24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު: މާޒިޔާ އާއި ނިއު އެއްވަރުވެ، ޗެމްޕިއަންކަން ޓީސީ އަށް!

  • މިއީ ޓީސީން ލީގު ނެގި ފުރަތަމަ ފަހަރު
ލީވާން އަލީ | MrLeevaan

| 30 ނޮވެންބަރު 2018 | ހުކުރު 18:41 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ޓީސީ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ -- އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ބައްދަލުކުރި މެޗު އެއްވަރުވެ، ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބަށް ލިބިއްޖެއެވެ.

ހުކުރު ދުވަހު ހަވީރު މާޒިޔާ އާއި ނިއު ބައްދަލުކުރި މެޗު ނިމުނީ 4-4 ގެ ނަތީޖާ އިން އެއްވަރު ވެގެންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 10 ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އަސަދުﷲ އަބްދުﷲ އެވެ. މި ލަނޑަށްފަހު ވެސް މާޒިޔާ އިން ދިޔައީ ނިއުގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން 16 ވަނަ މިނެޓުގައި އަސަދުﷲ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މާޒިޔާ އަށް ލީޑު ފުޅާކޮށްދީފައެވެ.

މާޒިޔާ އިން ތިންވަނަ ލަނޑު ކާމިޔާބުކުރީ 24 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސްޓެވާޓްއެވެ. ސްޓެވާޓް މި ލަނޑު ކާމިޔާބުކުރީ ކީޕަރު ކައިރިން ނައްޓާލުމަށްފަހު އެވެ. މާޒިޔާ އިން ރަނގަޅަށް ކުޅެމުން ދަނިކޮށް ނިއު އިން ވަނީ 38 ވަނަ މިނެޓުގައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ބިދޭސީ ކުޅުންތެރިޔާ ގުރުބާނީ އާމިރްއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނިއުގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ ހަމްޒާ މުހައްމަދުއެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 2-3 ގެ ނަތީޖާ އިން ނިއުގެ މައްޗަށް މާޒިޔާ ކުރީގައި އޮވެގެންނެވެ.

މާޒިޔާ އަދި ނިއު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް

ދެވަނަ ހާފް ފެށިގެން ގުރުބާނީ ކާމިޔާބު ކުރި ލަނޑުން ނިއު އިން ވަނީ ފުރަތަމަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެހެންނަމަ ވެސް 65 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ އިސްމާއިލް އީސާ ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ އަނެއްކާ ވެސް ލީޑު ނަގާފައެވެ.

ނިއު އިން ދެވަނަ ފަހަރަށް މެޗުގެ ނަތީޖާ ހަމަހަމަކުރީ 87 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ އިބްރާހިމް އަތީގް ހަސަންއެވެ. އޭގެ ކުރިން ނިއު އަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. އަލީ ފާސިރު ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

މެޗަށްފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު އިސްމާއިލް މަހުފޫޒް ބުނީ، މިއީ އުންމީދުކުރި ނަތީޖާ އެއް ނޫން ކަމަށާއި، ތިން ލަނޑު ޖެހުމުން ކުޅުންތެރިން މާބޮޑަށް ފަސޭހަކޮށްލީ ކަމަށެވެ. އޭނާ ބުނީ މި މެޗު ވަރަށް ބޮޑަށް އަންޑަ އެސްޓިމޭޓް ކޮށްލާފައިވާ ކަމަށާއި، ދަނޑު މަތީގައި ކުޅުންތެރިންގެ ޕާފޯމެންސްގެ ވެސް މައްސަލަ ދިމާވި ކަމަށެވެ.

އިންމަ ބުނީ މި އަހަރަށް ކަނޑައެޅި ޓާގެޓަކީ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކާމިޔާބުކުރުން ކަމަށާއި އެކަމަކު ޓާގެޓް ހާސިލްނުވެ ނިންމާލަން މި ޖެހުނީ ފުރިހަމަ ނޫން ސީޒަނެއް ކަމަށެވެ. އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ނުބާއްވަން އެފްއޭއެމުން ވަނީ ނިންމައިފަ އެވެ.

 

މި ނަތީޖާއާ އެކު މާޒިޔާ އަށް 16 މެޗުން ލިބިފައި ވަނީ 38 ޕޮއިންޓެވެ. އެޓީމު ލީގުގައި ކުޅުނު 16 މެޗުގެ ތެރެ އިން 12 މެޗުން މޮޅުވެފައިވާ އިރު، ބަލިވީ ދެ މެޗުންނެވެ. ބާކީ ދެ މެޗުން އެޓީމު ވަނީ އެއްވަރުވެފައެވެ. ނިއު އަށް 16 މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. އެޓީމު ލީގުގައި ކުޅުނު 16 މެޗުގެ ތެރެއިން 8 މެޗުން މޮޅުވެފައިވާއިރު، ހަތަރު މެޗުން ވަނީ ބަލިވެފައެވެ. ބާކީ ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މާޒިޔާ އަދި ނިއު ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް

ލީގެ އެއްވަނަ ކަށަވަރުކުރި ޓީސީ އަށް ލީގު ޗެމްޕިއަންކަން ލިބުނީ އެއް ޕޮއިންޓްގެ ފަރަގަކުންނެވެ. އެޓީމު ވަނީ 15 މެޗުން 39 ޕޮއިންޓް ހަމަކޮށްފައެވެ. އީގަލްސްއާ ދެކޮޅަށް މިރޭ ޓީސީ ނިކުންނައިރު، މި މެޗު ކާމިޔާބުކޮށްގެން އެޓީމަށް ލީގުގެ އެއްވަނަ ލީޑު ބޮޑުކޮށް ކަށަވަރުކުރުމުގެ ފުރުސަތު އެބައޮތެވެ.

މިއީ ފުރަތަމަ ޑިވިޝަންގައި ވާދަކުރާތާ ހަތަރު އަހަރުވެފައިވާ ޓީސީން ފުރަތަމަ ޑިވިޝަންގެ ތަށްޓެއް ހޯދި ފުރަތަމަ ފަހަރެވެ. ޓީސީ ވަނީ މީގެ ކުރިން ދެ ފަހަރު ލީގުގެ ދެ ވަނަ ހޯދާފައެވެ. އަދި ގައުމީ މުބާރާތުގެ ފައިނަލުގައި ވެސް އެޓީމު ވަނީ ކުޅެފައެވެ.

ރާއްޖޭގައި މިހާތަނަށް ޓީސީ ވާދަކުރި މުބާރާތްތަކަށް ބަލާއިރު ތިން މުބާރާތެއް ފިޔަވައި ހުރިހާ މުބާރާތަކުން ލިބުނީ ދެ ވަނަ އެވެ. އެ ޓީމަށް ލިބުނު ހަމައެކަނި ތަށްޓަކީ މިދިޔަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ޝެއިހް ކަމާލް ކަޕެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް