފައިވި ދަ ގޭންގްވެސް ބައިވެރިވިއެވެ.

މިކަމާ ގުޅިގެން އެފްއޭއެމްގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ.

އެފްއޭއެމުން އިއުލާންކޮށްފައިވާ ގޮތުން އަންނަ އަހަރު ސީޒަން ފަށާނީ ޗެރިޓީ ޝިލްޑް މެޗުންނެވެ. އެގޮތުން އަންނަ އަހަރު ޗެރިޓީ ޝިލްޑް މެޗު ހޯމް އެންޑް އަވޭ އުސޫލަށް ބަދަލުކޮށް، އެ މެޗުގައި ބައްދަލުކުރާނީ މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ.ތިމަރަފުށި އަދި ލީގު ޗެމްޕިއަން ޓީސީ ކަމަށް އެފްއޭއެމުން ވަނީ ކަނޑައަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް