18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ލިވަޕޫލް މޮޅުވިއިރު، ޔުނައިޓެޑު އެއްވަރުވެއްޖެ

  • ވަޓްފޯޑް އަތުން ލިވަޕޫލް މޮޅުވީ 0-3 ގެ ނަތީޖާއަކުން
  • ޔުނައިޓެޑު އެއްވަރުވީ ޕެލަސްއާ ވާދަކޮށް 0-0 އިން
ލީވާން އަލީ | MrLeevaan

| 25 ނޮވެންބަރު 2018 | އާދީއްތަ 08:58 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


ލިވަޕޫލް ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާ ފާޅުކުރަނީ -- ޓްވިޓަރ

ޕްރިމިއާ ލީގުގައި ލިވަޕޫލް މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑު އެއްވަރުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ވަޓްފޯޑްއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

ވަޓްފޯޑް ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ބޯޅަ ކޮންޓްރޯލް ކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ ލިވަޕޫލުންނެވެ. އެގޮތުން އެޓީމުން ދިޔައީ ވަޓްފޯޑްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާ އުފައްދަމުންނެވެ.

ފުރަތަމަ ހާފްގައި ލިވަޕޫލަށް ލީޑު ނެގުމަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވިއެވެ. ވަޓްފޯޑަށްވެސް ވަނީ ފުރަތަމަ ހާފްގައި ލީޑު ނެގުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފް ފެށިގެން ލިވަޕޫލުން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކުރިއެވެ. އެގޮތުން 67 ވަނަ މިނެޓުގައި ސާޑިއޯ މާނޭގެ އެހީތެރިކަމާއެކު މުހައްމަދު ސަލާހު ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ނަގާފައެވެ.

މި ލަނޑަށްފަހުވެސް ލިވަޕޫލުން ދިޔައީ ހަމަލާ އުފައްދަމުންނެވެ. އެގޮތުން 78 ވަނަ މިނެޓުގައި އެލެގްޒެންޑްރާ އާނޯލްޑް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. އެޓީމުގެ ތިންވަނަ ލަނޑު އިތުރުވަގުތުގައި ކާމިޔާބުކުރީ ރޯބާޓޯ ފިރްމީނިއޯއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް އޮތީ ކުޅުނު 13 މެޗުން ލިބުނު 33 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގައެވެ. މެޗުން ބަލިވި ވަޓްފޯޑް އޮތީ ކުޅުނު 13 މެޗުން ލިބުނު 20 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން ޔުނައިޓެޑު އެއްވަރުވީ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 0-0 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑު ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފް ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުންދިޔައީ އެޓީމުންނެވެ. އެގޮތުން ލަނޑު ޖެހުމަށްވެސް އެޓީމުން ދިޔައީ ފުރުސަތު ހޯދަމުންނެވެ.

މި ހާފުގައި ޕެލަސް އަށް ވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް އެ ފުރުސަތުތަކުގެ ބޭނުން މާ އެދެވޭ ގޮތުގައި އެޓީމަށް ބޭނުންކުރެވިފައި ނުވެއެވެ.

ދެވަނަ ހާފްގައިވެސް ދެޓީމަށް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ޔުނައިޓެޑަށް ލިބުނު ހުސް ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑު އޮތީ ކުޅުނު 13 މެޗުން ލިބުނު 21 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތްވަނައިގައެވެ. ޕެލަސް އޮތީ ކުޅުނު 13 މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 މަސް ކުރިން | ރިވިއު ކުރީ: ޙުސައިން ޙަސަން

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް