20 ޖެނުއަރީ 2019 | އާދީއްތަ | 02 ހުވަން
14 ޖުމާދަލްއޫލާ 1440
އިޝާ 19:32
މަޣްރިބް 18:16
އަސްރު 15:41
މެންދުރު 12:21
އިރުއަރާ 06:17
ފަތިސް 05:02

ބޮލީވޫޑް

"ރައީސް" އަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުން ބުނެފި

  • "ރައީސް" ބެލުމަށް ޕާކިސްތާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ތިބީ އިންތިޒާރުގައި
އަލީ ޔޫސުފް | AliYooosuf

| 8 ފެބުރުވަރީ 2017 | ބުދަ 16:20 | |

މަގުބޫލް

  1. ފަސް މެމްބަރަކަށް މަޖިލީހަށް ވާދަކުރެއްވުމުގެ ފުރުސަތު ގެއްލިއްޖެ
  2. ނާކާމިޔާބުވި ކެންޑިޑޭޓުން ވީހާ ވެސް އަވަހަށް އަޅުގަނޑާ ގުޅުއްވުން އެދެން: ނަޝީދު
  3. ޑރ އިޔާޒްގެ ހޫނު ރައްދެއް ނާޒިމްއަށް
  4. ނާކާމިޔާބުވި ކެންޑިޑޭޓުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި ނަމޫނާއެއް!
  5. ރޮޒެއިނާ އާއި ހިސާންގެ ދެމަފިރިކަނބަލުން ވެސް އެމްޑީޕީގެ ޓިކެޓް ކަށަވަރު!
  6. އެމްޑީޕީ ޓިކެޓް މަޖިލީހުގެ ކުރީގެ ބައެއް މެމްބަރުންނަށް
  7. ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
  8. މިހާރުގެ އަށް މެމްބަރަކު އެމްޑީޕީގެ ޓިކެޓް ކަށަވަރު ކުރައްވައިފި


ޕާކިސްތާނުގެ ސިނަމާއެއްގައި ޓިކެޓް ގަތުމަށް ބަޔަކު ކިޔުގަ ޖެހިގެން. - ފޮޓޯ/ ރޮއިޓާސް -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

އިންޑިއާގެ ބްލޮކްބަސްޓާ ފިލްމެއް ކަމަށްވާ "ރައީސް" އެޅުވުމަށް ހުއްދަ ދެވެން ނެތް ކަމަށް ޕާކިސްތާނުގެ ސެންސަރު ބޯޑުން ބުނެފިއެވެ.

 

ބޮލީވޫޑް ސުޕަސްޓާ ޝާހްރުކް ޚާނާ އެކު ޕާކިސްތާނުގެ އެކްޓްރެސް މާހިރާ ޚާން ފެނިގެންދާ "ރައީސް" ދެއްކުން މަނާކޮށްފައި ވަނީ އެ ގައުމުގައި ދެއްކުން އެކަށީގެން ނުވާ މަންޒަރުތައް ހިމެނޭތީ ކަމަށް ޕާކިސްތާނުގެ ޕެނަލް އޮފް ފިލްމް ސެންސާސް، މުބައްޝިރު ހުސައިން ވިދާޅުވިއެވެ.

 

ނަމަވެސް އޭގެ ތަފްސީލް ދެއްވަން އޭނާ ދެކޮޅު ހެއްދެވިއެވެ. މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ "ރައީސް" މަނާކޮށްފައި ވަނީ އެ ފިލްމްގައި މުސްލިމުންގެ ގޮތުގައި ބަޔަކު ދައްކާ އިރު ދީނާ ނުގުޅޭ އެތައް ކަމެއް ކުރާ މަންޒަރުތައް ހިމަނާފައި ވާތީ ކަމަށެވެ. އަދި އިސްލާމްދީނާ މެދު ނުބައި ތަސައްވުރެ އެ ފިލްމުގައި ދައްކުވައިދީފައިވާތީ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

 

އިންޑިއާގައި މިހާރު ވެސް ބޮޑު އާމްދަނީއެއް ހޯދާފައިވާ "ރައީސް" ބެލުމަށް ޕާކިސްތާނުގެ ގިނަ އަދަދެއްގެ ރައްޔިތުން ތިބީ އިންތިޒާރުގައެވެ. ހާއްސަކޮށް އެ ގައުމުގެ އަންހެން ތަރިއަކު ފެނިގެންދާތީ ގިނަ ބަޔަކު މި ފިލްމް ސިނަމާތަކުން ބެލުމަށް ތިބީ ކެތްމަދުވެފައެވެ. އާންމު ގޮތެއްގައި ވެސް ބޮލީވޫޑްގެ ފިލްމްތަކަށް ޕާކިސްތާނުގައި ބޮޑު ތަރުހީބެއް ލިބެއެވެ. ނަމަވެސް ދެ ގައުމު ގުޅޭ ސަރަހައްދީ ރޮނގު ހިމެނޭ ޖައްމު-ކަޝްމީރުގެ ހަމަނުޖެހުންތަކާ ގުޅިގެން ޕާކިސްތާނުގެ ފަންނާނުންނަށް އިންޑިއާގައި މަސައްކަތް ނުކުރެވޭ ގޮތަށް ހަމަޖައްސައި ތަރިންތައް އަނބުރާ ފޮނުވާލުމަށް އިންޑިއާ އިން ނިންމުމާ ގުޅިގެން ދެ ގައުމުގެ މެދުގައި ވަނީ މައްސަލަ ވަރަށް ބޮޑަށް ގޯސްވެފައެވެ. އަދި ބޮލީވުޑްގެ ފިލްމްތައް ޕާކިސްތާނުގައި އެޅުވުން ވަނީ މަޑުޖައްސާލާފައެވެ. އަދި ކޭބަލް އޮޕަރޭޓަރުންނަށް ހިންދީ ޗެނެލްތައް ދެއްކުން ވެސް ވަނީ ސަރުކާރުން މަނާކޮށްފައެވެ.

ރާހުލް ޑޮލާކިއާ ޑައިރެކްޓްކޮށްފައިވާ މިފިލްމު ރިލީޒްކުރި ދުވަހުން ފެށިގެން ޚަބަރުތަކުގެ ފަލަ ސުރުޚީތަކުން ޖާގަ ހޯދަމުން އަންނައިރު، ކްރިޓިކުން ބުނާ ގޮތުގައި ފިލްމު މިހާ ކާމިޔާބުވުމުގެ ސިއްރަކީ ފިލްމުގައި ދައްކުވައިދީފައިވާ ޕާކިސްތާނު އެކްޓްރެސްއެއް ކަމަށްވާ މާހިރާ ޚާން އާއި ނަވާޒުއްދީން ޞިއްދީޤީ ހިމަނައިގެން ނެރުނު ފިލްމު "ރައީސް" އަންނަނީ މިއަހަރު އިންޑިޔާގެ ބޮކްސް އޮފީހުގައި ހަދާފައިވާ އެތަކެއް ރެކޯޑުތަކެއް މުގުރާލަމުންނެވެ.

ޕާފޯމެންސްގެ އިތުރުން އޭގައި އެކުލެވޭ "އަސަރުގަދަ" ޑައިލޮގްތަކަށާއި ވަކިން ޚާއްޞަކޮށް ފިލްމުގެ މިއުޒިކަށް ގިނަ ބަޔަކު ވަނީ ތަޢުރީފްކޮށްފައެވެ.

 

 

.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް