18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ދިވެހި ފިލްމް

"ހައްދު" ގެ ޝޫޓިން އަންނަ މާރޗްމަހު ފަށަނީ

  • ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ ފަހު ހަފްތާގައި
އަޒްލިފާ އަބްދުﷲ | AzuAzlifa

| 8 ފެބުރުވަރީ 2017 | ބުދަ 16:15 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  5. ޕްރިޔަންކާ އިނީ ބަލިވެ؟
  6. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  7. ސިމްބޮލިކް ރިކޯޑްސްއަށް 'ހުރެވެނީ' ކޮން އިންތިޒާރެއްގައި؟
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


ދިވެހި ފިލްމް "ހައްދު"ގެ ތަރިން -- އަވަސް

ދިވެހި ފިލްމް ހައްދުގެ ޝޫޓިން އަންނަ މާރޗް މަހު ފެށުމަށް ހަމަޖައްސައިފިއެވެ.

 

ރާއްޖެ އެމްވީއަށް މައުލޫމާތު ދެމުން ފިލްމްގެ ޑައިރެކްޓަރ އަބްދުލް ފައްތާހު ބުނީ މި ފލްމްގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މާރޗް މަހުގެ ފަހު ހަފްތާގައި ކަމަށެވެ.

 

ނިއުމާ މުހައްމަދު އަދި ފައްތާހު ޕްރޮޑިއުސް ކުރާ މި ފިލްގެ ޝޫޓިންތައް ނެގުމަށް ހަމަޖެހިފައިވަނީ ހއ. ކެލާ، ރ. ވާދޫ، މާލެ އަދި މާޅެ ކައިރި ރިސޯޓްތަކުގައެވެ.

 

ތަރިންގެ ރޯލުން ފެނިގެންދަނީ މަރިޔަމް އައްޒާ، އައިމިނަތު ރިޝްފާ އަދި މި ދާއިރާއަށް އަލަށް ތައާރަފްވާ ޝިބާން އަހުމަދު އެވެ.

 

"ހައްދު" ފިލްމަކީ މިހާތަނަށް ރާއްޖޭގެ ފިލްމީ ދާއިރާ އިން ހޯދާފައިވާ ރިކޯޑުތައް މުގުރާލެވޭނެ ފިލްމަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ފައްތާހު ވަނީ ބުނެފައެވެ.



ފައްތާހް ބުނެފައިވަނީ ގިނަ އެވޯޑުތައް ވެސް މިފިލްމުން ހާސިލް ކުރާނެކަމާ މެދު އެއްވެސް ޝައްކެއް ނެތް ކަމަށާއި މިހާތަނަށް ދިވެހި ފިލްމަކަށް ނުލިބޭ ވަރަށް އާމްދަނީ މި ފިލްމުން ހޯދާނެ ކަމަށެވެ.

 

މިފިލްމްގެ ލަވަތައް ކިޔައިދީފައިވަނީ މުހައްމަދު އަބްދުލް ޣަނީ ( ތޭރަވާ) އާއި އަޝްފާއެވެ.

 

ފަތޯ މިއުޒިކް ހަދާފައިވާ މި ފިލްމްގެ ޕްރޮމޯޝަނަލް ލަވަ ކިޔައިދީފައިވަނީ ޔާފިއު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް