12 ޑިސެންބަރު 2018 | ބުދަ | 03 މުލަ
05 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:44

އުރީދޫ މޯލްޑިވްސް

އުރީދޫއިން ބޮލީވުޑަށް ހާއްސަ އިރޯސްނައޮ ޕްލެޓްފޯމް ތައާރަފްކޮށްފި

  • މި ޚިދުމަތް މެދުވެރިކޮށް ފިލްމުތަކާއި ވީޑިއޯ އަދި އޯޑިއޯ ޑައުންލޯޑްކުރެވޭނެ
ރިޒުނާ ޒަރީރު | RiznaZareer

| 8 ފެބުރުވަރީ 2017 | ބުދަ 16:02 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  3. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  4. ގާސިމް، މަސީހު ހިންގެވި މަގަށް، އެކަމަކު ސަރުކާރަށް ވަރިހަމަ!؟
  5. މާފަންނު ސަހަރާގައި ކޮނެފައި އޮތް ވަޅުގަނޑު ދައްކާލައިފި
  6. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  7. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  8. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި


އުރީދޫން ތައާރަފްކުރި އ -- ރާއްޖެއެމްވީ

ބޮލީވޫޑްގެ އުފެއްދުންތައް އާންމުންނާ ހަމައަށް ގެނެސްދިނުމުގެ އެންމެ ބޮޑު އެއް ޕްލެޓްފޯން ކަމަށްވާ އިރޯސްއާ ގުޅިގެން އުރީދޫއިން މަގްބޫލް ކޮންޓެންޓް ޕްލެޓްފޯމް އިރޮސް ނައު ރާއްޖޭގައި ތައާރަފްކޮށްފިއެވެ.

 

އިންޓަރނެޓް ޑިވައިސްތައް މެދުވެރިކޮށް ބޮލީވުޑްގެ ފިލްމުތަކާއި އިންޑިޔާގެ ވީޑިއޯ އަދި އޯޑިއޯ ކޮންޓެންޓްގެ އެންމެ ބޮޑު ކަލެކްޝަން ފަސޭހަކަމާއިއެކު ބަލާލުމުގެ ފުރުޞަތު މި ހިދުމަތުގެ ތެރެއިން ލިބިގެންދާނެ ކަމަށް އުރީދޫއިން ބުންޏެވެ.

 

އިރޯސް ނައޮގެ އެޑެޕްޓިވް ސްޓްރީމިންގ ފީޗަރ މެދުވެރިކޮށް ސްމާރޓް ފޯންތަކަށް އެންމެ ފުރިހަމަ އުރީދޫ ނެޓްވާރކްގައި، ބޮލީވުޑްގެ ފިލްމުތަކާއި ޓީވީ ސީރީސް، ވީޑިއޯ އަދި އޯޑިއޯ ކޮންޓެންޓް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދި އެއްވެސް އިޝްތިހާރެއް ނުވަތަ މެދުކެނޑުމަކާ ނުލައި ތަޖުރިބާކޮށްލެވޭނެ ކަމަށް ވެސް އުރީދޫން ބުންޏެވެ. ހަމައެއާއެކު ކޮންޓެންޓް ޑައުންލޯޑްކޮށް، އޮފްލައިންކޮށް ވެސް މި ޚިދުމަތް ބޭނުންކުރެއްވުމުގެ ފުރުޞަތު ވަނީ ތަނަވަސްކޮށްދީފައެވެ.

 

އިރޮސް ނައޮ އަށް ސަބްސްކްރައިބް ކުރުމަށް 3 ޕެކޭޖެއް ވަނީ ތަޢާރަފްކޮށްފައެވެ.

 

އެގޮތުން ޑެލީ ޕެކޭޖް 2ރ. އަށް ލިބޭ އިރު ވީކްލީ ޕެކޭޖެއް ވަނީ 15ރ. އަށް ލިބެއެވެ. އަދި މަންތްލީ ޕެކޭޖްގެ އގަކީ 60ރ. އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް