20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

އަންހެން ފުޓުބޯޅަ ޓީމް

ގައުމީ އަންހެން ޓީމަށް ލިބުނު ކާމިޔާބީއަކީ ކުޅުންތެރިންގެ ހިތްވަރުން ލިބުނު ކާމިޔާބީއެއް: އާތީ

  • ކުޅެން ބޭނުންވެފައި ތިބި ކުދިންގެ ކުރި ހިތްވަރުގެ ނަތީޖާ
އަލީ ސަމާޚް | AliSamah8

| 27 ނޮވެންބަރު 2018 | އަންގާރަ 03:34 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


އާތީ ނޫސްވެރިންނަށް މައުލޫމާތު ދެނީ -- ފޮޓޯ: ސަމާހު

ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް އިންޓަރނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިންވަނަ ލިބުނީ ކުޅުންތެރިންތަކެއް ކުރި ހިތްވަރުން ކަމަށް އަންހެން ގައުމީ ޓީމުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.

އަންހެން ގައުމީ ޓީމު ރާއްޖެ އައުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ކޯޗު އާތީ ބުނީ ގައުމީ ޓީމަށް ލިބުނު ކާމިޔަބީއަކީ ފާޑު ކިޔުންތައް ކުރިމަތިވިޔަސް، ކުޅެން ބޭނުންވެފައި ތިބި ކުޅުންތެރިންތަކެއް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. އެގޮތުން އާތީ ބުނީ މި ކާމިޔާބީއާއިއެކު ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމަކީވެސް އިތުރު ކާމިޔާބީތަކެއް ހޯދައިދެވޭނެ ފެންވަރުގެ ޓިމެއްކަން އެނގިގެންގޮސްފި ކަމަށެވެ.
"ކުޅުންތެރިންގެ ވެސް އަޅުގަނޑުގެ ވެސް އުއްމީދަކީ އެހެން ހުރިހާ ކަމެކޭ އެއްގޮތަށް މިކާމިޔާބީ ހޯދުމާއި އެއްކޮށް ހުރިހާ ފަރާތަކުން އަންހެން ކުދިންނަށް (ކުޅުންތެރިންނަށް) އެހީތެރިކަން ފޯރުވައިދީގެން އިތުރު ކާމިޔާބިއަށް ދިއުން،" އާތި ބުންޏެވެ.

ގައުމީ އަންހެން ޓީމް އިންޓަރނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގެ ތިންވަނަ ހޯދާފައި ވަނީ 2-1 ނަތީޖާއަކުން އިންޑޮނީޝިއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. 

އޯގަސްޓް މަހު ނިމިދިޔަ އޭޝިއަން ގޭމްސްގައި އިންޑޮނީޝިއާ އަތުން 0-6 އިން އަންހެން ޓީމު ބަލިވި އިރު، ދާދި ފަހުން ނިމުނު އޮލިމްޕިކް ކޮލިފައިންގައި އިންޑޮނީޝިއާއާ ވާދަކޮށް ރާއްޖެ ބަލިވީ 1-3 އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ހުސެން ފިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް