19 ފެބުރުއަރީ 2019 | އަންގާރަ | 06 ހިޔަވިހާ
14 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

މުސްކުޅި އުމުރުގައި ދަރިއެއް

އުމުރުން 92 އަހަރުގެ ފަލަސްތީނު ފިރިހެނަކަށް ދަރިއަކު ލިބިއްޖެ

  • މަހުމޫދަށް މިލިބުނު ދަރިފުޅާއެކު މިހާރު އޭނާގެ 8 އަންހެން ދަރިންނާއި ފަސް ފިރިހެން ދަރިން އެބަ ތިބި
  • ދަރިފުޅު ލިބުމުން ވަރަށް ހައިރާންވި ނަމަވެސް އުފާވި
ރާއްޖެ އެމްވީ | raajje.mv

| 8 ފެބުރުވަރީ 2017 | ބުދަ 05:05 | |

މަގުބޫލް

  1. ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
  2. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  3. ގިނައަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި މީހާ ކޯޓުން ދޫކޮށްލައިފި
  4. ޕްރިޔަންކާ އިނީ ބަލިވެ؟
  5. ޖޭޕީގެ ޓިކެޓް ދިނުމުގެ ބާރު ލީޑަރަށް ދިނުމަށް އަލީ ވަހީދު ދެކޮޅު ހެދި
  6. ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
  7. ގިނަ އަދަދުން ފާއިސާ ޖަމާކުރާއިރު ސުވާލުކުރަން ފެށީ އެންޓި މަނީ ލޯންޑަރިންގ ގަވާއިދަށް ފަހު: ބީއެމްއެލް
  8. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި


މަހުމޫދު އަލް އާދަމް -- އަލްއަރަބިއްޔާ

އުމުރުން 92 ގައި ފަލަސްތީނުގެ ފިރިހެނަކަށް ދަރިފުޅަކު ލިބިއްޖެއެވެ.

ހުޅަނގު އައްސޭރިއަށް ނިސްބަތްވާ ސިޓީއެއް ކަމަށްވާ އަލް ޚަލީލުގައި ދިރިއުޅޭ މިހާރު އުމުރުން 92 އަހަރު ފުރިފައިވާ މަހުމޫދު އަލް އާދަމް ގެ އަންހެނުން ވިހެއީ އަންހެން ކުއްޖެކެވެ. އަލަށް ލިބުނު ދަރިފުޅަށް މަހުމޫދު ދިން ނަމަކީ ތަމާރާ އެވެ.

އުމުރު އެހާ މައްޗަށް ގޮސްފައިވަނިކޮށް ލިބުނު ދަރިފުޅާ ބެހޭ ގޮތުން އޭނާ ބުނީ، އުމުރުން ދުވަސް ވެފައިވަނިކޮށް ކުއްޖަކު ލިބުމުން އޭނާއަށްވެސް ހައިރާންކަން ލިބުނު ކަމަށާއި، ނަމަވެސް އެއީ ވަރަށް އުފާވި ކަމެއް ކަމަށާއި އެއީ ﷲ އޭނާއަށް މިންވަރު ކުރެއްވި ހަދިޔާއެއް ކަމަށެވެ.

މަހުމޫދަށް މިލިބުނު ދަރިފުޅާއެކު މިހާރު އޭނާގެ 8 އަންހެން ދަރިންނާއި ފަސް ފިރިހެން ދަރިން އެބަ ތިއްބެވެ.

މަހުމޫދުގެ އަނބިމީހާ އަބީރަކީ ބީރު މަންމަނެއް ނަމަވެސް ވެސް އޭނާގެ އިހްސާސްތަކުން މި ލިބުނު ދަރިފުޅާއެކު އޭނާވެސް ހުރީ ވަރަށް އުފަލުންކަން ދޭހަވާ ކަމަށް ޚަބަރުތަކުގައި ވެއެވެ. އަބީރުގެ އުމުރަކީ 42 އަހަރެވެ.

ޑަކްޓަރުން ބުނާ ގޮތުގައި ފިރިހެނުންގެ އުމުރު މައްޗަށް ދާ ވަރަކަށް ދަރިން ލިބުމުގެ ފުރުސަތުވެސް ދާނީ ދައްވަމުންނެވެ. އަދި ހަކުރު ބައްޔާއި ލޭ މައްޗަށް ދިއުން ފަދަ ބަލިތަކުގެ ސަބަބުން ދަރިން ލިބުމުގެ ފުރުސަތު ފިރިހެނުންނަށް އިތުރަށް ހަނިވެގެން ދެއެވެ. ނަމަވެސް ރަނގަޅު ކާނާ ކެއުމާއެކު ސިއްހަތު ރަނގަޅަށް ހުންނަ ނަމަ އުމުރު ކިތަންމެ މައްޗަށް ދިޔަ ކަމުގައި ވިޔަސް ފިރިހެނުންނަށް ދަރިން ލިބޭނެ ކަމަށް ސިއްހީ ތަޖްރިބާކާރުން ބުނެއެވެ.

އަލަށް ލިބުނު ދަރިފުޅާ ބެހޭ ގޮތުން ވާހަކަ ދައްކަމުން މަހުމޫދު ބުނެފައިވަނީ އޭނާއަކީ ގުދުރަތީ ކާނާ ކައި ހަދައި އަދި ހަރަކާތްތެރިކޮށް އުޅޭ މީހެއް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ރިޔާޒް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް