20 ފެބުރުއަރީ 2019 | ބުދަ | 07 ހިޔަވިހާ
15 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ގައުމީ އަންހެން ފުޓްބޯޅަ ޓީމު

އިންޑޮނީޝިއާ ބަލިކޮށް ގައުމީ އަންހެން ޓީމަށް ތިންވަނަ، ސާބަސް!

  • އިންޑޮނީޝިއާގެ މައްޗަށް އަންހެން ޓީމު ކުރިހޯދީ ޕެނަލްޓީ ޖަހައިގެން
ލީވާން އަލީ | MrLeevaan

| 25 ނޮވެންބަރު 2018 | އާދީއްތަ 18:51 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ސުޝާންތްއާ އެކު ޑޭޓްނުކުރުމަށް ސާރާއަށް ނަސޭހަތްތެރިވިން: ކަރީނާ
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ރާއްޖެ ހަމަ މަގަށް އެޅޭނީ ރައީސް ކަމަށް ގާސިމް ގެނެސްގެން: އަދުރޭ
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖުޑީޝަރީ އިސްލާހު ކުރަން ތާއިދު ކުރައްވައި، ސަރުކާރު އެހީއަށް އުއްތަމަ ފަނޑިޔާރު އެދިވަޑައިގެންފި
  7. މަސްވެރިޔާ ކާޑު ރައީސް ސޯލިހް މާދަމާ ރޭ ތައާރަފުކޮށް ދެއްވަނީ
  8. ނެތިގެން މި އުޅެނީ ގާނޫނެއް ނޫން، އިހްލާސްތެރިކަމާއި ތެދުވެރިކަން: ރައީސް ސޯލިހް


ގައުމީ އަންހެން ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން އުފާ ފާޅުކުރަނީ -- ޓްވިޓަރ

އިންޓަރނޭޝަނަލް ވިމެންސް ކުއަޑްރަންގިއުލާ މުބާރާތުގައި ޕެނަލްޓީ ޖަހައިގެން އިންޑޮނީޝިއާ ބަލިކޮށް ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމުން މުބާރާތުގެ ތިން ވަނަ ހޯދައިފިއެވެ.

ސިންގަޕޫރުގައި ކުރިޔަށްދާ މި މުބާރާތުގައި ވާދަކުރަނީ ރާއްޖެ އާއި ސިންގަޕޫރުގެ އިތުރުން އިންޑޮނީޝިއާ އާއި ލަގްޒަމްބާގެވެ. މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ސިންގަޕޫރާ ވާދަކޮށް ރާއްޖެ ވަނީ 0-1 ގެ ނަތީޖާ އިން ބަލިވެފައެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ލަގްޒަމްބާގެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ސިންގަޕޫރާ ވާދަކޮށް 0-4 ގެ ނަތީޖާ އިން މެޗު ކާމިޔާބުކޮށްގެންނެވެ.

 

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ލަގްޒަމްބާގް - ފޮޓޯ: ސޯޝަލް މީޑިއާ

ސިންގަޕޫރުގައި ރާއްޖެ އާއި އިންޑޮނީޝިއާ ބައްދަލުކުރި ތިންވަނަ ހޮވާ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެޓީމު ވަނީ 0-0 ގެ ނަތީޖާ އިން އެއްވަރުވެފައެވެ.

އެގޮތުން ނަތިޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ރާއްޖެ އިން ވަނީ 1-2 ގެ ނަތީޖާ އިން އިންޑޮނީޝިއާގެ މައްޗަށް ކުރި ހޯދާފައެވެ. ރާއްޖޭގެ ޕެނަލްޓީތައް ކާމިޔާބުކޮށްފައި ވަނީ ޝަހުލާ ތައުފީގާއި، މަރިޔަމް މިރުފަތުއެވެ.

އޯގަސްޓް މަހު ނިމިދިޔަ އޭޝިއަން ގޭމްސްގައި އިންޑޮނީޝިއާ އަތުން 0-6 އިން އަންހެން ޓީމު ބަލިވި އިރު، ދާދި ފަހުން ނިމުނު އޮލިމްޕިކް ކޮލިފައިންގައި އިންޑޮނީޝިއާ އާ ވާދަކޮށް ރާއްޖެ ބަލިވީ 1-3 އިންނެވެ.

ގައުމީ އަންހެން ޓީމު ފަހަކަށް އައިސް ހޯދަމުން އަންނަ ނަތީޖާތަކާ ގުޅިގެން ގިނަ ބައެއްގެ ތައުރީފު އެޓީމަށް ދަނީ އޮހެމުންނެވެ. އެގޮތުން މި ކާމިޔާބީއާ ގުޅިގެންވެސް ގިނަ ބަޔަކު އަންނަނީ އުފާފާޅުކޮށް ޓީމަށް މަރުހަބާ ކިޔަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް