19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ރައީސް ސޯލިހު

ސުވާލުތައް ފުނިނުޖެހެނީސް، މީޑިއާގެ ކުރިމައްޗަށް ވަޑައިގަންނަވާ!

 • ރައީސްކަމުގައި ނޫސްވެރިންނާ އަދި ބައްދަލެއް ނުކުރައްވާ
 • މީޑިއާތަކަށް މިހާތަނަށް މައުލޫމާތު ދެއްވީ 4 ވަޒީރުން
 • ކޯލިޝަން އެއްބަސްވުން ވެސް ހާމައެއް ނުކުރޭ
ޙުސައިން ޙަސަން | hucenhassan

| 30 ނޮވެންބަރު 2018 | ހުކުރު 19:35 | |

މަގުބޫލް

 1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
 2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
 3. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
 4. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
 5. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
 6. ޕްރިޔަންކާ އިނީ ބަލިވެ؟
 7. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
 8. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި


ރައީސް ސޯލިހު، ރައީސް އޮފީހުގައި -- ފޮޓޯ: ރާއްޖެ އެމްވީ

ރައީސް ސޯލިހުގެ ސަރުކާރަށް ދެ ހަފްތާ ފުރުނީއެވެ. ގިނަ ޕާޓީތައް އެކުލެވިގެން އުފެއްދި ސަރުކާރު ހިންގަން ފެށިތާ 336 ގަޑިއިރު ފާއިތުވެގެން ދިޔައީއެވެ. ޖަވާބު ލިބެންޖެހޭ ކިތަންމެ ސުވާލެއް ފުނިޖެހެމުން އެބަދެއެވެ. ވެރިކަމުގެ ކޮއިލު ތެރޭގައި ބަޔަކު ހޭވި ހަޑި ތާހިރު ކުރަން ކުރާ މަސައްކަތް އޮޅުން ފިލުވަދޭށެވެ. ވަތު ބަތާނައިން ފެށިގެން، ކުރަން ފެށި މަސައްކަތް ސާފުކޮށްދޭށެވެ.

ރައީސް ސޯލިހު ކެމްޕެއިން ތެރޭގައި އެންމެ ބޮޑަށް ތަކުރާރު ކުރެއްވީ އިންސާފުގެ ވާހަކައެވެ. ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދައި، ބަދަލު ދޭނެ ކަމުގެ ވާހަކައެވެ. އެކަން ކުރުމަށް 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމަނާފައިވެއެވެ. ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ބިލުތަކާއި ވެރިކަމުގެ ނިޒާމަށް ގެންނަ އިސްލާހުތައް ސަރުކާރުން ތަފްސީލުކޮށްދީފައެއް ނުވެއެވެ. އެކަމަށް ޖަވާބު ލިބެންޖެހެއެވެ.

މީގެ ތިން މަސް ކުރިން، އޮގަސްޓް މަހުގެ 26 ވަނަ ދުވަހު އެމްޑީޕީ ގައުމީ މަޖިލީހުން ފާސްކޮށްފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވަގަށް ނަގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ އާއި މުދާ، ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއްގައި ހޯދުމަށް ކުރަންޖެހޭ މަސައްކަތް ފުރަތަމަ ދުވަހު ފަށާނެ ކަމަށެވެ. އެމްޑީޕީ ގައުމީ މަޖިލީހުގެ 52 މެމްބަރުންގެ އިއްތިފާގުން އެ މަސައްކަތް ހަވާލު ކުރީ އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއެވެ. އާ ސަރުކަރުގެ 100 ދުވަސް ގުނާއިރު އެ މަސައްކަތް އޮތް ހިސާބު ސާފުކޮށްދޭންޖެހެއެވެ. އެ މަސައްކަތް މަތިކުރި ކޮމިޝަން އުފެއްދިތާ 12 ދުވަސްވީއިރު، އަދި ހިލަމެއް ނުވެއެވެ.

ދެން އޮތީ ބޮޑު ސުވާލެވެ. ކޯލިޝަންގެ އެއްބަސްވުމުގެ ވާހަކައެވެ. ކޯލިޝަން ރޫޅޭ ގޮތްތަކާއި ރޫޅިއްޖެ ހާލަތެއްގައި ސަރުކާރު ދެމި އޮތުމާއި ނެތުން އެ އެއްބަސްވުމެއްގައި ލިޔެފައިވާ ކަމަށް އަޑު އިވެއެވެ. އެ އެއްބަސްވުމަށް އިޝާރާތްކޮށް، ދެބަސްވުމަށް އެއްބަސްވެގެން ތިއްބެވި ކަމަށް ރައީސް ސޯލިހު ތަކުރާރު ކުރެއްވިއެވެ. އަދިވެސް އެ އެއްބަސްވުމުން ހާމައެއް ނުކުރެއެވެ. ހުރިހާ ލީޑަރުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވިކަމެއް ވެސް ނޭނގެއެވެ. އޮތް އެއްޗެއް ހާމައެއް ނުކުރެއެވެ. އެ އެއްބަސްވުމަށް ގާނޫނީ ބާރު ދިނުމަށް ގެންނަ ބަދަލުތަކެއް ތަފްސީލެއް ކިޔައެއް ނުދެއެވެ. މިއީ ޖަވާބު ލިބެންޖެހޭ ސުވާލުތަކެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 20 ވަޒީރުންގެ ތެރެއިން މީޑިއާއަށް ނުކުމެވަޑައިގެން މިނިސްޓްރީތަކުގެ މައުލުމާތު މިހާތަނަށް ހާމަ ކުރެއްވީ ހަތަރު ވަޒީރުންނެވެ. އެއީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ އިތުރުން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ. ދެން ތިއްބެވި 16 ވަޒީރުން ވުޒާރާތަކުގެ މަސައްކަތް ހުރި ގޮތް އަދި ތަފްސީލުކޮށްދީފައެއް ނުވެއެވެ. ރައީސް ސޯލިހު ހަވާލު ކުރެއްވި 100 ދުވަހުގެ 161 ވައުދު ފުރިހަމަ ކުރެއްވުމަށް ކުރައްވަމުން ވަޒީރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ބައެއް ވަޒީރުން އަދި ތަފްސީލެއް ނުކޮށްދެއްވައެވެ. ސަތޭކަ ދުވަހުގެ ވައުދު ފުއްދުމަށް ބަޖެޓްކޮށްފައިވާ 926 މިލިއަން ރުފިޔާ ހަރަަދު ކުރާ ގޮތް ވުޒާރާތަކުން އޮޅުން ފިލުވަދޭންޖެހޭނެއެވެ.

ވުޒާރާތަކުގެ މަސައްކަތް އޮޅުންފިލުވައިދީ، ކިޔައި ނުދެވި އޮތުމަކީ ވައުދު ފުއްދަން މަސައްކަތް ނުކުރެއޭ ބުނުމެއް ނޫނެވެ. އެހެން ބުނަން ބާރު ލިބޭފަދަ ކަންކަމަށް ވަޒީރުން މަގުފަހިކޮށްގެން ނުވާނެއެވެ. ރައީސް ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގެންނެވީ ހާމަކަންބޮޑު ގޮތަކަށް، ވެރިކަން ހިންގުމުގެ ނިޒާމް ބައްޓަންކޮށް ހިންގުމަށެވެ. ކޮރަޕްޝަނަށް ފުރުސަތު ލިބޭ ކަންތައްތައް ދެނެގަނެ އެ ފުރުސަތުތައް ނައްތާލުމަށެވެ. ހިންގުމުގެ ދާއިރާގަޔާއި ދައުލަތުގެ މުއައްސަސަސާތަކުގައި ކަންކަން ޒިންމާނަގަން ފަސްޖެހޭ ފަރާތްތަކާއި ކަނޑައެޅި ބަޔާންވެގެން ވަކި ގޮތަކަށް އަމަލު ކުރަންޖެހޭ އުސޫލުތަކުގެ އިމުން ބޭރުވާ ފަރާތްތައް ޒިންމާދާރު ކުރުވައި ޒިންމާ އުފުލާ ސަގާފަތެއް މުޖުތަމައުގައި އާލާކޮށް އަށަގެންނެވުމަށެވެ.

ރައީސް ސޯލިހަކީ އެފަދަ ކަންކަމަށް ބާރު އަޅުއްވާ ބޭފުޅެކެވެ. މަޖިލީހުގައި އެމަނިކުފާނު ކުރެއްވީ އެ މަސައްކަތެވެ. މާލިއްޔަތު ކޮމެޓީގައި އިންނަވައި އެމަނިކުފާނު ހާމަކުރެއްވީ އެފަދަ މައުލުމާތުތަކެވެ.

ނަމަވެސް ރައީސްގެ މަގާމަށް ވަޑައިގަތުމަށްފަހު ރައީސް ސޯލިހު މީޑިއާގެ ކުރިމައްޗަށް އަދި ނުކުމެވަޑައިނުގަންނަވައެވެ. ނޫސްވެރިންނާ ބައްދަލު ކުރައްވައި ސުވާލުތަކަށް ޖަވާބެއް ނުދެއްވައެވެ. ރައީސްކަމުގެ ހުވާ ކުރެއްވުމަށްފަހު، ގައުމު މުހާތަބު ކުރައްވައި ދެއްވި 25 މިނެޓުގެ ހިތާބަށްފަހު، އެމަނިކުފާނުގެ ބަސްފުޅެއް އަދި އަޑެއް ނީވެއެވެ. ނޫސްވެރިންގެ އިންތިޒާރު ގުޅިފައި ވަނީ ރައީސްކަމުގައި ރައީސް ސޯލިހު ދެއްވާ ފުރަތަމަ ޕްރެސް ކޮންފަރެސްއަށެވެ. ސުވާލުތައް ފުނިޖެހި ބަންޑުންވުމުގެ ކުރިން ރައީސް ސޯލިހު އެމަގުން ހިންގަވާށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އާކާސް މުހައިމިނު ކުޅުއްފުށި

3 މަސް ކުރިން

މަރުމޯލުން ކަންކަމަށް އިސްކުރުމަށް ވާގޮތް ބައްލަވާލައްވާ

0
0
އަހަންމާބެ

3 މަސް ކުރިން

ޔާމީނުގެ އެކްޓިވިސްޓުންނަށް ވަޒީރުކަން.. ޔާމީނު އަރާމުކޮށް ގޭގަ.. އެމްޑިޕީ މީހުން މަގުމަތީގަ... މިފަހަރު މަޖިލިސްގަ އެމްޑީޕީ އަށް ވޯޓް ނުދޭނަން.. ޖޭޕީ އާއި ގުޅިގެން އަހަރެމެންވެސް ދިރި އުޅެވޭނެ ގޮތެއް ވޭތޯ މަސައްކަތް ކުރާނީ...!!! ވަރުބަލިވެއްޖެ... މާޔޫސް ވެއްޖެ....

0
0