13 ޑިސެންބަރު 2018 | ބުރާސްފަތި | 04 މުލަ
06 ރަބީޢުލްއާޚިރު 1440
އިޝާ 19:16
މަޣްރިބް 17:58
އަސްރު 15:24
މެންދުރު 12:04
އިރުއަރާ 06:01
ފަތިސް 04:45

އެންބީއޭ

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

  • ކާމެލޯއަކީ ނިއު ޔޯކް ނިކްސްގެ ޓޮޕް ތްރީގައި ހިމެނޭ ކުޅުންތެރިއެއް
  • ހޯމަ ދުވަހު ވޮޝިންގޓަން ވިޒަރޑްސްއާ ދެކޮޅަށް ކުޅުނު މެޗް ކްލީވްލަންޑް ކެވެލިއަރސް ވަނީ ކާމިޔާބުކޮށްފަ
އައިޝަތު ޝާނީ | Shaaknee

| 8 ފެބުރުވަރީ 2017 | ބުދަ 01:51 | |

މަގުބޫލް

  1. އެމް.އެމް.ޕީ.އާރު.ސީގެ ފައިސާ ވަނީ 155 މީހެއްގެ އެކައުންޓަށް: އޭސީސީ
  2. ބަހުގެ ހަމަލާއަކާއިއެކު ރައީސް މައުމޫނަށް ރައީސް ނަޝީދު މަރުޙަބާ ވިދާޅުވެއްޖެ!
  3. ޗީފް އޮފް ޑިފެންސްފޯސްގެ މަގާމަށް ޝަމާލު
  4. އަނެއްކާވެސް އިތުރު ބާރުތަކެއް ސިޓީ ކައުންސިލްތަކަށް ދީފި
  5. ރައީސް ސޯލިހް އެމްޑީޕީގެ ޤައުމީ މަޖިލިސް މެމްބަރުންނާއި ބައްދަލު ކުރައްވައިފި
  6. އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް ދެ ދުވަސްތެރޭގައި އިއުލާން ކުރެވޭނެ: މިނިސްޓަރ
  7. ރާއްޖެޓީވީގެ ކުރީގެ ސީއޯއޯ ފިޔާޒުއަށް ނޫސްވެރިކަމުގެ ރަން ގަލަން
  8. އާޒިމާއާއި އެކު ވަޑައިގަތުމުން ޒަމީރުއާ ފުލުހުން ސުވާލެއް ނުކުރި


ލެބްރޯން ޖޭމްސް ބޭނުންވަނީ ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެނައުމަށް ކަމަށް ރިޕޯޓްކޮށްފައިވޭ -- ގޫގުލް

ނިއު ޔޯކް ނިކްސް ގެ ކުޅުންތެރިއެއް ކަމަށްވާ ކާމެލޯ އެންތަނީ ކްލީވްލަންޑްް ކެވެލިއަރސްއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމުގެ ރިޕޯޓްތައް އެންބީއޭގެ މަޝްހޫރު ކުޅުންތެރިޔާ ލެބްރޯން ޖޭމްސް ދޮގުކޮށްފިއެވެ.

އެމެރިކާގެ ބާސްކެޓްބޯޅައަށް ދުނިޔޭގައި އެންމެ ފާހަގަކޮށްލެވޭ އެއް އެތުލީޓްކަމަށްވާ ލެބްރޯން މި ވާހަކަ ދޮގު ކުރީ، ނިއު ޔޯކް ޑެއިލޯ މޭއިލުން ނެރުނު ރިޕޯޓަކަށް ޖަވާބުދާރީ ވަމުންނެވެ.

ނިއު ޔޯކް ޑެއިލީ މޭއިލްގައި ފްރޭންކް އައިސޮލާ ލިޔުނު ރިޕޯޓްގައިވާ ގޮތުން، ލެބްރޯންވަނީ "ކޮންމެ ގޮތެއް ހަދައިގެންވެސް ކާމެލޯ ކެވެލިއާސްއަށް ގެނައުމަށް" އެދިފައިވާކަމަށެވެ.

ނަމަވެސް ހޯމަ ދުވަހު ވޮޝިންގޓަން ވިޒަރޑްސްއާ އެކު ކުޅުނު މެޗު ކާމިޔާބު ކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ލެބްރޯން ވަނީ މިވާހަކަތައް ދޮގުކޮށްފައެވެ.

"އެއީ ހުސް ކުނި، އެއީ ހަމަ ހުސް ބޭކާރު އަޑު،" ލެބްރޯން ބުންޏެވެ.

ކެވެލިއަރސްގެ ކޯޗް، ޓައިރޮން ލޫ ވެސް ވަނީ މި ވާހަކަ ދޮގުކޮށްފައެވެ.

ހޯމަ ދުވަހުގެ ގޭމަށް ފަހު ކެވިން ލަވް ކުރި އިންސްޓަގްރާމް ޕޯސްޓްގައި ބުނެފައިވަނީ، "ތެދު ހާމަ ވުމުގެ ކުރިން ހަދާލާ ދޮގެއް މުޅި ދުނިޔޭގައި ފެތުރޭ"ކަމަށެވެ.

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް