18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

އެޑެން ހަޒާޑް

ޗެލްސީ ދޫކޮށްލަފާނެކަމުގެ އިޝާރާތެއް ހަޒާޑް ދީފި

  • ޗެލްސީއާއެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2020 ގައި
ލީވާން އަލީ | MrLeevaan

| 26 ނޮވެންބަރު 2018 | ހޯމަ 19:33 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


ޗެލްސީ އަށް ކުޅެމުން އަންނަ އެޑެން ހަޒާޑް -- ގެޓީ އިމޭޖާސް

ޗެލްސީ ދޫކޮށްލަފާނެކަމުގެ އިޝާރާތެއް އެ ކްލަބަށް ކުޅެމުން އަންނަ ބެލްޖިއަމްގެ މިޑްފިލްޑަރު އެޑެން ހަޒާޑް ދީފިއެވެ.

ޗެނަލް ޕްލަސް އަށް ދިން އިންޓަވިއުއެއްގައި ހަޒާޑް ބުނީ، މިވަގުތު އޭނާ ހުރީ ޗެލްސީގައި ކަމަށާއި، އެއްބަސްވުމުގައި ބާކީ އަދި އެއް އަހަރު އެބަ އޮތް ކަމަށެވެ.

އެހެންނަމަވެސް ހަޒާޑް ބުނީ އެއްބަސްވުން ކުރިޔަށް އޮތް ދުވަސްތަކުގައި އާނުކުރެވިއްޖެ ނަމަ އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި، އަމިއްލަ އަށް ކްލަބް ދޫކޮށްލުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.

މީގެ އިތުރުން ހަޒާޑް ބުނީ ކުރިޔަށް އޮތް ސީޒަނުގައި އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުންވެސް އޭނާގެ އެބަ ހުރި ކަމަށާއި، މުޅި ކެރިޔަރު ޗެލްސީގައި ހޭދަކުރަންވެސް ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ހަޒާޑް ހޯދުމަށް ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަނީ ރެއާލް މެޑްރިޑުންނެވެ.

ޗެލްސީއާއެކު ހަޒާޑް ހަދާފައިވާ އެއްބަސްވުން 2020 ވަނަ އަހަރު ހަމަވާއިރު، ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ޖެނުއަރީ ޓްރާންސްފާގައި ޗެލްސީ ދޫކޮށްލުމަށްފަހު އޭނާ ރެއާލް އަށް ބަދަލުވާނެއެވެ.

ފްރާންސްގެ ލިއްލޭ އިން ކެރިޔަރު ފެށި ހަޒާޑް ވަނީ އެޓީމަށް ކުޅުނު 194 މެޗުގައި 50 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ޗެލްސީއަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭނާ ވަނީ ޗެލްސީއަށް މިހާތަނަށް ކުޅުނު 315 މެޗުގައި 97 ލަނޑު ކާމިޔާބުކޮށްފައެވެ.

ޗެލްސީއާ އެކު ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ހަޒާޑް ވަނީ އެޓީމާއެކު ޕްރިމިއާ ލީގު ދެ ފަހަރު އަދި ފުޓްބޯލް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ ބެލްޖިއަމް ގައުމީ ޓީމަށް ކުޅުނު 98 މެޗުގައި 27 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: މިއުވާން މުހައްމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް