18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ސެސް ފެބްރިގާސް

ފެބްރިގާސް ހޯދުމަށް އޭސީ މިލާނުން މަސައްކަތް ކުރަނީ!

  • ފެބްރިގާސްގެ އެއްބަސްވުން މި ސީޒަނަށްފަހު ހަމަވާނެ
ލީވާން އަލީ | MrLeevaan

| 28 ނޮވެންބަރު 2018 | ބުދަ 16:10 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


ޗެލްސީ އަށް ކުޅެމުން އަންނަ ސެސް ފެބްރިގާސް -- ގެޓީ އިމޭޖާސް

ޗެލްސީ އަށް ކުޅެމުން އަންނަ ސެސް ފެބްރިގާސް ހޯދުމަށް އޭސީ މިލާނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން އޭސީ މިލާނުން މަސައްކަތް ކުރަމުން އަންނަނީ ޖެނުއަރީ ޓްރާންސްފާގައި ފެބްރިގާސް ހޯދުމަށެވެ. އެގޮތުން އެކަމަށް ކުރަން ޖެހޭ ކަންތައް އޭސީ މިލާނުން ކުރަމުން އަންނަ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި ސީޒަނަށްފަހު ޗެލްސީއާއެކު ފެބްރިގާސް ހަދާފައިވާ އެއްބަސްވުން ހަމަވެއެވެ. އެގޮތުން ޖެނުއަރީ ޓްރާންސްފާގައި ޗެލްސީން ފެބްރިގާސް ވިއްކާނުލައިފިނަމަ، މި ސީޒަނަށްފަހު ފެބްރިގާސް އަށް ފްރީ ޓްރާންސްފާއެއްގެ ދަށުން ކްލަބް ބަދަލުކުރަން ފުރުސަތު ލިބޭނެއެވެ.

އާސެނަލް އިން 2003 ވަނަ އަހަރު ކެރިޔަރު ފެށި އުމުރުން 29 އަހަރުގެ ފެބްރިގާސް ވަނީ އާސެނަލްއާ އެކު އޭނާ ހޭދަކުރި އަށް ސީޒަނުގައި އެޓީމަށް ކުޅުނު 303 މެޗުގައި 57 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

އާސެނަލް ދޫކޮށްލުމަށް ފަހު 2011 ވަނަ އަހަރު ފެބްރިގާސް ބާސާ އަށް ވަނީ ބަދަލުވެފަ އެވެ. އެގޮތުން އޭނާ ވަނީ އެޓީމާއެކު ހޭދަކުރި ތިން ސީޒަނުގައި މޮޅު ކުޅުމެއް ދައްކާ ގިނަ ކާމިޔާބީތަކެއް ވެސް އެޓީމާ އެކު ހޯދާފަ އެވެ.

ބާސާއާއެކު ލަލީގާ، ކޮޕާޑެލްރޭ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ކްލަބް ވޯލްޑްކަޕް ކާމިޔާބުކުރި ފެބްރިގާސް ޗެލްސީ އަށް ބަދަލުވީ 2014 ވަނަ އަހަރު އެވެ.

ފެބްރިގާސް ވަނީ ޗެލްސީ އަށް މިހާތަނަށް ކުޅުނު 191 މެޗުގައި 22 ލަނޑު ކާމިޔާބު ކޮށްފައެވެ. އޭނާ ވަނީ އެޓީމާއެކު ޕްރިމިއާ ލީގު ދެފަހަރު، އެފްއޭ ކަޕް އެއްފަހަރު އަދި ލީގް ކަޕް އެއްފަހަރު ކާމިޔާބުކޮށްފައެވެ.

ސްޕެއިން ގައުމީ ޓީމާއެކު ވޯލްޑްކަޕް ކާމިޔާބު ކުރި ފެބްރިގާސް ވަނީ އެގައުމަށް ދެފަހަރު ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ލީވާން އަލީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް