24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

ރޮބީ ކީން

ރޮބީ ކީން އުމުރުން 38 އަހަރުގައި ފުޓުބޯޅަ ކުޅުން ހުއްޓާލައިފި

  • ރޮބީ ކީން ވަނީ ޓޮޓެންހަމް އަދި ލިވަޕޫލް އަށް ކުރިން ކުޅެފައި
ލީވާން އަލީ | MrLeevaan

| 29 ނޮވެންބަރު 2018 | ބުރާސްފަތި 11:56 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


ރިޕަބްލިކް އޮފް އަޔަލޭންޑްގެ ކުރީގެ ކެޕްޓަން ރޮބީ ކީން -- ގެޓީ އިމޭޖާސް

ޓޮޓެންހަމް އަށް ކުރިން ކުޅުނު  އަޔަލޭންޑްގެ ތަރި ރޮބީ ކީން އުމުރުން 38 އަހަރުގައި ފުޓުބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

ކުޅުން ހުއްޓާލުމަށްފަހު ކީން ބުނީ ކެޕްޓަން ބޭންޑް އަޅައިގެންވެސް ގައުމީ ޓީމަށް އޭނާ އަށް ހިދުމަތް ކޮށްދެވުނު ކަމަށާއި، އެއީ އޭނާ ކުޅުން ހުއްޓާލާއިރުވެސް އެންމެ އުފާވާ އެއް ކަންތައް ކަމަށެވެ.

އެގޮތުން ކީން ބުނީ ކްލަބް ލެވެލްގައިވެސް ހޯދުނު ކާމިޔާބީތަކާ މެދު ހިތްހަމަޖެހޭ ކަމަށާއި، ސަޕޯޓަރުން ދިން ސަޕޯޓަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އޭނާ ކުޅުނު ހުރިހާ ކްލަބަކަށް ދިން އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކީންގެ 23 އަހަރުގެ ފުޓުބޯޅަ ކެރިޔަރުގައި އޭނާ ވަނީ 10 ކްލަބަށް ކުޅެފައެވެ. އޭނާ ކުޅުނު ކްލަބްތަކުގެ ތެރޭގައި ޓޮޓެންހަމް، ލިވަޕޫލް އަދި އެލްއޭ ގެލެކްސީ ހިމެނެއެވެ.

ކީން ވަނީ ކެރިޔަރުގައި ކުޅުނު 737 މެޗުގައި 325 ލަނޑު ކާމިޔާބުކޮށްފައެވެ. ޓޮޓެންހަމްއާއެކު ލީގު ކަޕް އެއްފަހަރު ކާމިޔާބުކޮށްފައިވާ ކީން ވަނީ އަޔަލޭންޑްއާއެކު 2011 ވަނަ އަހަރު ނޭޝަންސް ކަޕްވެސް ކާމިޔާބުކޮށްފައެވެ. އަދި އޭނާ ވަނީ 18 އަހަރުން ދަށުގެ ޔުއެފާ ޔޫރޯ 1998 ވަނަ އަހަރު އެ ގައުމާއެކު ކާމިޔާބުކޮށްފައެވެ.

ގައުމީ ޓީމުން 2016 ވަނަ އަހަރު ކީން ރިޓަޔާކުރިއިރު، އޭނާ ވަނީ އެ ގައުމަށް ކުޅުނު 146 މެޗުގައި 68 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ އަކީ އެ ގައުމަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއެވެ.

ކެރިޔަރުގައި ގިނަ އެވޯޑްތައް ހާސިލްކޮށްފައިވާ ކީން ޓޮޓެންހަމްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިންފަހަރު ހޯދާފައިވާއިރު، ގެލެކްސީގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ޖެހި ޖެހިގެން ހަތަރު ފަހަރު އޭނާ ވަނީ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް