25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: ސޮލާރީގެ އިރުޝާދުގެ ދަށުން ފުރަތަމަ ފަހަރަށް ރެއާލް ބަލިވެއްޖެ

  • އެއިބާ އަތުން ރެއާލް ބަލިވީ 0-3 ގެ ނަތީޖާއަކުން
ލީވާން އަލީ | MrLeevaan

| 24 ނޮވެންބަރު 2018 | ހޮނިހިރު 19:20 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


އެއިބާ އަދި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން -- ޓްވިޓަރ

ސްޕެނިޝް ލަލީގާގައި ރެއާލް މެޑްރިޑްގެ އާ ކޯޗު ސެންޓިއާގޯ ސޮލާރީގެ އިރުޝާދުގެ ދަށޫން ފުރަތަމަ ފަހަރަށް ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

ހޮނިހިރު ދުވަހު ކުޅުނު މެޗުން ރެއާލް ބަލިވީ އެއިބާއާ ވާދަކޮށް 0-3 ގެ ނަތީޖާއަކުންނެވެ.

އެއިބާ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅެމުން ދިޔައީ ރެއާލް އިންނެވެ. އެހެންނަމަވެސް ރެއާލް އިން ރަނގަޅަށް ކުޅެމުން ދަނިކޮށް 16 ވަނަ މިނެޓުގައި އެސްކަލަންޓޭ ކާމިޔާބުކުރި ލަނޑުން އެއިބާ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑާއެކު އެއިބާ އިން ވަނީ މަޑު މަޑުން މެޗުގެ ކޮންޓްރޯލް ހޯދާ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ. ރެއާލް އަށް ވެސް ވަނީ ފުރަތަމަ ހާފްގައި ނަތީޖާ ހަމަހަމަ ކުރުމަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން ރެއާލްގެ މައްޗަށް އެއިބާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް އެއިބާ އިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު 52 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސާޖީ އެންރިޗްއެވެ.

އެއިބާ އިން ތިންވަނަ ލަނޑު ކާމިޔާބުކުރީ 57 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކިކޭ ކާމިޔާބުކުރިއިރު، ލީޑު އިތުރަށް ފުޅާ ކުރުމަށްވެސް އެއިބާ އަށް ވަނީ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ދެވަނަ ހާފްގައިވެސް ރެއާލް އަށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބިފައިވާއިރު، އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފިފައެއް ނުވެއެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ކުޅުނު 13 މެޗުން ލިބުނު 20 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ. މެޗުން މޮޅުވި އެއިބާ އޮތީ ކުޅުނު 13 މެޗުން ލިބުނު 18 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތް ވަނައިގައެވެ.

މިއީ ސޮލާރީގެ އިރުޝާދުގެ ދަށުން ރެއާލް ބަލިވި ފުރަތަމަ ފަހަރަށްވާއިރު، އޭނާގެ އިރުޝާދުގެ ދަށުން ރެއާލް ވަނީ މިހާތަނަށް ފަސް މެޗު ކުޅެފައެވެ. އޭގެ ތެރެއިން ބާކީ ހަތަރު މެޗުން ރެއާލް ވަނީ މޮޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 މަސް ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް