19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:19
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:45

ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު: ފޯކައިދޫ އަތުން ބަލިވެ ގްރީން އަށް ގަދަ ހަތަރެއްގެ ޖާގަ ގެއްލިއްޖެ

  • ގްރީންގެ މައްޗަށް ފޯކައިދޫ ކުރިހޯދީ 1-4 ގެ ނަތީޖާ އަކުން
ލީވާން އަލީ | MrLeevaan

| 26 ނޮވެންބަރު 2018 | ހޯމަ 19:18 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


ގްރީން އަދި ފޯކައިދޫ ބައްދަލުކުރި މެޗުގެ ތެރެއިން -- އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ށ. ފޯކައިދޫ އަތުން ބަލިވެ ކްލަބް ގްރީން ސްޓްރީޓަށް ގަދަ ހަތަރެއްގެ ޖާގަ ގެއްލިއްޖެއެވެ.

ހޯމަ ދުވަހު ހަވީރު ކުޅުނު މެޗު ގްރީންއާ ވާދަކޮށް ފޯކައިދޫ އިން މެޗު ކާމިޔާބުކުރީ 1-4 ގެ ނަތީޖާ އަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ލަނޑު ޖަހާ ފުރަތަމަ ލީޑު ނެގީ ގްރީންއެވެ. މި ލަނޑު 29 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ނަސޫހު ރަޝީދެވެ.

މި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ފޯކައިދޫގެ މައްޗަށް ގްރީން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ފޯކައިދޫ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު 51 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހަލީލް ޖަމާލްއެވެ.

މި ލަނޑަށްފަހު ފޯކައިދޫ އިން ދިޔައީ ފުލުފުލުގައި ހަމަލާ އުފައްދަމުންނެވެ. އެގޮތުން 57 ވަނަ މިނެޓުގައި ހަސަން ނަޒީމް ކާމިޔާބުކުރި ލަނޑުން އެޓީމުން ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ވަނީ ނަގާފައެވެ.

ފޯކައިދޫގެ ތިންވަނަ ލަނޑު 75 ވަނަ މިނެޓުގައި އަހުމަދު ޝަމާލް ކާމިޔާބުކޮށްފައިވާއިރު، 83 ވަނަ މިނެޓުގައި ހަލީލް ވަނީ ފޯކައިދޫގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔާ އަށް ވެސް ހޮވުނީ އޭނާއެވެ.

މި ނަތީޖާއާއެކު ގްރީން އޮތީ ކުޅުނު 15 މެޗުން ލިބުނު 23 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ފަސްވަނައިގައެވެ. މެޗުން ބަލިވި ފޯކައިދޫ ވަނީ ކުޅުނު 15 މެޗުން 12 ޕޮއިންޓާއެކު ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނަ އަށް ޖެހިލާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް