25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއަރ ލީގު: އީގަލްސްއާ އެއްވަރުކޮށް، ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި

  • އީގަލްސް އާއި ޓީސީ އެއްވަރުވީ 4-4 ގެ ނަތީޖާއިން
  • މިއީ ޓީސީން ލީގު އުފުލާލި ފުރަތަމަ ފަހަރު
ލީވާން އަލީ | MrLeevaan

| 1 ޑިސެންބަރު 2018 | ހޮނިހިރު 01:59 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


ލީގުގެ އައްޑަނަ ޓީސީން އުފުލާލަނީ -- އެފްއޭއެމް

ކްލަބް އީގަލްސްއާ އެއްވަރުކޮށް، ޓީސީ ސްޕޯޓްސް ކްލަބުން ދިވެހި ޕްރިމިއަރ ލީގުގެ އައްޑަނަ އުފުލާލައިފިއެވެ.

ހުކުދު ދުވަހުގެ ރޭ އީގަލްސްއާ ދެކޮޅަށް ޓީސީ ކުޅުނު ލީގުގެ ފަހު މެޗު އެއްވަރުވީ 4-4 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 21 ވަނަ މިނެޓުގައި ޓީސީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ވަހީދު ހަސަންއެވެ. އޭގެ ހަ މިނެޓު ފަހުން ޓީސީ އަށް ލީޑު ފުޅާކޮށްދިނީ އަލީ އަޝްފާގު އެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އީގަލްސް އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާއިމްއެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން އީގަލްސްގެ މައްޗަށް ޓީސީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އީގަލްސް އިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒުވާންއެވެ. އީގަލްސް އިން ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނެގީ 61 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ރިޒުވާންއެވެ.

ޓީސީ އަދި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް
 

އީގަލްސްގެ ހަތަރުވަނަ ލަނޑު 69 ވަނަ މިނެޓުގައި ޖަހާ ރިޒުވާން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އޭނާ މި ލަނޑުވެސް ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި 8 ވަނަ ހެޓްރިކެވެ.

ޓީގެ ތިންވަނަ ލަނޑު 75 ވަނަ މިނެޓުގައި ކާމިޔާބުކުރީ ބިދޭސީ ކުޅުންތެރިޔާ އަލާއެވެ. ޓީސީ އަށް މެޗުގައި ޕޮއިންޓެއް ކަށަވަރުވީ އިތުރުވަގުތުގައި ބަދަލު ކުޅުންތެރިޔާ އިޝާން އިބްރާހިމް ކާމިޔާބުކުރި ލަނޑުންނެވެ.

ޓީސީ އަށް ލީގު އައްޑަނަ އުފުލާލަ ދިނީ ކެޕްޓަން ޔާމީން އިބްރާހިމް އާއި ވައިސް ކެޕްޓަން އަހުމަދު ފައްރާހުއެވެ. އައްޑަނަ އުފުލާލުމަށްފަހު މި ދެ ކުޅުންތެރިން އަދި ކޯޗު މުހައްމަދު ނިޒާމް ވަނީ ޓީސީގެ ފުޓްބޯލް ކްލަބްގެ ޗެއާމަން ޝަޒްބާން ފަހުމީގެ ބޭބެ އަލްހާން ފަހުމީ އަށް އައްޑަނަ އަރުވާފައެވެ. 

ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ - ފޮޓޯ: އެފްއޭއެމް

މި ނަތީޖާއާއެކު ޓީސީން ލީގުގެ އެއްވަނަ ކަށަވަރުކުރީ ދެ ޕޮއިންޓްގެ ލީޑަކާއެކުގައެވެ. އެޓީމު ވަނީ 40 ޕޮއިންޓް ހަމަކޮށްފައެވެ. ލީގުގައި އެޓީމު ކުޅުނު 16 މެޗުގެ ތެރެއިން 13 މެޗުން މޮޅުވެފައިވާއިރު، ބަލިވީ ދެ މެޗުންނެވެ. ބާކީ އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިއީ ފުރަތަމަ ޑިވިޝަންގައި ވާދަކުރާތާ ހަތަރު އަހަރުވެފައިވާ ޓީސީން ފުރަތަމަ ޑިވިޝަންގެ ތަށްޓެއް ހޯދި ފުރަތަމަ ފަހަރެވެ. ޓީސީ ވަނީ މީގެ ކުރިން ދެ ފަހަރު ލީގުގެ ދެ ވަނަ ހޯދާފައެވެ. އަދި ގައުމީ މުބާރާތުގެ ފައިނަލުގައި ވެސް އެޓީމު ވަނީ ކުޅެފައެވެ.

ޓީސީން ލީގު ހޯދުން - ފޮޓޯ: އެފްއޭއެމް

ރާއްޖޭގައި މިހާތަނަށް ޓީސީ ވާދަކުރި މުބާރާތްތަކަށް ބަލާއިރު ތިން މުބާރާތެއް ފިޔަވައި ހުރިހާ މުބާރާތަކުން ލިބުނީ ދެ ވަނަ އެވެ. އެ ޓީމަށް ލިބުނު ހަމައެކަނި ތަށްޓަކީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕެވެ.

ދެވަނަ މާޒިޔާ އަށް 38 ޕޮއިންޓާއެކު ލިބިފައިވާއިރު، ތިންވަނަ ލިބުނީ 36 ޕޮއިންޓާއެކު އީގަލްސް އަށެވެ. ހަތަރުވަނަ 28 ޕޮއިންޓާއެކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ލިބުނުއިރު، 26 ޕޮއިންޓާއެކު ފަސްވަނަ ލިބުނީ ކްލަބް ގްރީން ސްޓްރީޓްސްއަށެވެ.

ލީގުގެ އެންމެ މޮޅު ގޯލު ކީޕަރަކަށް ޓީސީ އަށް ކުޅެމުން އަންނަ ނޭޕާލްގެ ގައުމީ ކީޕަރު ލިމްބޫ ކިރަން ކުމާރު ހޮވުނުއިރު، ފެއާޕްލޭ ޓީމަކަށް ހޮވިފައިވަނީ ގްރީން ސްޓްރީޓެވެ. މިފަހަރުވެސް ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޮވާފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް