| 8 ފެބުރުވަރީ 2017 | ބުދަ 16:05 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
ބޮލީވިޑް ސުޕަ ސްޓާ ސަލްމާން ޚާންގެ ދެން އެންމެ އަވަހަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ޓިއުބްލައިޓް"ގެ ޝޫޓިން ނިންމާލައިފިއެވެ.
މީގެ ކުރިން ސަލްމާން އެކްޓްކޮށްފައިވާ " އެކްތާ ޓައިގާ" އަދި "ބަޖިރަންގީ ބައިޖާން" ވެސް ޑައިރެކްޓް ކޮށްފައިވާ "ޓިއުބް ލައިޓް" ގެ ޑައިރެކްޓަރު ކަބީރު ޚާން ވަނީ ފިލްމްގެ ޝޫޓީން ނިންމާލުން ފާހަގަ ކުރުމަށް ބޭއްވި ޕާޓީގައި ސަލްމާން ޚާނާ އެކު ނަގާފައިވާ ސެލްފީއެއް ޓްވިޓާގައި ޝޭއާ ކޮށްފައެވެ.
މި ފޮޓޯގެ ކެޕްޝަންގައި ލިޔެފައިވަނީ " އަހަރުމެން އެކުގައި ކުރި ތިންވަނަ ދަތުރު ނިމުމަކަށް އައިސްފައިވާ ކަމަށާއި މިހާރު ކެއްމަދުވެފައި ވަނީ މުޅި ދުނިޔެއަށް އެފިލްމް ދައްކާލެވޭނެ ދުވަހަކަށް ކަމަށެވެ.
މި ފިލްމްގައި ސަލްމާން ޚާނާ އެކު ފެނިގެން ދަނީ ޗައިނީޒް އެކްޓްރެސް ޒޫ ޒޫ އަދި ސުހައިލް ޚާން އެވެ.
ޝާހްރުކް ޚާންގެ ޚާއްސަ ފެނިލުމެއް ފެނިގެނދާ މި ފިލްމް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ.
މި ފިލްމްގެ މަންޒަރުތައް ނަގާފައިވަނީ ކަޝްމީރުގެ ލަޑަކް އާއި އިންޑިއާގެ މަނާލީގެ އިތުރުން މުމްބާއީގައެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް