26 އޭޕުރިލް 2019 | ހުކުރު | 05 ބުރުނު
19 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ދިވެހިރާއްޖެ - އިންޑިއާ

ޚާރިޖީ ގުޅުންތަކުގެ ވާހަކަ އޮޅުވާލަން އުޅެނީ ވަކި ބަޔަކު!

  • އިންޑިއާގެ ބޭސްއަށް ރާއްޖޭގައި ނާޅާނެކަމުގެ ޔަޤީކަންކަން ދިވެހި ސަރުކާރުންދޭ
މިއުވާން މުހައްމަދު | Miuvaan

| 30 ނޮވެންބަރު 2018 | ހުކުރު 15:45 | |

މަގުބޫލް

  1. ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
  2. ސްރީލަންކާ ބޮމުގެ ހަމަލާ: އެންމެ ފަސް
  3. ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
  4. މި ހާލަތުގައި ރަނގަޅީ މޫނު ބުރުގާ ނޭޅުން: ލަންކާގެ ޖަމިއްޔަތުލް އުލަމާ
  5. ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާގައި ސަރުކާރުގެ ބޮޑު އިހުމާލެއް!
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ރައީސް ޔާމީނާއި ދެކޮޅަށް ހެކީންގެ ގޮތުގައި އަދީބާއި ޒިޔާތާއި ލުތުފީ
  8. ކެންޑިޑޭޓުން މާލީ ބަޔާން ހުށަނާޅައިފިނަމަ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިސްދާނެ


ރައީސް ސޯލިޙް ވެރިކަމުގެ ހުވައި ކުރެއްވުމަށްފަހު އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ -- ޓްވިޓަރ

ރާއްޖެއާއި ބޭރުގެ ޤައުމުތަކާއި އޮންނަ ގުޅުމާއި ބެހޭ ގޮތުން އެކި ފަރާތްތަކުން އެކި ވާހަކަތައް ދައްކަމުން ދެއެވެ. ޚާއްސަ ގޮތެއްގައި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމި، އެމަނިކުފާނު ގެންގުޅުއްވި ވަކިފަރާތަކަށް ޖެހިފައިވާ އެކަހެރިވުމުގެ ޚާރިޖީ ސިޔާސަތު ބަދަލުކޮށް، އަލުން ޤައުމުތަކާއި ގުޅިން ބަދަހިކުރުމުގެ މަސައްކަތް އައު ސަރުކާރުން ފެށުމާއިއެކު މިވާހަކަތައް މިވަނީ އަޑުގަދަވެފައެވެ. ޚާއްސަކޮށް އިންޑިއާ ސިފައިން ރާއްޖޭގައި ދިގު މުއްދަތަކަށް ތިބުމުގެ ހުއްދައެއް ދޭނަމަ، ޗައިނާއަށް ދަރާފައިވާ ދަރަނި އަދާކުރުމަށް އެހީއެއްގެ ގޮތުން 1 ބިލިއަން އެމެރިކާ ޑޮލަރު ރާއްޖެއަށް ދޭނެކަމަށް އިންޑިއާއިން ބުނެފައިވާ ވާހަކަތަކެއް ދަނީ ދެކެވެމުންނެވެ. އަދި ޗައިނާގެ އަސްކަރީ މަރުކަޒެއް ރާއްޖޭގައި ޤާއިމްކުރަން ޗައިނާއިން މަސައްކަތް ނުކުރާކަމުގެ ވާހަކަތަކަކާއި އެނޫން ބައެއް ވާހަކަތަކެއްވެސް ދަނީ ދެކެވެމުންނެވެ. ކަމާއި ގުޅުން ހުރި ފަރާތްތަކާއިއެކު މިކަމުގައި ގިނަ ސުވާލުތަކެއް އަޅުގަނޑު ކޮށްލީމެވެ. އަޅުގަނޑަށް ލިބުނު ޖަވާބު ތަކުން އަޅުގަނޑަށް ދޭހަވި އެއްޗެހިތަކެއް ފާހަގަކޮށްލާނަމެވެ.

އިންޑިއާއިން ރާއްޖޭގައި އަސްކަރީ މަރުކަޒެއް ޤާއިމްކޮށް، ރާއްޖޭގައި ދާއިމަށް ސިފައިން ބައިތިއްބަން މަސައްކަތްކުރާކަމަށް ބުނާ މީހުންގެ އަދަދު މަދެއް ނޫނެވެ. އަދި އެފަދަ އެއްބަސްވުމެއް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެންނެވި ދަތުރުފުޅުގައި އިންޑިއާއާއިއެކު ވެފައިވާކަމަށް ކޮންމެވެސް ނޫހަކާއި ހަވާލާދީވެސް ބަޔަކު މީހުން ކިޔާ އުޅެއެވެ. އެހެންނަމަވެސް އިންޑިއާ ސަރުކާރުގެ ރަސްމީ މަސްދަރަކުން އެކަން ހާމަކޮށްފައިނުވާއިރު، ދިވެހި ސަރުކާރުން ރަސްމީކޮށް އެދިފައިވަނީ 300 މިލިއަނެއްހާ ޑޮލަރުގެ އެހީ ދިނުމަށެވެ. 1 ބިލިއަން ޑޮލަރުގެ ބަދަލެއްގެ ގޮތުގައި ބޭސްއެއް ނަހަދައި، ހަތިޔާރަކާއި ނުލައި އިންޑިއާ ސިފައިން ރާއްޖޭގައި ބައިތިއްބަފާނެތޯ ސުވާލު އުފެދެއެވެ.

މިއާއިއެކު ހުރިހާ ބޭފުޅުންގެ ދުލުގެ ކުރިއަށް އަންނާނީ 'ރޯވ' އެވެ. އިންޑިއާގެ ޖާސޫސީ އިދާރާ ރިސަރޗް އެންޑް އެނަލައިސިސް ވިންގްއަކީ އެޤައުމުގެ މަރުކަޒީ ޖާސޫސީ އިދާރާއެވެ. އިނގިރޭސި ނުވަތަ ހިންދީ ފިލްމެއް ބަލައިފި ކޮންމެ މީހަކަވެސް އެނގޭނެ ފަދައިން، ޖާސޫސީ އެޖެންޓުން ޙަރަކާތްތެރިވަނީ ޔުނިފޯމް އަޅައިގެންނެއް ނޫނެވެ. އަދި ޖާސޫސު ކުރަންދާ ޤައުމުގެ ސަރުކާރަށް އެނގިގެނެއްވެސް ނޫނެވެ. އެއީ ކިތަންމެ ރަހުމަތްތެރި 2 ޤައުމުކަމަށްވީނަމަވެސް ވެހެވެ. ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވާ ފަދައިން، ޖާސޫސު ކުރަން އަންނަނީ ތިމަންނާ އަކީ ޖާސޫސުކުރާ މީހެކޭ ކިޔާފައެއް ނޫނެވެ. 

އަނެއްކޮޅުން ދިވެހި ސަރުކާރުން ފުލުފުލުގައި ބަޔާންތައް ނެރެ، ބުނަމުން އެދަނީ ރާއްޖޭގައި ބޭރުގެ އަސްކަރީ މަރުކަޒެއް ނާޅާނެކަމަށެވެ. އަދި އެކަމަށް ފުރުސަތެއްވެސް ނުދޭނެކަމަށެވެ. 

ރާއްޖޭގެ ވެރިރަށް މާލެއިން ފުރައިގެން އެންމެ ދެކުނު އޮންނަ އައްޑޫއާއި ހަމަޔަށް ދެވޭ ވަގުތަށްވުރެ އަވަހަށް އިންޑިއާގެ ދެކުނުގެ ހިސާބުތަކުގައި ހުރި އެޤައުމުގެ އަސްކަރީ މަރުކަޒުތަކުން ފުރައިގެން މާލެއަށް އާދެވެއެވެ. ރާއްޖޭގެ އުތުރުން ލެކަޑިވްސް ސަރަހައްދުގައި އިންޑިއާގެ ކަނޑުގެ ސިފައިންގެ 4 ބޭސް އެބަ ހުއްޓެވެ. އިންޑިއާގެ ސަދަން ނޭވަލް ކޮމާންޑްގެ ހެޑްކުއާޓަރ އަދި ކަނޑުގެ ސިފައިން ތަމްރީން ކުރާ މައި މަރުކަޒު އައި.އެން.އެސް. ވެންޑުރުތީ ޤާއިމްކޮށްފައިވަނީ ކޮޗިންގައެވެ. އެތަނާއިއެކު ކެރެލާ ސްޓޭޓްގައި ކަނޑުގެ ސިފައިންގެ ޖުމްލަ 6 ބޭސް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ކޮޗިން އެއަރޕޯޓްގައި ޤާއިމްކޮށްފައިވާ ނޭވަލް އެއަރ އެންކްލޭވް ހިމެނެއެވެ. މީގެ އިތުރުން ޓެމިލްނާޑޫ ސްޓޭޓްގެ ވެއްލޫރުގެ އަރައްކޮނަމް ސަރަހައްދުގައި ޤާއިމްކޮށްފައިވާ ނޭވަލް އެއަރ ސްޓޭޝަނުން ފުރައިގެން ރާއްޖެއަށް އަންނަން މާކަ ގިނަ ވަގުތެއް ނުނަގާނެއެވެ.

ރާއްޖޭގެ އިރުމަތިން އިންޑިއާގެ އެންޑަމަން އެންޑް ނިކޮބަރ އައިލެންޑްސްގައި އިންޑިއާ ކަނޑުގެ ސިފައިންގެ އެތައް މަރުކަޒެއް އެބަ ހުއްޓެވެ.

އަދި މީގެ އިތުރުން އިންޑިއާގެ ސަދަން އެއަރ ކޮމާންޑްގެ 6 އެއަރފޯސް ސްޓޭޝަންތައް ރާއްޖެއާއި މާދުރު ނޫން ހިސާބުތަކުގައި ހުރިއިރު އިންޑިއާ ކަނޑުގެ ސީޝެލްސްގައި އިންޑިއާގެ އަސްކަރީ މަރުކަޒެއް ޤާއިމްކުރުމުގެ މަސައްކަތް އެދަނީ ކުރަމުންނެވެ. 

ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 17 ވަނަ ދުވަހުއެވެ. އެބުނާ ފަދަ އެއްބަސްވުމެއްގައި އިންޑިއާއާއިއެކު ސޮއެކުރޭތޯ ބަލަމާ ހިނގާށެވެ. އެފަދަ އެއްބަސްވުމެއްގައި ސޮއެކޮށްފިނަމަ، ދިފާޢި ވަޒީރާއި ޚާރިޖީ ވަޒީރު އިތުރުފުޅު ހެއްދެވީއޭ ބުނެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް