20 އޭޕުރިލް 2019 | ހޮނިހިރު | 13 އައްސިދަ
13 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:14
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

އިޓާލިއަން ލީގު

އިޓާލިއަން ލީގު: ޔުވަންޓަސް އާއި އިންޓަ މޮޅުވިއިރު، ރޯމާ ބަލިވެއްޖެ

  • ޔުވަންޓަސް މޮޅުވީ ސްޕަލްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުން
  • އިންޓަ މޮޅުވީ ފްރޮޒިނޮންއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުން
  • ރޯމާ ބަލިވީ އުދިނޭޒީއާ ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 25 ނޮވެންބަރު 2018 | އާދީއްތަ 13:26 | |

މަގުބޫލް

  1. ފްރާންސް އަންހެން ކުއްޖާ ކުރި ތުހުމަތުތައް ގާޒީ އާދަމް އާރިފް ދޮގުކުރައްވައިފި
  2. ރައީސްގެ ފޭސްބުކް އެކައުންޓް ވެރިފައި ކޮށްފި
  3. އަންނަ ސީޒަނަށްފަހު ރޮނާލްޑޯ ޔުވެންޓަސް ދޫކޮށްލަނީ
  4. އެސްއެމްއީ ބޭންކުން އިތުރު ދެ ލޯނެއް ތައާރަފްކޮށްފި
  5. ތެދުވެރި ކަސްޓަމަރުންގެ އިންޓަވަލް ސްޕޮޓް
  6. ޕާޓީއަކާއި ގުޅެން ޖެހުނަސް އެކަން ކުރާނަން: ސައުދު
  7. ފަތަހަ ސުންބުލި ކައިރިން ފައިސާތަކެއް ފޭރެން މަސައްކަތްކުރި މީހަކު ފުލުހުން ހައްޔަރުކޮށްފި
  8. ލައިސަންސް ނެތް މީހުންނަށް ސައިކަލު ދޭ ފަރާތްތައް ޤާނޫނީ ގޮތުން ޒިންމާ ކުރުވަންޖެހޭ: ފުލުހުން


ޔުވަންޓަސް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ -- ޓްވިޓަރ

އިޓާލިއަން ލީގުގައި ޔުވަންޓަސް އާއި އިންޓަ މިލާން މޮޅުވިއިރު، ރޯމާ ކުޅުނު މެޗުން އެޓީމު ބަލިވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗުން ޔުވަންޓަސް މޮޅުވީ ސްޕަލްއާ ވާދަކޮށް 0-2 ގެ ނަތީޖާއަކުންނެވެ.

ޔުވަންޓަސް ދަނޑުގައި ކުޅުނު މި މެޗުގައި ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ އެޓީމުންނެވެ. ގިނަ ހަމަލާތަކެއްވެސް އެޓީމުން ވަނީ އުފައްދާފައެވެ.

އެގޮތުން 28 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ ރޮނާލްޑޯ ލީގުގައި ކާމިޔާބުކުރި ނުވަ ވަނަ ލަނޑެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ސްޕަލްގެ މައްޗަށް ޔުވަންޓަސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުވަންޓަސް އިން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރިއެވެ. އެގޮތުން 60 ވަނަ މިނެޓުގައި މާރިއޯ މަންޒުކިޗް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

މި ލަނޑަށްފަހުވެސް ޔުވަންޓަސް އަށް ވަނީ ލީޑު އިތުރަށް ފުޅާކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ރޮނާލްޑޯ އަދި ޑަގްލަސް ކޯސްޓާ އަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

މި ނަތީޖާއެކު ޔުވަންޓަސް އޮތީ ކުޅުނު 13 މެޗުން ލިބުނު 37 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި ސްޕަލް އޮތީ ކުޅުނު 13 މެޗުން ލިބުނު 13 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން އިންޓަ މޮޅުވީ ފްރޮޒިނޮންއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

އިންޓަ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން 10 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެއިޓާ ބަލްޑޭއެވެ.

މި ލަނޑަށްފަހުވެސް އިންޓަ އިން ދިޔައީ ފްރޮޒިނޮންގެ ގޯލަށް ނުރައްކާކޮށް ހަމަލާ އުފައްދަމުންނެވެ. އެގޮތުން ލަނޑު ޖެހުމަށްވެސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ފްރޮޒިނޮންގެ މައްޗަށް އިންޓަ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅުނީ އިންޓަ އެވެ. އެގޮތުން 57 ވަނަ މިނެޓުގައި ލައުޓަރޯ މާޓީނޭޒް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ.

މެޗު ނިމުމުގެ ކުރިން އިންޓަގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކުރީ ބަލްޑޭއެވެ.

މި ނަތީޖާއާއެކު އިންޓަ އޮތީ ކުޅުނު 13 މެޗުން ލިބުނު 28 ޕޮއިންޓާއެކު ދެވަނައިގައެވެ. މެޗުން ބަލިވި ފްރޮޒިނޮން އޮތީ ކުޅުނު 13 މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 19 ވަނައިގައެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ރޯމާ ބަލިވީ އުދިނޭޒީއާ ބައްދަލުކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

އުދިނޭޒީ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެހެންނަމަވެސް ނުރައްކާތެރި ގިނަ ހަމަލާތައް ރޯމާގެ ފަރާތުން ވަނީ ފެނިގެން ގޮސްފައެވެ.

މެޗުގެ ފުރަތަމަ ހާފް ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނު ނަމަވެސް، ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އުދިނޭޒީން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮޑްރިގޯ ޑީ ޕައުލްއެވެ.

މި ލަނޑަށްފަހުވެސް އުދިނޭޒީ އަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އަދި ރޯމާ އަށް ވެސް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

މި ނަތީޖާއާއެކު އުދިނޭޒީ އޮތީ ކުޅުނު 13 މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ. މެޗުން ބަލިވި ރޯމާ އޮތީ ކުޅުނު 13 މެޗުން ލިބުނު 19 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް