19 އޭޕުރިލް 2019 | ހުކުރު | 12 އައްސިދަ
12 ޝަޢުބާން 1440
ފަތިސް 04:45
އިރުއަރާ 05:57
މެންދުރު 12:09
އަސްރު 15:19
މަޣްރިބް 18:14
ޢިޝާ 19:27

ދިވެހި ޕްރިމިއާ ލީގު

ދިވެހި ޕްރިމިއާ ލީގު: ފަހަތުން އަރައި ޓީސީ އަތުން މާޒިޔާއަށް އުންމީދީ މޮޅެއް

  • ޓީސީ އަތުން މާޒިޔާ މޮޅުވީ 2-4 ގެ ނަތީޖާއަކުން
  • މާޒިޔާ އަށް ލީގު ހޯދުމުގެ ބާރު އަދި ނުގެއްލޭ
  • ލީގު ހޯދަން ޓީސީ ބޭނުންވަނީ އެންމެ ޕޮއިންޓެއް
ލީވާން އަލީ | MrLeevaan

| 25 ނޮވެންބަރު 2018 | އާދީއްތަ 19:10 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  3. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  4. ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
  5. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  6. މި ހިނގާ މަޖިލީހަކީ އެންމެ ހަޑި މުޑުދާރު މަޖިލިސް: ނާޝިދު
  7. އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގައި ސިއްރު ވޯޓު ނެގުމާމެދު ހިޔާލުތަފާތު ވެއްޖެ
  8. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި


ޓީސީ އަދި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން -- އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ފަހަތުން އަރައި ޓީސީ ސްޕޯޓްސް ކްލަބް އަތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އުންމީދީ މޮޅެއް ހޯދައިފިއެވެ.

އާދީއްތަ ދުވަހު ހަވީރު ކުޅުނު މެޗު ޓީސީއާ ވާދަކޮށް މާޒިޔާ އިން މެޗު ކާމިޔާބުކުރީ ފަހަތުން އަރައި 2-4 ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ މާޒިޔާއިންނެވެ. އެގޮތުން ލަނޑު ޖެހުމަށް އެޓީމުން ދިޔައީ މަސައްކަތް ކުރަމުންނެވެ.

އެހެންނަމަވެސް މާޒިޔާ އިން ރަނގަޅަށް ކުޅެމުން ދަނިކޮށް ޓީސީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު 15 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބޮށްދިނީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އެވެ.

ޓީސީ އަދި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް

މި ލަނޑާއެކު މާޒިޔާ އިން ވަނީ އެޓޭކްތައް ރަނގަޅުކޮށްފައެވެ. އެހެންނަމަވެސް އަލީ އަޝްފާގު (ދަގަނޑޭ) ވަނީ 23 ވަނަ މިނެޓުގައި ޓީސީއަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ މުހައްމަދު ޝާމިރު ދިން ބޯޅައަކުންނެވެ.

މި ލަނޑުތަކާއެކުވެސް މާޒިޔާއިން ގިނަ ހަމަލާތައް އުފެއްދިއެވެ. އެގޮތުން 29 ވަނަ މިނެޓުގައި ބިދޭސީ ކުޅުންތެރިޔާ ސްޓެވާޓް މުޅިން ހުހަށް އަރައިގެން ގޮސް ފޮނުވާލި ބޯޅަ ހިމެނެއެވެ. މި ބޯޅަ ޓީސީގެ ނޭޕާލް ކީޕަރު ލިމްބޫ ކިރަން ކުމާރު ވަނީ ދިފާއުކޮށްފައެވެ.

މާޒިޔާއިން ނަތީޖާގެ ފަރަގު ކުޑަކުރީ 40 ވަނަ މިނެޓުގައި ނާއިޒް ހަސަން (ދާދު) ދިން ބޯޅައަކުން ސްޓެވާޓް ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން ސްޓެވާޓް ދިން ބޯޅައަކުން ދާދު ވަނީ މާޒިޔާ އަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މާޒިޔާ އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ 60 ވަނަ މިނެޓުގައެވެ. މި ލަނޑު އޭރިޔާ ބޭރުން ފޮނުވާލި ރީތި ބޯޅައަކުން ކާމިޔާބުކުރީ ޔާމީން މޫސާ (ޔާމްބެ) އެވެ. މާޒިޔާގެ ހަތަރުވަނަ ލަނޑު 79 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކެއްގައި ކާމިޔާބުކުރީ ދާދުއެވެ.

ޓީސީ އަދި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އެފްއޭއެމް

މެޗަށްފަހު މާޒިޔާގެ ކޯޗު އިސްމާއިލް މަހުފޫޒް (އިންމަ) ބުނީ، މެޗަށް ނިކުތީ ވަރަށް މުހިންމު މެޗެއްކަން ދެކިގެން ކަމަށާއި، ބައިކޮޅަށް ދެ ލަނޑު ވަތްނަމަވެސް، ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ބޭނުންވި ކަންތައް ވެއްޖެ ކަމަށެވެ.

އިންމަ ބުނީ އެންމެ ފަހުވަގުތާ ޖެހެންދެންވެސް ލީގަށް މަސައްކަތް ކުރާނެ ކަމަށާއި، ރޫހަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ.

"މިއަދު މެޗަށް އައީ ވަރަށް މުހިންމު މެޗެއްކަން އެނގިގެން. ނިކުތީ ލީޑު ކުރާ ޓީމާ ދެކޮޅަށް. ލީގުގައި ކިރިޔާވެސް ފުރުސަތެއް އޮތީ މި މެޗުން ތިން ޕޮއިންޓް ނަގައިގެން. ނިކުތީ ވަރަށް އަޒުމުގައި އިދިކޮޅު ޓީމު ބަލިކުރަން. އެކަން ވެއްޖެ. އަޅުގަނޑުމެން ކޮޅަށް ދެ ލަނޑު ވަނަސް ވިސްނުމަށް ބަދަލު ނައިސް ކުރި މަސައްކަތުން މިކަންވީ. އެންމެ ފަހު ވަގުތާ ޖެހެންދެން ލީގަށް ކުރާ މަސައްކަތް ކުރާނަން" އިންމަ ބުނިއެވެ.

ޓީސީ އަދި މާޒިޔާ ބައްދަލުކުރި މެޗަށްފަހު - ފޮޓޯ: އެފްއޭއެމް

މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް ބުނީ މެޗުގައި ރަނގަޅަށް ކުޅުންތެރިންނަށް ޕާފޯމް ނުކުރެވުނު ކަމަށާއި، އަމިއްލަ ބާރު އަދިވެސް އެބަ އޮތް ކަމަށެވެ. އެގޮތުން ނިޒާމްބެ ބުނީ ޓީސީ އަކީ މެޗަކުން ބަލިވުމުން ޖެހިގެން އަންނަ މެޗުން ތަފާތު ދައްކާ ޓީމެއް ކަމަށާއި، މިކަންތައް ނަގަނީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.

"ގިނަ ކުޅުންތެރިން މިއަށް އަލީ ކަންނޭގެ. މިއީ މާބޮޑު ކަމެއް ނޫންކަންނޭގޭ. އަދިވެސް އަމިއްލަ ބާރު އެބައޮތް. މިހާރު ކަންނޭގެ ލީގެއް ވިން ކުރުމުގެ ބިއުޓީ ދެން އަންނާނީ. މިހާރު މިހުރީ ވަރަށް ރަނގަޅަށް. ޓީސީ އަކީ މެޗަކުން ބަލިވެއްޖެއްޔާ ޖެހިގެން އަންނަ މެޗުން ތަފާތު ދައްކާ ޓީމެއް. ވަރަށް ޕޮޒިޓިވްކޮށް ނަގަނީ" ނިޒާމްބެ ބުނިއެވެ.  

ލީގު ހޯދުމަށް ޓީސީއަށް އެންމެ ޕޮއިންޓެއް ބޭނުންވާއިރު، މި މެޗުން އެޓީމު މޮޅުވިނަމަ ލީގު ޗެމްޕިއަންކަން ލިބުނީހެވެ. މެޗުން ބަލިވި މާޒިޔާއަށް ލީގު ހޯދުމަށް އޮތް ފުރުސަތު އަދިވެސް ނުގެއްލެއެވެ. އެގޮތުން އެޓީމު އޮތީ އުންމީދާއެކުގައެވެ.

ޕޮއިންޓް ތާވަލަށް ބަލާއިރު، ކުޅުނު 15 މެޗުން 39 ޕޮއިންޓާއެކު އެއްވަނައިގައި އޮތީ ޓީސީއެވެ. ދެވަނައިގައި 15 މެޗުން 37 ޕޮއިންޓާއެކު އޮތީ މާޒިޔާއެވެ. މާޒިޔާ އާއި ޓީސީ އަށް ބާކީ އޮތީ އެއް މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް