25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:55
ފަތިސް 04:42

އަފްޣާނިސްތާން

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް ދިން ހަމަލާއެއް ގައި 21 މަރު

  • ސްޕްރީމް ކޯޓަށް މިދެވުނު ހަމަލާއަކީ ފާއިތުވެދިޔަ ހަފްތާތަކުގެތެރޭ ވެރިރަށް ކާބުލްގައި ސުލްހަ ގާއިމުވެފައި އޮތުމަށް ފަހު ހަމަނުޖެހުމެއްގެތެރެއަށް ވެއްޓުނު ފުރަތަމަ ފަހަރު
އަހުމަދު އަނޫޝު | IamAhmedAnoosh

| 8 ފެބުރުވަރީ 2017 | ބުދަ 16:58 | |

މަގުބޫލް

  1. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  2. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  3. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  4. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  5. ސަރުކާރު ހިއްސާވާ އެއްވެސް ކުންފުންޏަކަށް ރޯދަ އިނާޔަތުގެ ގޮތުގައި ދޭންޖެހޭ މިންވަރަށް ވުރެ އިތުރަށް ދިނުން މަނާ
  6. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  7. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  8. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން


ހަމަލާއަށް ފަހު ސެކިޔުރިޓީ އޮފިޝަލުން ފޯރި މަރަނީ -- ގޫގުލް

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓުގެ ގޯތިތެރޭގައި ދިން ޖާނުންފިދާވުމުގެ ހަމަލާއެއްގައި 21 މަރުވެ 41 މީހުން ޒަޚަމްވެއްޖެއެވެ.

 

އަފްޣާނިސްތާނުގެ ސްޕްރީމް ކޯޓަށް މިދެވުނު ހަމަލާއަކީ ފާއިތުވެދިޔަ ހަފްތާތަކުގެ ތެރޭ ވެރިރަށް ކާބުލްގައި ސުލްހަ ގާއިމުވެފައި އޮތުމަށް ފަހު ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.

 

ބޮން ގޮއްވާލީ ފައިމަގުގައި ހިނގާފައި ދިޔަ މީހެއް ކަމަށް ރިޕޯޓުތައް ބުނާއިރު އޭނާ ޖާނުން ފިދާވެގެން ބޮން ގޮއްވާލީ ސްޕްރީމް ކޯޓުގެ މުވައްޒަފުން މަސައްކަތަށް ފަހު ގެއަށް ދިއުމަށް ބަހަށް އަރަމުން ދަނިކޮށް ކަމަށް އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާއިން ބުނެއެވެ. އޭރު ބަސް އޮތީ ސްޕްރީމް ކޯޓް އިމާރާތް ހުންނަ ގޯތީގެ މަގަށް ވާގޮތަށް ހަދާފައިވާ ޕާކިންގ އޭރިއާގަ ކަމަށް ވެއެވެ.

 

ހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައި ނުވާއިރު އަފްޣާނިސްތާނަކީ ތާލިބާންގެ ހަމާލާތަކުގެ ޝިކާރައަކަށްވެފައިވާ ތަނެެކެވެ. މީގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިން ވެސް އަފްޣާނިސްތާނުގެ ޕާލިމަންޓް ކައިރީގައި ދެވުނު ބޮމުގެ ހަމަލާގެ ޒިންމާ ތާލިބާން އިން ވަނީ ނަގާފައެވެ. އެ ހަމަލާގައި 32 މީހުން މަރުވިއެެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް