20 ނޮވެންބަރު 2018 | އަންގާރަ | 07 ނޮރަ
12 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

އެމެރިކާ

މުސްލިމް ޤައުމުތަކުން އެމެރިކާއަށް އެރުން ހުއްދަކުރި ހުކުމް އިސްތިއުނާފް ކޮށްފި

  • މުސްލިމުން އެމެރިކާއަށް އެރުން މަނާކުރި ޤަރާރު ބާތިލްކޮށްފައިވަނީ އެމެރިކާގެ ފެޑެރަލް ކޯޓަކުން
އަހުމަދު މުހުސިނު | dhonbandaara

| 8 ފެބުރުވަރީ 2017 | ބުދަ 01:21 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ފުރަތަމަ ދުވަހު ފުއްދަވާނެކަމަށް ރާއްޖެ ޓީވީގައި ވެވަޑައިގެންނެވި ވައުދުތައް ރައީސް ސޯލިޙް ފުއްދަވައިފި
  3. ހަތިޔާރު އެޅި ފައުޖާ ނުލައި، ރައީސް ސޯލިހު އާންމުންގެ ތެރެއަށް
  4. ނުހައްގުން ފްލެޓް ބެހި މީހުންނަށް ފިޔަވަޅު އަޅައި ހަމަހަމަކަމާއެކު ފްލެޓް ދޫކުރަނީ!
  5. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތައް އޭސީ ކުރަނީ
  6. ޓެކްސީ ބޯޑުގެ ފީ ކަނޑާލައި، މާލޭގައި ބަސްދަތުރު ފަށަނީ
  7. ވަޒީރެއްގެ ހައިސިއްޔަތުން މަހްލޫފުގެ ފުރަތަމަ ބައްދަލުވުން މިނިސްޓަރީގެ މަސައްކަތުގެ މީހުންނާއެކު!
  8. ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށޭނެ


މުސްލިމް 7 ޤައުމަކުން އެމެރިކާއަށް މަނާކުރާ ޤަރާރުގައި ރައީސް ޓްރަމްޕ ސޮއިކުރައްވަނީ -- ގޫގުލް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޤަރާރަކުން އެމެރިކާއަށް މުސްލިމް މެޖޯރިޓީ އޮންނަ ބައެއް ގައުމު ތަކުން މީހުން އައުން މަނާކުރި މަނާކުރުން ހުއްޓުވާ އެމެރިކާގެ ފެޑެރަލް ކޯޓުން ނިންމި ނިންމުން ބާތިލްކޮށްދިނުމަށް އެދި އެމެރިކާ ސަރުކާރުން ކޯޓުގައި އިސްތިއުނާފް ކޮށްފިއެވެ.

މުސްލިމް މެޖޯރިޓީ އޮންނަ 7 ޤައުމަކުން އެމެރިކާއަށް އެރުން މަނާކުރި ޤަރާރު ބާތިލްކޮށް ނެރުނު އަމުރު ސަރުކާރުން އިސްތިއުނާފް ކުރީ ސެންފްރެންސިސްކޯގައި ޤާއިމްކޮށްފައި ހުންނަ ސަރކިޓް ކޯޓް އޮފް އެޕީލްގައި ހޯމަ ދުވަހުއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި ރިޔާސީ ގަރާރަށް ތަބާނުވުމަށް ކޯޓު އަމުރު ނެރުއްވީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝް ވެރިކަމުގައި ފަނޑިޔާރުކަމަށް އައްޔަން ކުރެއްވި ޖޭމްސް ރޮބަޓް އެވެ.

އޭނާ އެ އަމުރު ނެރެފައިވަނީ ވޮޝިންޓަނާއި މިނެސޯޓާގެ އެޓާނީ ޖެނެރަލުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. އެގޮތުން އެމެރިކާގެ ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމެންޓުން ވަނީ ކޯޓުން އެ އަމުރު ނެރުނުތާ 24 ގަޑިއިރުވެސް ނުވަނީސް އެ އަމުރު ތަންފީޒުކުރަން ފަށާފައެވެ.

ޖޭމްސް ނެރުއްވި ބަޔާނުގައި ބުނީ ޓްރަމްޕްގެ ރިޔާސީ ގަރާރުގެ ސަބަބުން ގާނޫނު އަސާސީ އިން ލިބިދީފައިވާ ތައުލީމް ހާސިލް ކުރުމުގެ ހައްގާއި ވަޒީފާ އަދާކުރުމުގެ ހައްގުގެ އިތުރުން ދަތުރުފަތުރުކުރުމުގެ ހައްގަށްވެސް އަރައިގަނެވޭ ކަމަށެވެ.

އެމެރިކާއަށް އެރުން މަނާ ގައުމުތަކުގެ ލިސްޓުގައި ހިމެނެނީ އީރާން، އިރާގް، ލީބިޔާ، ސޫދާން، ޔަމަން،ސީރިޔާ އަދި ސޯމާލިޔާއެވެ.

ރައީސް ޓްރަމްޕް ވަނީ މި ގަރާރު ދެމެހެއްޓެވުމަށް ސްޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް